މަސްތުވާތަކެއްޗަކީ ކޮންމެ މުޖުތަމައު އެއްގައިވެސް ޒުވާނުންނާއި އެ ބޭނުން ކުރާ އެންމެންނަށް އޭގެ ނޭދެވޭ އަސަރު ކުރުވާ އެއްޗެކެވެ. ބައެއް ޒުވާނުންނަށް ހީވެފައި އޮންނަ ގޮތުގައި މީހުން މިފަދަ އެއްޗެއްސާއި ދުރުވާން ބުނުމުން އެއީ އެއްވެސް ތާކުންތާކު ނުޖެހޭ ފުލޯކު ވާހަކަ ތަކެކެވެ. ނަމަވެސް، އެ ފެންނަ ފޮޓޯ އަށް ބަލައިލުމުން މިއީ ތޯތޯ ވާހަކައެއް ނޫންކަން އެނގިގެން ދާނެއެވެ.

އެމެރިކާ އަށް ނިސްބަތްވާ ޖޭސީ ސަލްފެން މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ މި ފޮޓޯ އަކީ އޭނާގެ 26 އަހަރުގެ ފިރިހެން ދަރިފުޅު ކަމުގައިވާ ކޯޑީގެ ދެ ފޮޓޯއެވެ. މިއީ އެއް އަހަރެއްގައި ނަގާފައިވާ ދެ ފޮޓޯއެވެ.

ޖޭސީ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު މަސްތުވާތަކެތި ބޭނުންކުރަން ފަށައި މިހާރު އުޅެނީ އާއިލާ އަށްވެސް ފިލައިގެންނެވެ. ކޯޑީ އެންމެ ކުދިކުދި ބާވަތްތަކުން ފެށިގެން އެންމެ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތްތައްވެސް ބޭނުންކުރާއިރު މިހާރު އޭނާ އަށް ބަލައިލުމުން ހީވަނީ ބޮޑު ބައްޔެއް ޖެހިގެން އުޅޭ މީހެއް ހެންނެވެ.

ކޯޑީ މިހާރު އުޅޭތަނެއް އާއިލާ އަށްވެސް ނޭނގޭއިރު އެމެރިކާގައި އާއްމު ގޮތެއްގައި މިފަދަ މީހުން ދިރިއުޅެމުން ދާނީ މަގުތައް މަތީގައެވެ. އަދި ސަލާން ޖަހައިގެން އެމީހުން މަސްތުވާތަކެތި ހޯދައެވެ. ކޯޑީ އަކީ މީގެ ކުރިން ބަރާބަރަށް ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރި ޒުވާނެއް ކަމުގައި ވާއިރު މިހާރު އޭނާ ހުރި ގޮތް އެ ހުރީ ފެންނާށެވެ.

ޖޭސީ ބުނާގޮތުން ކޯޑީ މިފަދަ މަގަކުން ދާން މެދުވެރިވީ އޭނާ ގެންގުޅުނު ރަހުމަތްތެރިންގެ ސަބަބުންނެވެ. ރާއްޖޭގައިވެސް މަސްތުވާތަކެތީގެ ވަބާ އިންތިހާ އަށް ބޮޑުވެފައި ވާއިރު އަހަރެމެންގެ ދަރިންނާއި ރަހުމަތްތެރިން މިކަމުން ސަލާމަތްކުރަން އެބަޖެހެއެވެ. ވަގުތީ އުފަލަކަށްޓަކައި މުޅި މުސްތަގުބަލު ޙަރާބުކޮށްލުން އެއީ މޮޔަ ކަމެއްކަން ވިސްނެން އެބަ ޖެހެއެވެ.