ގައުމުތަކުގެ ވެރިންނަކީ ވަރަށް ގިނަ ފައިސާ އެބޭފުޅުންގެ ބެލުމުގެ ދަށުގައި ހުންނާނެ ބޭފުޅުންނަށް ބައެއް ފަހަރު ވެއެވެ. ހާއްސަކޮށް އަރަބި ގައުމުތަކާއި އެފްރިކާގެ ގައުމުތަކުގައި ގައުމުތަކުގެ ވެރިން ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ އެބޭފުޅުންގެ ބާރުގެ ދަށަށް ގެނެސްފައި ހުރެއެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާއި އެކު މިހާރު ވެރިކަމުން ދުރުކޮށްފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރަކީ ވެސް ދައުލަތުގެ އެތައް މިލިއަން ފައިސާއެއް އަމިއްލަފުޅު ފައިސާ ކަމަށް ހަދައިގެން އަމިއްލަ މުއްސަނދިކަމެއް އިތުރުކުރި ބޭފުޅެއް ކަމަށް ތުހުމަތު ކުރެވެއެވެ.

ތަޙްޤީޤީ އިދާރާތަކުން މިހާރު ބުނާ ގޮތުގައި އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ސޫދާންގެ ރިޔާސީ ގަނޑުވަރުގައި ހުންނަ ކޮޓަރިއެއްގައި ހުރެއެވެ. އެކޮޓަރީގައި އޮންނަނީ އެންމެ ތަޅުދަނޑިއެކެވެ. އެތަޅުދަނޑި އަބަދުވެސް އޮންނަނީ އުމަރު އަލް ބަޝީރުގެ ޖީބުގައި ނުވަަތަ ހަމައެކަނި އުމަރު އަލް ބަޝީރަށް އެނގޭ ތަނެއްގައި ރައްކާ ކޮށްފައެވެ.

އުމަރު އަލް ބަޝީރާއި ދެކޮޅަށް ހެކިބަސް ދެމުން ރިޔާސީ ގަނޑުވަރުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި ޔާސިރު ބަޝީީރު ބުނީ ވެރިކަމުގެ އެންމެ ފަހު އެއްމަސް ދުވަސް ތެރޭގައި އުމަރު އަލް ބަޝީރު އެކި ފަހަރު މަތިން 11 މިލިއަން ޑޮލަރު (165 މިލިއަން ރުފިޔާ) އެކި ފަރާތްތަކަށް ދިނުމަށް އޭނާ އާއި ހަވާލުކުރި ކަމަށެވެ.

ޔާސިރު ބަޝީރު ވަނީ އޭނާ ފައިސާ ހަވާލުކުރި ފަރާތްތަކުގެ ނަންތައް ވެސް ކޯޓުގައި ކިޔައިދީފައެވެ.

އުމަރު އަލް ބަޝީރުގެ ވެރިކަން ސިފައިން ނިކުމެ ވައްޓާލީ މިދިޔަ އޭޕްރީލް މަހު އެވެ. އޭނާ ވަނީ 30 އަހަރު ވަންދެން ސޫދާންގެ ވެރިކަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔާގުންޑާ

    އުމަރު އަލް ބަޝީރު؛ ރައީސް ޔާމީނު؛ މެލޭސިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މީ އެއްފޮތުން ކިޔަވައިގެން ތިބި މީހުންދޯ!!

    10
    12
  2. ސަރަންދީބު

    އެހެންވީމަ އަހަރެމެން ގައުމުގެ ކުރީގެ ވެރިމީހާ އުމަރު އަލް ބަޝީރާ އަޅާ ބަލާއިރު ރަނގަޅު. އަބަދު ތަޅުދަނޑި ޖީބަށް ލައިގެން އުޅުނު ކަމަކަށް ނުކިޔާ. ފައިސާ ރައްކާކޮށްފަ ހުންނަ ކޮޓަރިއަށް ފައިސާ ގުނަން ބަންގާޅީ ސޮރަކު ވިޔަސް ވެއްދިކަމަށް ކިޔަނީ!!

    9
    2
  3. އައިޝަތު

    ބަލަ އަހަރެމެންގެ މިހާރުގެ ރައީސް މާމޮޅު. އޭނާ ބޭނުންވާ ފައިސާ ދަމައި ގަންނަނީ، އޭނާގެ ފިނޭންސް މިޓަރު މެދުވެރިކޮށް، ޕްރޮޖެކްޓް ތަކުން. މި ގޮތް މާސަޅި މަށަށް

    5
    2
  4. ާވަގު އިބޫ

    ކަލޭ އަދި ސޯލިހު ނަމަކައް ކިޔާ ގައްދާރު ބޮޑު ވަގު ކިޔެވީ އެފޮތުން

    1
    3
    • މަޗާ

      އެކޮއެ ކަޑަނުވޭ. ޔާމީނަކީ ބޮޑު ވަގެއްކަން އެންމެނަށްވެސް އިނގޭ. އަދި އަމިއްލައަށް ކޯޓުގަ އިޢުތިރާފުވެފަހުރީ

      2
      2