ފިރިމީހާ އަނބިމީހާއަށް ބިސް ކެއުމުގެ ހުއްދަ ނުދިނުމުން އޭނާގެ ކުރީގެ ލޯބިވެރިޔާއާއެކީ ފިލައިފިއެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހިނގާދިޔަ މި އާދަޔާހިލާފު ހާދިސާ ގިނަ ބަޔަކަށް ވަނީ ގަބޫލު ކުރަން ދަތިވެފައެވެ. ފުލުހުން ބުނެފައިވަނީ، މީގެ ކުރިންވެސް އެ އަންހެންމީހާ ފިލާފައިވާ ކަމަށެވެ. އަދި އެފަހަރު އޭނާ ހަތަރު މަސް ފަހުން ފުލުހަށް ހާޒިރުވެ، އޭނާގެ ފިރިހެނުން އޭނާ ބިސް ކެއުމުގެ ހުއްދަ ނުދިނުމުގެ ސަބަބުން ރުޅިގަދަވެގެން ފިލި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެ އަންހެން މީހާ ފިރިމީހާއި ޒުވާބުކޮށް ޖަދަލުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ ހަމަ ކުރިންވެސް ޖެހުނު މައްސަލާގައެވެ. ބިސް ކެއުމުން މަހުރޫމު ކުރުމުންނެވެ. މިފަހަރުވެސް އެކަމާއި ފިރިމީހާ ދެކޮޅު ހެދުމުން އޭނާ ވަނީ ފިލާފައެވެ. މިފަހަރު އޭނާ ފިލާފައިވަނީ ކުރީގެ ލޯބިވެރިޔާއާއި އެކީ ކަމަށް ފިރިމީހާ ބުނެފައިވެއެވެ.

ފިރިމީހާ ބުނެފައިވަނީ، އޭނާ ކުރާ މަސައްކަތުން ލިބޭ ލާރިން ކޮންމެ ދުވަހު އަނބިމީހާއަށް ބިސް ގަނެ ކާން ނުދެވޭނެ ކަމަށާއި އެހާ ވަރަށް ލާރި ނުލިބޭ ކަމަށެވެ. އަދި އޭނާގެ އަނބިމީހާ އެކަން އެނގި ހުރެ ކޮންމެ ދުވަހު ގެއަށް ބިސް ގެންނަ ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން ކުރާ މަސައްކަތުން ލިބޭ އާމްދަނީ އިން ކޮންމެ ދުވަހު އަނބިމީހާއަށް ބިސް ގަނެ ކާން ނުދެވޭނެ. އެއަށްވުރެ މަދުން އަހަރެންނަށް ލާރި ލިބެނީ. ލިބޭ ލާރިން ދެކޮޅު ބިސް ކެއުމުގެ ބަދަލުގައި ދެކޮޅު ޖައްސައިގެން އުޅެވޭތޯ ދަސްކުރަން ޖެހޭ." އޭނާގެ ފިރިމީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައިޝާ

    ތީ ހަމަ ކުރީގެ ބިޓާ އެކު ފިލަން ވެގެން ޖެއްސި އެކްޓެއް ކަމައްވާނީ.. ލޯބި ވަންޏާ ނުދާނެ ބިހެއް ކީއްކުރަން ކާން ނުލިބުނަސް.. ތެދުވެރި ހަޤީޤީ ލޯބިވާ މީހަކު ވާނެ އެމީހާ ވާ ކޮންމެ ހާލެއްގަ އެމީހާ އާއެކު..

    14
    1
  2. ނަބާ

    ލޯބިވަނީ އެހެންމީހަކު ދެކެ، އިންނަނީ ލޯބިވާ މީހަކާ ނޫން! ދެން ވާނީ މިހެން!!

  3. ފަޒާ

    ބިސްގަނޑު ކާންދީ