އެމެރިކާގެ ފިރިހެނަކު އޭނާ ގަތް އައިސް ކްރީމް ތަށި ވިރިގެން ދިއުމުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ކެންޓަކީ އަށް ނިސްބަތްވާ މެލްވިން ލީ އޭނާގެ އަންހެނުންނާއި ދަރިފުޅާއި އެކު އައިސް ކްރީމް ތަށިތަކެއް ގަތުމަށް ފަހު ގެއަށް ދާން ޓެކްސީ އަކަށް ގުޅުމުން އެ ސެންޓަރުން ވަނީ 20 މިނެޓު ތެރޭގައި ޓެކްސީ އެއް ދާނެ ކަމަށް ބުނެފައެވެ. ނަމަވެސް، ޓެކްސީ އެއް އޭނާ ކުރިމަތިން ލާފައި ގޮސް އެތާ ތިބި އެހެން ބަޔަކު އަރުވައިގެން ދިޔައީއެވެ. އަދި މެލްވިން ލީ އަށް ޓެކްސީ އެއް ލިބުނު އިރު، އޭނާގެ އައިސް ކްރީމް ތަށިތައް ހުރީ ހޫނުވެގެން ގޮސް ވިރިފައެވެ.

މެލް އޭނާގެ އާއިލާ އާއި އެކު ގަނެފައިވާ އައިސް ކްރީމް ތަށިތައް

މިކަމާއި ރުޅި ގަދަވެގެން މެލް ވަނީ ވަރަށް ރުޅިގަދަވެފައެވެ. އޭނާ ވަނީ އެ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމާފައެވެ. މެލް ބުނާ ގޮތުގައި ގަޑިއަށް އޭނާ އަށް ޓެކްސީ އެއް ފޯރު ނުކޮށްދެވުމުން އަވީގައި އެތައް އިރެއް ވަންދެން ހުންނަން ޖެހުނު ކަމަށާއި، މިކަމުގެ ސަބަބުން އޭނާގެ ދަރިފުޅު ސްޓްރެސް ވުމުގެ އިތުރުން އައިސް ކްރީމް ތަށިތައްވެސް ވިރިގެން ގޮސްފަައިވާ ކަމަށެވެ.

މި މައްސަލަ ކޯޓަށް ޖައްސަން އުޅުމުން ޓެކްސީ ސެންޓަރުން ބުނެފައި ވަނީ ޓެކްސީ ހޯދައި ދޭން ބުނި ގަޑި އަށްވުރެން 11 މިނެޓު ލަސްވި ނަމަވެސް، ގެއްލުމުގެ ބަދަލު ދެވިދާނޭ ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ އައިސް ކްރީމް ތަކުގެ އަގަކީ 3 ޕައުންޑެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޮލަރޭ

    އެމެރިކާ މީހުންވެސް އަގު ކިޔަނީ ޕައުންޑުންތަ؟ އެމެރިކާގަ އަގު ކިޔާނީ ޑޮލަރުން، ބަރުދަން ޕައުންޑުން ކިޔަނީ.. ލިޔުންތެރިޔާ މިކަން ސާފުކޮށްދިނުން އެދެން.

    5
    1
    • ސައިފުﷲ އަހްމަދު

      އެއީ ކުށެއް. ރަނގަޅު ގޮތަކީ ޑޮލަރު. މާފަށް އެދެން