ދެމީހަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު، އެކަކަށް ކުރެވޭ ކަމެއްގެ ސަބަބުންވެސް ބައެއް ފަހަރު އެ ގުޅުން ނިމުމަކާއި ހަމައަށް އާދެއެވެ. އެގޮތުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ ތެރެއިން އެކަކު ކުރާ ކަމެއްގެ ސަބަބުން، އަނެކާ އެކަމާއި ހިތްހަމަ ނުޖެހި، އޭނާއާއި ދުރުވާން ބޭނުންވެއެވެ. މިފަހަރު މިއޮތީ ރާއްޖޭގައި ދާދިފަހުން ހިނގާފައިވާ މިފަދަ ހާދިސާއެކެވެ.

މައިޝާ އާއި އިރުފާން (އަސްލު ނަމެއްް ނޫން) މިދިޔަ ހަފްތާގެ ހުކުރު ދުވަހު ޑޭޓަކަށް ދިޔައީ މޭރީ ބްރައުންއަށެވެ. މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމުގައި ވުމާއެކު، މޭރީބްރައުންގައި އެތައް ބަޔަކު އޮތެވެ. މުޅި ތަން އޮތީ ފުރިފައެވެ.

ދެމީހުން ކާއެއްޗެހި ނަގައި ކަމުން ދަނިކޮށް، ކުއްލިއަކަށް އިރުފާނުގެ ބަނޑު ސަކަރާތްވިއެވެ. ކެތްކުރެވެނީ ހަމަ ކިރިޔަ ކިރިޔާއެވެ. އިރުފާނުއަށް ހަދާނެ ގޮތެއް ނޭނގުނެނެވެ. ލޯބީގެ ގުޅުމުގެ ކުރީކޮޅުގެ ދުވަސްވަރު ކަމުގައި ވުމާއެކު، އެވާހަކަ މައިޝާ ގާތުގައި ބުނާކަށްވެސްް އިރުފާނުއަކަށް ނުކެރުނެވެ.

އެންމެ ފަހުން އެހެން އިންދާ ދެން އަދި ވީ މާ ސަކަރާތް ގޮތެކެވެ. އޮޅިގެން ފޮޑިއެއް ޖެހުނީއެވެ. ފޮޑީގެ އަޑު ވަރަށް ބާރަށް އިވުނެވެ. އެހާ ވަސް ނުބައެވެ. ކައިރީގައި ތިބި އެންމެން އެކީ އެއްފަހަރާ އިރުފާނުއާއި ދިމާއަށް ބަލައި ހޭންފެށިއެވެ.

މައިޝާ ލަދުން ހަލާކުނުވީ ހަމަ ކިރިޔާއެވެ. ހަދާނެ ނަހަދާނެ ގޮތެއް މައިޝާއަކަށް ނޭނގުނެވެ. އެންމެ ފަހުން މައިޝާ ރޮއެގަނެފައި ބުންޏެވެ. މީގެ ފަހުން ތިޔައީ އަހަރެންގެ "ބޯއީފްރެންޑް" އެއް ނޫނެވެ.

ލޯބީގެ ގުޅުން އެހާހިސާބުން ނިމުނީއެވެ. އޭނާގެ ހަމަ އެކަނި ކުށަކީ ފޮޑިއެއް ޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފޮޑި

    ލޮލް ވަރަށް މަޖާ!

    34
    7
  2. ިޮފަލިނަރަ

    ކިކެ ދެން ބުނާނި ދޯ

    33
  3. ބޯކިބާ

    "އޭނާގެ ހަމަ އެކަނި ކުށަކީ ފޮޑިއެއް ޖެހުމެވެ." ހިތުގަ ރަހުމެތްވެސްނެތް އަންހެނަކީތަ.

    73
    2
    • ޖިވާ

      ހީވާކަހަލަ އަންހެން ކުއްޖާއަކީ ދުުވަަަަަަހަަކުު ފޮޑި ނުޖަހާ ކުއްޖެކޭ

      69
      1
  4. Anonymous

    ތީ ވަގުތު މީހުން ހާދަ ދައްކާ ހިއްވާ ވާހަކަ އެކޭ. ސަދޫމުގަތަ ތިއުޅެނީ

    31
    9
    • ހައްހައް

      ސަދޫމު މީހުން އާންމުކޮށް ބޭނުން ކުރި ދޮރުތަކުގެ ވާހަކަ ވިއްޔާ.

      26
    • އަހްސަން

      ﴿19﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

      ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

      30
      1
  5. ސަމޭދާން

    ޔޫސޭ ލައްވާ މިވާހަކައަށް "ދިރިއުޅުމަކީ މިއީބާ" އެއް ހަދާންވީ.

    27
    5
  6. އ. ޖ. އ

    އަންހެނުންގެ ވަސް މާ މީރީތަ؟

    7
    7
  7. ޚާޖަރާ

    ލޮލް.. މަނަމަވެސް ރުޅިވާނަން. ފޮޑި ހިފާއްޓަން ނޭނގޭ މީހަކާއެކީ ނޫޅޭނަން ?

    3
    16
  8. ތީތީ

    އަންހެން ކުއްޖާ ކަޑަ. ދުވަހަ ކުވެސް ވަސްނުބައި ފޮޑިއެއް ނުޖަހަންތަ؟ މާ ރީތި މީހެއްތަ ތީ؟

    12
    2
  9. ތީތީ

    އަންހެން ކުއްޖާ ކަޑަ.

    13
    3