ބައެއް އަންހެނުންނަކީ މޫނުގައި ކޮންމެވެސް ވަރެއްގެ މޭކަޕެއް ނުކޮށް ނޫންގޮތަކަށް އެއްވެސް ވަރަކަށް ގެއިން ބޭރަށް ދާން ނުކެރޭ މީހުންނެވެ. އަނެއްބައި އަންހެނުންނަކީ މިގޮތަށް ކޮންމެ ފަހަރަކު މޭކަޕް ބޭނުންނުކުރިޔަސް ހާއްސަ މުނާސަބަތަކާއި ކުރިމަތިވެއްޖެ ނަމަ މޭކަޕް ސެޓުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ކުރާ މީހުންނެވެ. ފައުންޑޭޝަން، އައި ލައިނާރ، ބްލަޝް އަދި މަސްކަރާ ފަދަ ތަކެއްޗަކީ މިގޮތުން ރާއްޖޭގެ ޒުވާންފުރައިގެ އަންހެންކުދިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗިއްސަށް ވަނީ ވެގެންގޮސްފައެވެ. އަދި މިހާރަކަށް އައިސް އަންހެނުންނާއި އެއްވަރަށް ފިރިހެނުންވެސް މޭކަޕް ކުރާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މިވަރަށް ހާލަތު ގޮސްފައިވާއިރު މިހެން ދިމާވާންވީ ސަބަބުތަކަށްވެސް ބަލައިލުމަކީ ރަނގަޅު ކަމެއް ނޫންތޯއެވެ؟

ގިނަ އަންހެނުން ބުނާގޮތުގައި އެމީހުން މޭކަޕް ކުރަނީ އެއްވެސް ހާލެއްގައި ފިރިހެނުންނަށް ރީތިކަން ދައްކާކަށް ނޫނެވެ. އެފަދަ މީހުން ބުނާގޮތުގައި މޭކަޕް ކުރަނީ އަމިއްލަ ނަފްސު ހިތްހަމަޖެއްސުމަށެވެ. އަދި މޭކަޕް ކުރާ ވަގުތަކީ ހަމަހިމޭން އަދި ހިތްހަމަޖެހުން ލިބިދޭ ވަގުތެއްކަމަށް މި ފަރާތްތަކުން ބުނާއިރު މިއީ އެމީހުންނަށް އިތުރު ހިތްވަރެއްވެސް ގެނުވައިދޭ ކަމެކެވެ.

އަނެއްބައި އަންހެނުން ބުނާގޮތުގައި މޭކަޕް ކުރުމަކީ އާދަޔާޙިލާފް ހުނަރެކެވެ. މިފަދަ ހުނަރުވެރިކަމަކީ ކޮންމެ މީހަކަށް ލިބިފައި ނުވިނަމަވެސް އެންމެންވެސް އެމީހަކަށް ވީވަރުން ކުރަން ބޭނުންވާފަދަ ކަމެކެވެ. މޭކަޕް ކުރުމަކީ ބައެއް ފަހަރު މީހާގެ ހުންނަ ބައެއް ރަނގަޅު ނޫންކަންކަން ރަނގަޅުކުރުމަށް ލިބިދޭ ފުރުސަތެއްކަމަށް ވެސް ބައެއް އަންހެނުން ދެކޭއިރު މިއީ ބައެއް މީހުންނަށް އެމީހުންގެ އަމިއްލަ ޝުއޫރު ފާޅުކުރުމަށްވެސް ލިބޭ ފުރުސަތަކަށް ވަނީ ވެގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އުސާން

    ހަމަ ފިރިހެނުންނައަ ދައްކަން. މިސާލަކައް ބުނަމާ ދުނިޔޭގަ ފިރިހެނުންނެއް ނުތިބެޔޯ. ދެން ހުސް އަންހެނުން އުޅޭ ދުނިޔެއެއްގަ އެމީހުން މޭކަޕް ކުރަން އުޅޭނެތަ.؟ މާތް ރަސްކަލާނގެ ދެ ޖިންސު އުފައްދަވާފަ ވަނީ އިންސާނީ ދަރިފަސްކޮޅު ފެތުރުއްވުމައް. އަދި އަންހެނާއި ފިރިހެނާގެ އެޓްރެކްޝަނަކީ ގުދްރަތީ ނިޒާމުގެ ބަޔެއް އެކަލާނގެ ލެއްވި. އަދި އެހެން ގުދުރަތީ ނިޒާމުތައްވެސް އިންސާނުންގެ ނުބައިކަމުން ހަލާކުވަމުންދާއިރު.. މި ނިޒާމައްވެސް ނޭދެވޭ އަސަރުއެބަކުރޭ. އެއީ ސަދޫމްގެ މީހުން ކުރަމުންއައިފަދަ ނުބައި އަމަލުތަކައް އަރައިގަންނަމުން ދިއުމުގެ ސަބަބުން ހިނގާކަމެއް.

    22
    12
    • މަށޭ

      ފިރިހެނުން ނެތަސް މޭކަޕް ކުރާނަން. އެކީއްވެ؟ އެއީ މީހުން ޖަޖްކޮށް ހުންނަ ސިފަ އަށް މަލާމާތް ކުރާވަރުން. ބައެއްގެ ތެރެއަށް ނިކުންނަ އިރަށް އަންހެނުންނާ ފިރިހެނުންނާ ކިޔާނެ ފެންވެސްނުވަރަންތަ؟ ހާދަހަޑިއޭ. ހާދަ މޫނުތެލޭ. ލޯކައިރި ކަޅުވެފަތި ހުންނަނީ ކީއްވެ؟ މުޅިމޫނުގަ ބިހިތިހުރީ ކީއްވެހޭ؟ ރީއްޗެއްވެސް ނުވަންތަ؟ މިހުރިހާ ކަމަކުން ސަލާމަތްވާން މޭކަޕް ކުރަނީ. ފިރިހެނުންނަށް ހީވާނެ ތިހެން.

      17
      4
      • ނަޒީމް

        ތީ ހަމަ ދައްކާ ބަހަނާއެއް.. ފިރިހެނުން ނުލައްވާނަމަ އަންހެނާއަކައއ ރީތި ކަމަކީ ކޮބާކަމެއް ނޭނގޭނެ. ރީތި ވާންވީ ކޮންގޮތަކައްކަން އަންހެނާ ދެނެގަންނަނީ ފިރިހެނުން ހިތްކިޔާ ކަންކަން ހޯދުމައްފަހު.

        3
        9
        • ީހީހީ

          އަންހެނުންގެ ރީތިކަން ދަންނަނީ ހަމައެކަނި ފިރިހެނުންތަ. އަންހެނުން އަންހެނުނަ ވެސް ރީއްޗޭ ބުނެއުޅޭ ގަމާރާ.

          7
          1
  2. ހޫ

    އެ ތެދެއް. ލޯގަނޑެއް ކުރިމަތިން ނުކެރޭ އަމިއްލަ ސޫރަބަލާލާކަށްވެސް. މޭކަޕެއް ނުކޮށް ހުންނައިރު ހީވަނީ އެހެން މީހުން ޖަޖްކުރާހެން.

    18
    7
  3. ތެދު

    މަބުނިން އޭރުވެސް އެހެން???

    11
    1
  4. އަލީ

    ފަޅުރަށެއްގަ އުޅުނަސް ހަމަހިމޭންކަން ހޯދަން ހުންނާނީ މޭކަޕްކޮށްގެންތާ ދޯ

    24
    2
  5. ބުޚްތާން

    އާނ! އަހަންނަށްވެސް އެނގޭ މޭކަޕް ދައްކަންކަން މޭކަޕްކުރަނީ

    15
    5
  6. ދޯ

    ތިމާ ހެއްދެވި ސިފަ އާއި މެދު ހިއްހަމަ ނުޖެހޭތީ.

    13
    3
    • ގޫދް

      އެހެން ވީރު ހެދުންލާ ސެންޓް ޖަހާ ފާޑް ފާޑް ދަބަހާ ބޫޓާ ހަމަދައްކަން ލޮލް

      9
      1
    • Anonymous

      ހިތްހަމަ ނުޖެހެނީ ހުންނަ ސިފައަށް މަލާމާތް ކުރާވަރުން އަމިއްލަ ސިފަދެކެ ފޫހިވަނީ.

      10
      1
  7. ގޫދް

    ފިރިހެނުން ވެސް މޭކަޕް ކުރޭ?

    18
    1
  8. ހުސޭނުބޭ

    އަންހެނަކަސް ފިރިހެނަކަސް ރީއްޗަށް ތިއްތިކޮށް ހުންނަން މީހުން ވަރަށް ބޭނުންވޭ! އެހެން މީހުން އެމީސްމީހުންނާމެދު ދެކޭ ގޮތް ތްފާތުވަނީ!

  9. ފަވާޒް

    އަންހެނުން ދުނިޔެ އުފަންވަނީވެސް ފޫޅުގަނޑުގައި މޭކަޕް ސެޓެއް އެލުވާލައިގެން ވިއްޔަ..

    4
    6
  10. މުހައްމަދު

    މޭކަޕުކުރަނީ ފިރިހެނުންނަށް ދައްކާކަށް ނޫން. މޭކަޕުކުރަނީ މޭކަޕ ސާމާނު އުފައްދާ ދުނިޔޭގެ ބޮޑަތި ވިޔަފާރިތަކުގެ އިޝްތިހާރާ ހެދި. އަންހެނުންނަށް ދައްކައިދެނީ އެމީހުންގެ އަގުބޮޑަތި ސާމާނުން ނޫނީ ތިޔައީ އަންހެނަކަށް ނުވާނެއޭ. މަސްތުވާތަކެތި ބޭނންކުރާ މީހުންހެން މޭކަޕުކުރާ މީހުންވެސް ދެވިހިފަނީ

  11. ޔާރާ

    ޕޮޓޯ އެޑިޓް މޭކަޕް ފެންނާނީ!