އިންޑިޔާގެ ގޯއާގައި ފުލުހުން ވަނީ ހަތަރު ފިރިހެނުން ލައްވައި، ފިރިމީހާ މަރާލިކަމަށް ތުހުމަތުކުރެވިފައިވާ އަންހެނަކު ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ އަންހެން މީހާގެ ރަހުމުކުޑަ ކަމާއި މެދު ގިނަ ބަޔަކު ތިބީ ހައިރާން ވެފައެވެ.

ކަލްޕަނާ ބަރިކީ ނަމަކަށްކިޔާ އުމުރުން 30 އަހަރުގެ އެ އަންހެންމީހާ ހައްޔަރުކޮށްފައިވާއިރު ބަސަވްރާޖް ބަރިކީ ނަމަކަށްކިޔާ އޭނާގެ ފިރިމީހާ މަރާލުމުގައި ހަރަކާތްތެރިވެފައިވަނީ ކަލްޕަނާގެ އިތުރުން އޭނާގެ ހަތަރު ލޯބިވެރިންނެވެ.

ބަސަވްރާޖް މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ތިން ބަޔަކަށް ކޮށާލުމަށްފަހު އެކި ސަރަހައްދުތަކަށް އެއްލާލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ފުލުހުން މިހާރު ވަނީ ކަލްޕަނާ ހިމެނޭގޮތަށް ބަސަވްރަޖް މަރާލުމުގައި ހަރަކާތްތެރިވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ހައްޔަރުކޮށްފައެވެ.

އޮކްޓޯބަރ 1 ވަނަ ދުވަހު ބަސަވްރަޖް މަރާލިއިރު ފުލުހުން ވަނީ އެ އަނިޔާވެރި އަމަލު އެހެން މީހަކަށް ނުފެނުނުނަމަ އެއްވެސް ވަރަކަށް އެކަހަލަ ކަމަކަށް ޝައްކުނުކުރެވި ދިޔުމުގެ ފުރުސަތެއްވެސް އޮތްކަމަށް ބުނެފައެވެ. ބަސަވްރަޖް ދިރިއުޅޭ ރަށުގައި އޭނާގެ އާއިލާގެ ގާތްތިމާގެ އިތުރު މީހަކުވެސް ނޫޅެތީވެ އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅުމުގެ ފުރުސަތުވެސް ވަރަށް ހަނިކަމަށް ފުލުހުން ވަނީ ބުނެފައެވެ. ބަސަވްރަޖް ދިރިއުޅެމުންދިޔަ ފްލެޓްގެ ތެރެއިން އޭނާ މަރާލެވުނުއިރު އެތަން އެހެން މީހަކަށް ފެނި، އޭގެ ދުވަސްކޮޅެއްފަހުން ފުލުހުންނަށް އެ ހާދިސާ އެމީހާ ވަނީ ރިޕޯޓްވެސްކޮށްފައެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި އެ ދެމަފިރިންނަކީ ވަރަށް ގިނައިން އަރައިރުންވާ ބައެކެވެ. މައިގަނޑު ގޮތެއްގައި އަރައިރުންވަނީ ކަލްޕަނާ ކައިވެނީގެ ބޭރުން އެހެން ފިރިހެނުންނާއި ގުޅުންތަކެއް އޮންނާތީވެއެވެ. ބަސަވްރަޖް އަކީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށްވުމުން އޭނާއަށް ގެޔަށް ދެވެނީ މަދު ވަގުތުކޮޅަކަށެވެ. ކަލްޕަނާ މިކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން އުފާ ހޯދަނީ ބޭވަފާތެރިވަމުންނެވެ.

ކަލްޕަނާ ބުނެފައިވަނީ ފިރިމީހާ އޭނާއަށް ޝައްކު ކުރަނީ ކަމަށެވެ. އޭނާ ބުނީ މިކަމާއި ގުޅިގެން އަބަދުވެސް ފިރިމީހާ މަރާލައި އޭނާގެ ފުށުން ސަލާމަތްވާން ބޭނުންވެފައި ހުރި ކަމަށެވެ. އެކަމަށްޓަކައި އޭނާއަށް އެހީތެރިވީ އޭނާގެ ހަތަރު ލޯބިވެރިންކަން ފަހުން ތަހުޤީޤަށް ވަނީ އެނގިފައެވެ. އެ ހަތަރު މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވާއިރު ހަތަރުވަނަ މީހާ މިހާރު ދަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު