ހަނގުރާމައާއި ބަނޑުހައިހޫނުކަމުގެ ނުރައްކާ ބޮޑުކަމުން ސޫދާން ހަލާކުވެދާނެ ކަމުގެ އިންޒާރު އދ.އިން ދީފިއެވެ.

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިންސާނީ ނުރައްކަލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށް ހިއުމެނިޓޭރިއަން އެފެއާޒްގެ އަންޑަ ސެކްރެޓަރީ ޖެނެރަލް އަދި އިމަޖެންސީ ރިލީފް ކޯޑިނޭޓަރު މާޓިން ގްރިފިތުސް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ވައިރަލް ހަމަނުޖެހުންތަކާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާއި ގެދޮރު ގެއްލުމުގެ ސަބަބުން މުޅި ގައުމު ހަލާކުވެދާނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށް އެ ގައުމުގެ ބްރެޑްބާސްކެޓް ގެޒީރާ ސްޓޭޓުގެ އާންމުންގެ ސަލާމަތާ މެދު ހުރި ހާއްސަ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ ޕްރޮޖެކްޓް (އޭސީލެޑް) ގެ ކޮންޒަވޭޓިވް އަންދާޒާތަކުން ދައްކާ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 5،000 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް އެ ހަނގުރާމަތަކުގެ ސަބަބުން މަރުވި ކަމަށް ބެލެވޭ އެތައް ބައެއްގެ ހަށިތައް ހޯދުމުގައި ހުރަސް އެޅިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމަ ފެށިތާ ހަތަރު މަސް ދުވަހުގެ ތެރޭގައި 4.6 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ވަނީ މަޖުބޫރުވެފައެވެ. ހަނގުރާމަ ދިގުދެމިގެންދާ ވަރަކަށް އޭގެ އަސަރު އިތުރަށް ހީނަރުވެގެންދާޢިރު، ބައެއް ތަންތަނުން މިހާރުވެސް ކާބޯތަކެތި ހުސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އެތައް ހާސް ކުޑަކުދިންނަކީ ވަރަށް ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ ކުދިން، ފަރުވާ ނުދީ ދޫކޮށްލައިފިނަމަ މަރުވުމުގެ ބިރު އެބައޮތް." ރިޕޯޓުތައް ބުނެއެވެ.

އދ.ގެ އޮފިޝަލް ވިދާޅުވީ ދެކުނު ކޯޑޯފާން ސްޓޭޓްގެ ކަޑުގްލީގައި "ކާބޯތަކެތީގެ ސްޓޮކްތައް މުޅިން ދަށަށް ގޮސްފައިވާ ކަމަށާއި، ހަމަނުޖެހުންތަކާއި މަގުތައް ބަންދުކުރުމުގެ ސަބަބުން އެހީދޭ ފަރާތްތަކުން ބަނޑުހައިހޫނުކަމަށް ވާސިލުވުމަށް ހުރަސް އެޅިފައިވާ" ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަލްބުރްހާން ވަނީ ނައިލް ޕްރޮވިންސްގެ އަޓްބަރާ ސިޓީން ޕޯޓް ސޫދާނަށް ވަޑައިގަތުމަށްފަހު ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް އަސްކަރިއްޔާގެ ޖެނެރަލް ކޮމާންޑުގެ ބޭރުން ރަސްމިއްޔާތެއްގައި ބައިވެރިވެފައެވެ.

މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ސޫދާނުގެ އަސްކަރިއްޔާއިން ވަނީ ހަތިޔާރު ހިފައިގެން އޮމްދުރުމަންގެ ބައެއް އަސްކަރީ ސަރަހައްދުތަކުގައި ތިބި ސިފައިން އިންސްޕެކްޓް ކުރަމުން ދިޔަ އަލް ބުރުހާންގެ ވީޑިއޯތައް އާންމުކޮށްފައެވެ.

އަލްޖަޒީރާގެ ހިބާ މޯގަން، ވެރިރަށް ޚަރްތޫމުން ރިޕޯޓްކުރާ ގޮތުގައި އަލްބުރްހާން މިސްރާއި ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާނީ ހަނގުރާމައާއި ސުލްހަ އާއި ގައުމު އަލުން އާރާސްތުކުރުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

މޯގަން ވިދާޅުވީ ސޫދާނާ އެކު މިސްރުގެ އަސްކަރީ ގުޅުމުގެ ސަބަބުން މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާނެ ކަމަށާއި އަލް ބުރުހާން ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ ވާހަކަ ދައްކަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން އަންނަނީ މެއި މަހުން ފެށިގެން އާރްއެސްއެފް އާއި ސޫދާންގެ އަސްކަރިއްޔާއާ ދެމެދު ނުސީދާކޮށް މަޝްވަރާކުރުމަށް މަގުފަހިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިކިލީކްސް

    ސޫދާން ފަނާވަނީ....
    އަނެއްކޮޅުން ރޫމޭނިއާގެ ގޭސް ސްޓޭޝަނެއް ގޮވައި ވިއްސަކަށް މީހުން މަރުވެ 40ހަކަށް މީހުން ހޮސްޕިޓަލުގަ.... މަރުވާ މީހުން އިތުރުވެދާނެ ކަމަށް ބެލެވެނީ.

    2
    1