ދުނިޔޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވޮންޑަވުމެން ފިލްމު ކުޅެފައިވާ އެ ފިލްމުގެ ބަތަލާ ގަލް ގަޑޮތް އަށް ލިބިފައިވާ މައިބަދައިގެ އަނިޔާއަށް ފަރުވާ ކުރަން ފަށައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ގަލް ވޮންޑަވުމެން 1984 ކުޅެން އުޅުމުގެ ތެރޭގައި މައިބަދައަށް އަނިޔާވެފައިވާ ކަމަށެވެ. ގަލް ވޮންޑަވުމެން 1984 ފިލްމުން ފެނިގެން ގޮސްފައިވަނީ ޑަޔާނާގެ ރޯލުންނެވެ.

އޭނާގެ ފަހުގެ ފިލްމު ނެރެން މިހާރު ތައްޔާރުވަމުން އަންނަ އިރު މިހާރު ބައެއް ކަހަލަ "ސްޓަންޓް" ތައް ނުޖެއްސޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އޭނާ އަށް ބޮޑަށް އަނިޔާވެފައިވަނީ މާ ނުރައްކާތެރި "ސްޓަންޓް" ޖައްސަން އުޅުމުން ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ގަލް ބުނެފައިވަނީ އޭނާ އެ ފިލްމުތަކުގައި ޖައްސަމުން އަންނަ “ސްޓަންޓް” ތަކާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ލިބުނު އަނިޔާތަކަށް ދެރަވެސްވާ ކަމަށެވެ.

ވޮންޑަވުމެން 1984 ސިނަމާތަކަށް އަންނަން ދުވަސް ދީފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. ގަލްގެ ފިލްމުތަކަކީ ގިނަ ފަރާތްތަކެއްގެ މަގުބޫލުކަން ހޯދާފައިވާ ފިލްމު ތަކެކެވެ. ބައެއް ފަރާތްތަކުން ވަނީ އޭނާ އެ ފިލްމުން ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.

ގަލް އަށް މިހާރު ލިބުނު އަނިޔާއަށް ފަރުވާ ދެމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓޯނީ ސްޓާކް

    ގެޓް ވެލް ސޫން ގަލް ގަޑޮޓް

    12
    4
  2. ހުސޭނުބޭ

    ތިއީ އިޒްރޭލު ކުއްޖެއް! އެ ޤައުމުގެ ރީތީގެ ރާނީއަށް ހޮވުނު ކުއްޖެއް!

    10
    1
  3. މުޖައްރިބު

    ގޮނޑިދުއްވާ މުބާރާތެއްގައި ބައިވެރިވެ ގޮނޑިދުއްވާލީމަ ތިކަން ހައްލުވެދާނެ.

    10
    2