ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭގައި ތަދާ ނުލާ އަންހެނުން ވިއްސަން ފަށައިފިއެވެ.
އެ ކަން އެ ހޮސްޕިޓަލްގައި ކުރިއަށްގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއްވެސް އެކަމުގައި ލިބެއެވެ.
އެކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އޭޑިކޭގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ، އެ ހޮސްޕިޓަލްގައި ތަދާ ނުލާ ވިއްސުމުގެ ހިދުމަތް ދެމުން އަންނަތާ އަށް ވަރަކަށް މަސް ވެދާނެ ކަމަށެވެ.
އައްފާލް ވިދާޅުވީ، ތަދާ ނުލާ ވިހެއުމަކީ ބައެއް މާބަނޑު އަންހެނުން ބޭނުންވާ ކަމެއް ކަމަށާއި، އެ ހިދުމަތް ހޯދުމަށް ވިހެއުމާއި ހަމައަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދައްކާ، އެކަން ކުރެވޭނެ މަގު ހޯދި ކަމަށެވެ.
އައްފާލް ފާހަގަކުރެއްވިގޮތުގައި، ތަދު ނުލާ ވިހަން ބޭނުންވާ މާބަނޑު އަންހެނުންނަށް ހާއްސަ ޓީމެއް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާނެއެވެ. އެ ޓީމްގައި ގައިނީ ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުން ހިމެނޭނެއެވެ.
ތަދާ ނުލާ ވިހެއުމާއި ގުޅޭގޮތުން އެކި މީހުންގެ ހިޔާލު ތަފާތެވެ. ބައެއް މީހުން ބުނަނީ އެ މީހުން ވިހަން ބޭނުންވަނީ ވިހެއުމުގެ ތަދާއި އެކުގައި ކަމަށެވެ. ނަމަވެސް ތަދާ ނުލާ ވިހަން ބޭނުންވާ މީހުން މަދެއް ނޫނެވެ. އެގޮތް ބޭނުންވާ ފަރާތްތަކުން އަވަހަށް އޭޑީކޭއަށް ގޮސް ޑޮކްޓަރަށް ދައްކައިގެން، އެ ހިދުމަތް ހޯދާށެެވެ.
ތަދާ ނުލާ ވިއްސީމަ ދަރި އެއް އުފަން ކުރަން އަޅާ ވޭން ކިހިނެއް އިހުސާސް ކުރެވޭނީ
ފާޑުފާޑުގެ ބާރުގަދަ ބޭސްތަށް ދިންދިނީނުން އެއްވެސް ތަދެއް އިހުސާސްނުކުރެވޭ. އެކަމަކު ކުއްޖާއަށާއި މަިމީހާއަށް ބޮޑެތި ގެއްލުން ވަރަށް ތާހިރެންނުން.
މީގެ ޕުރޮސީޖާ އާއި އެކުލެވޭ ރިސްކުތައް ކިޔާލަ ދިންނަމަ ވަރައް ރަނގަޅުވީސް.
ވިހެއުމުގަ އެ ވޭނަކީ ހަގީގަތުގަ މައިވަންތަކަމުގެ ލޯބީގެ އަސްލު
ތަދު އިހުސާސް ވުމަކީ ވެސް ނިޢުމަތެއް. އަދި ހަަމަ އެހެންމެ ވިހާއިރު ވާ ތަދަކީ ފޮނި މީރު އިހުސާސެއް.
ތަދު އިހުސާސް ނުވަންޏާ އެއީ ނެޓުރަލް ބާރތެއް ނޫން.. ތަދު ލައްވާފަ ވަނީ ސަބަބަކައް.
ފުލޭ ބެނޫން، ހަދާ ނަމަ ކިހާ ރަނގަޅު. އެއްވެސް ތަދެއް ނުވާނެ.
ތަދާނުލާ ކިތައް ރުފިޔާއަށްތަ ތިކަން ވަނީ
އިޒް އިޓް އެޕިޑުރަލް؟
ދީނީ ގޮތުން ބުރާންތި ވިޔަސް ތީ ދެން ބޮޑު ވަރު މައިމީހާއައް ތަދާވޭން އިޙުސާސް ނުކުރެވޭ ގޮތް ހަދައިގެން ދަރިޔަކު ދުނިޔެއައް އުފަން ކުރުމަކީ ﷲ ގެ ފަލުލުވަންތަކަމައް ގޮއްޖަހަން ޔަހޫދީން ކުރާ ކަމެއް
ވަރަށް ވެސް ވާހަކަ މޮޅު އެކަމަކު ކަންތައްތައް ވަނީ އެހެނެއް ނޫން. ބަނޑުބޮޑު މީހާ ގޮސް ބަނޑުގަ ރިއްސާވާހަކަ ބުނީމަވެސް ބަވާލާ ފަހަރުވެސް އެބައާދޭ! ޢަދި ރިއްސާތާ ގިނަދުވަސްވެ އެމީހުން ވަކިގޮތެއް ނުނިންމައިގެން ގޮސް ޕޭޝަންޓް ސިޒޭރިން ހަދާދޭށޭ ބުނީމަ ބަވާފަ ތިވަރަށް ކެއްނުކުރެވޭއިރު ދަރިއަކު ހޯދީ ކީއްކުރަންހޭވެސް އަހާފަ އެބަހުރި! ގޭގަ އޮންނާނެ ތަންކޮޅެއް ނެތިގެން ރުފިޔާ ދީފަ އެތާ އޮންނާކަށްނޫން މިދަނީކީ!