އެންމެ ލޯބިވާ މީހާއަށް ނޫނީ ހަޔާތުގެ ބައިވެރިޔާއަށް އިތުބާރު ކުރުމަށް އަބަދުވެސް ބުނެއެވެ. އެއީ އޭނާ ވެގެން ދާނީ މުޅި އުމުރު އެކީ ހޭދަ ކުރާނެ މީހެއްކަމަށް ވާތީއެވެ. އެހެން ނަމަވެސް މިހާރު ހަޔާތުގެ ބައިވެރިޔާއަށް ވިޔަސް އެހާ ބޮޑަށް އިތުބާރު ކުރާކަށް ނުވާނެ ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

މިގޮތަށް ބައިވެރިޔާއަށް އިތުބާރުކޮށް، ސަޕްރައިޒްއެއް ދިނުމަށް ކަމަށް ބުނެ ލޯ މަރާލި އިނގިރޭސިވިލާތުގެ އަންހެނަކަށް މި ވަނީ، ފިލާވަޅެއް ލިބިފައެވެ.

އެ އަންހެން މީހާ ކައިވެނިކޮށްގެން އުޅުނު، މީހާ އޭނާ ކައިރީގައި އެދުނީ ލޯ މަރާލުމަށެވެ. ސަޕްރައިޒެއް ދޭން ކަމަށް ބުނެއެވެ. އެ ހަދިޔާއަކީ އޭނާ ވަޅި ނަގާ، ސީދާ އަނބިމީހާގެ ކަރަށް ޖެހުން ކަމުގައިވާނަމަ، އެ ހާދިޔާ މިހާރު ވަނީ އެ އަންހެން މީހާއަށް ލިބިފައެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަސް ތެރޭގައި މި ހާދިސާ ހިނގިއިރު، ޝައުން މޭ ނަމަކަށް ކިޔާ މި އެ ފިރިހެން މިހާ، އަމބިމީހާ އަށް ވަޅިން ހަމަލާދިން ކަމަށް އެއްބަސްވެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ޝައުން ބުނާގޮތުގައި، އޭނާ އާއި އޭނާގެ އަނބިމީހާ ލައުރާ އާ ދެ މީހުން އެކުގައި ވަގުތު ހޭދަ ކުރުމަށްފަހު، އަނބިމީހާގެ ލޯ މަތީގައި ތުވާލި އެޅުވިއެވެ. އަދި ހަދިޔާއެއް ދޭން އުޅޭ ކަމަށް އޭނާ ބުންޏެވެ. އެގޮތަށް ހެދުމަށްފަހު އޭނާ 10 އާއި ހަމައަށް ގުނަން ފެށިއެވެ. މިގޮތަށް ދެ ތިން ފަހަރެއްގައި ގުނަން ފެށުމުން، ލައުރާ ވަނީ އެކަން އަވަސްކޮށްދިނުމަށް އެދިފައެވެ.

އަދި އެއްވެސް އިތުރު އެއްޗެއް ނުބުނެ، ލައުރާގެ ކަރަށް އޭނާ ވަޅި ވަނީ ޖަހާފައެވެ. ލައުރާ ފުރަތަމަ ހީކުރީ އޭނާގެ ކަރުގައި އޭނާ ދަތް އެޅީ ކަމަށެވެ. އެހެން ނަމަވެސް ފަހުން އޭނާއަށް ވަނީ އެއީ ފިރިމީހާ ކުރި ކަމެއް ކަން އެނގިފައެެވެ.

"މިއީ ހަގީގަތެއް ނޫން". ފަހުވަގުތު ވެސް ލައުރާ އޭނާ ފިރިމީހާގެ ގާތުގައި ބުނި ކަމަށެވެ.

ޝައުން މިގޮތަށް ކަންތައްކޮށްފައި ވަނީ، އޭގެ ކުރީ ދުވަހު، އޭނާ މަސައްކަތް ކުރާ ތަނުން ކަނނޑާ ލުމާއި ގުޅިގެންނެވެ. އޭނާ ވަޒީފާއިން ކަނޑާލީ، ކުންފުނީގެ އެކައުންޓް މެދުވެރިކޮށް އެމޭޒަން އިން އެއްޗެހި ގަންނަ ކަން ފަޅާ އެރުމުންނެވެ. އެކަމާއި ޝައުން ހުރީ ވަރަށް ރުޅިގަދަވެފައެވެ.
ލައުރާ ނަސީބު ގަދަކަމުން އޭނާއަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ޝައުންގެ މައްޗަށް އަނބިމީހާގެ ގަޔަށް ވަޅި ހެރި މައްސަލަ ވަނީ ސާބިތުވެފައެވެ.
އެ ހާދިސާއަށްފަހު ދެ މީހުންގެ ގުޅުމުގައި ކުނި ޖެހުނު ނަމަވެސް، ދެ މީހުން އަނެއްކާވެސް ގުޅިފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    އެވެސް ދެން ލޯބިތަ!
    އަސްލު އެޔަށް ކިޔަނީ ގެރި ލޯބި ދޯ! ލޮލް

    28
    1
  2. ނަން

    ލަވް އިޒް ބްލައިންޑް

    9
    5
    • ޠ

      ސޯ އިޒް ދެޓް ވުމަން

      10
      1
  3. އަހައްމަދޫ

    ސަމް ޕީޕަލް ނެވަރ ލާން

    10
    1