36 ގަޑިއިރުން ދުނިޔޭގެ އާބާދީގެ ބޮޑުބައެއް މަރުވެދާނެ ފަދަ ވައިރަހެއްގެ ނުރައްކާ އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ކުރީގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

މީގެ 100 އަހަރު ކުރިން 1918ގައިވެސް މިފަދަ ވައިރަސް އެއް ކަމުގައިވާ ޕެންޑަމިކް ފެތުރި، ދުނިޔެއިން 50 މިލިއަން މީހުން ވަނީ މަރުވެފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިޒަމާނުގައި އެފަދަ ވައިރަސްއެއް އަވަހަށް ފެތުރި، ގިނަ މީހުންނަށް އޭގެ އަސަރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ވައިރަސްތައް

ދުނިޔޭގެ ސިއްހަތު ދިރާސާކޮށް، އެކަމުގައި އެންމެ ކުރީގައި އުޅޭ ޖަމިއްޔާ ތަކުންވެސް މި ވައިރަސް އަށް ސަމާލުވުމަށް އާއްމުންގެ ކިބައިން އެދިފައި ވީ ނަމަވެސް، ބޮޑެތި ގައުމު ތަކުގެ ސަރުކާރުގެ ފަރާތުން އެފަރާތްތަކަށް އެއްބާރުލުން ނުލިބޭ ކަމަށްބުނެ އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މި ވައިރަސް ފެތުރުމުގެ ބިރު ވަރަށް ބޮޑު. ހަލުވި ކަމާއި އެކު ފެތުރޭ މި ވައިރަސް އަކީ އެތައް މިލިއަން ބަޔަކު މަރާލާ، އިގްތިސާދު ތަކާއި ގައުމުގެ ސަލާމަތީ ކަންކަމުގެވެސް ބާރު ދެރަކޮށްލުމަށް މަގުފަހި ކުރުވާ ވައިރަސް އެއް" ސިއްހަތު ޖަމިއްޔާ އެއް ކަމުގައިވާ ޖީޕީއެމްޑަބްލިއު އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.

"އަ ވޯލްޑް އެޓް ރިސްކް" ނުވަތަ "ނުރައްކާ ކުރިމަތި ވެފައިވާ ދުނިޔެ"ގެ ނަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކުރީގެ ވެރިޔާ ނެރުނު ރިޕޯޓުގައި އިތުރަށް ބުނާގޮތުން އެބޯލާ ފަދަ ވައިރަސް އިން ދިރުންތައް ދުފާޢު ކުރުމަށް އެޅި ވަރުގެ ފިޔަވަޅުތައް މި ވައިރަސް އަށްވެސް އަޅަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުދުހުދު

    ޔާﷲ އަޅަމެން މިފަދަ ނުރައްކާތެރި ބަލި ތަކުން ރައްކާތެރި ކުރައްވާދޭ އާމީން

    112
  2. ކޮކީ

    ފޭކް ވާހަކަ. މުޅި ދުނިޔެށް ގޮވަން އުޅޭ ނިއުކްލިޔަރ ބޮމެއްތަ. 36 އިރޯ. ކޮންމެވެސް ގޭސްގަނޑެކޭ ކިޔާބަލަ.

    8
    14
  3. ޚައިދަރު

    ޕެންޑަމިކް އަކީ ވައިރަސް އަށްކިޔާ ނަމެއް ނޫން. އެއީ ހަލުވިކަމާއެކު ބޮޑު ސަރަޙައްދަކަށް ވައިރަސްއެއް ފެތުރުން. 1918 އައި ޕެންޑަމިކް އަކީ އެޗް1 އެން1 އިންފްލުއެންޒާ

    6
    1
  4. ހެހެހެހެހެ

    ޕެންޑަމިކް އަކީ ވައިރަހަކަށް ކިޔާ ނަމެއް ނޫން.

    އެއީ މުޅި ދުނިޔެއަށް ނުވަތަ ދުނިޔޭގެ ބޮޑު ބަޔަކަށް ޖަރާސީމެއް ފެތުރޭ ފެތުރުމަށް ކިޔާ ނަމެއް.

    8
    1
  5. ނަސީދު

    ދުނިޔެ ތިވާގޮތުން މަހެއްތެރޭ ނިމިގެންދާނެތާ