ކަސްރަތުކުރާ ގިނަމީހުންނަކީ ހިތަށް އެރި ދުވަހަކުން ކަސްރަތު ކުރާ ބަޔެއްކެވެ. އެކަން އެގޮތަށް ނުކޮށް ދާއިމީ ގޮތެއްގައި ކަސްރަތުކުރާ ބަޔަކަށް އެންމެންވާން ޖެހެއެވެ.

އާދަވެގެން ކޮންމެދުވަހަކުވެސް ކުޑަވަގުތުކޮޅަކު 20 ވަރަކަށް މިނިޓް ދުވެލުމުން މީހާގެ ސިއްހަތަށް ހީވެސް ނުކުރާހާ ފައިދާ ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކޮންމެ ދުވަހަކު މަދުވެގެން 20 މިނިޓް ދުވާމީހެއްގެ ސިއްހީދުޅަހެޔޮކަން އިތުރުވެ މީހާ ވަރުގަދަކޮށް ކަށީގެ ބާރު އިތުރުކޮށްދޭނެއެވެ. އަދި 20 މިނެޓަށް ވުރެ މަދުން ދުވާ މީހަކާއި އަޅާ ބަލާއިރު 6 ގުނަ ކަށީގެ ދުޅަހެޔޮކަން އިތުރުވާނެކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

ސްޓައިލްސް ބުނާގޮތުގައި މިއީ 4000 އަށް ވުރެ ގިނަ މީހުން ބޭނުން ކޮށްގެން ކުރި ދިރާސާއެއްގެ ނަތީޖާއެވެ. އަދި މަދު އިރުކޮޅަކު ދުވުމަކީ ރަނގަޅު ކަމެއް ކަމަށް އަދި ގިނަ ބަޔަކަށް ނޭނގޭ ކަމަށެވެ.

ކޮންމެދުވަހަކު މެދުކަނޑާނުލައި ކަސްރަތު ކޮށް ދުވެ، މަހެއްހާ ދުވަހު ހިފަހައްޓާލައިފިނަމަ އެމީހެއްގެ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި އެ ދުޅަހެޔޮކަން އިތުރުވުމުގެ ސަބަބުން މުސްކުޅިވުމުން ކަށިތަށް ފީވެ ހަލާކުވުމުން ދުރުކޮށްދޭ ކަމަށްވެއެވެ.