ނިކް ޖޯނަސް އާއި ޕްރިޔަންކާ އަކީ ތަފާތު ދެމަފިރިންނެވެ. ހަމައެކަނި ކައިވެނި ޕާޓީ ބޭއްވި އަދަދަކުން ނޫނެވެ. ދެމަފިރިންގެ ހަނީމޫން ދުވަސްތައް ނިމުނު ނަމަވެސް ނިކަން ލޯބިން އަބަދުވެސް ކޮންމެވެސް ކަމެއް ކޮށްލައެވެ.

މިފަހަރު ވެސް މިއޮތީ ނިކް ޕްރިޔަންކާ އަށް ހާއްސަ ހަދިޔާއެއް ދީފައެވެ. އެއީ ސްނޯގައި ދުއްވަން ހާއްސަ ވެހިކަލެއް ކަމަށްވާ "ސްނޯމޯބައިލް" އެކެވެ.

ޕްރިޔަންކާ އަށް ވަނީ މި ހަދިޔާ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.

https://www.instagram.com/p/B6hercWpaiK/

ޕްރިޔަންކާ އަށް ހަދިޔާ ކަމުދިއުމުން ނިކް ވެސް ހުރީ ވަރަށް އުފާވެފައެވެ. ނިކް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ޕްރިޔަންކާގެ މޫނުމަތިން ހިނިތުންވުން ފެނުމަށްވުރެ އޭނާ އަށް ހިތްހަމަޖެހުން ލިބޭ އެހެންކަމެއް ނެތް ކަމަށެވެ.

https://www.instagram.com/p/B6hcy8yjsyj/

ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ. އެންގޭޖްވިތާ ހަތަރު މަސް ދުވަސް ފަހުން ޕްރިޔަންކާ އާއި ނިކް ފުރަތަމަ ކައިވެނި ކުރީ ކްރިސްޓިއަން ދީނުގެ އާދަކާދަ އާއި އެއްގޮތަށެވެ. ޖެހިގެން އައި ދުވަހު ވަނީ ހިންދޫގެ އާދަކާދަ އާއި އެއްގޮތައް އަނެއްކާ ކައިވެނި ކޮށްފައެވެ. ނިކް އަކީ ކްރިސްޓިއަނެކެވެ. ޕްރިޔަންކާ އަކީ ހިންދޫ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މި

    ހަގީގީ ލޯބި ނުވެ ކޮންމެ މީހަކުވެސް ލާރިއާ މަޝްހޫރު ކަން ބޭނުންވެގެން އަނެކަކާ އިނީމަ ޖެހޭނެ ތާ ގުޅުން ދަމަހައްޓަން އަބަދުވެސް އަގު ބޮޑު ހަދިޔާ ދޭނެ. މަޖާ ކޮށްލާ ކޮށްލާ ތިބޭ. މިއީ ކަލޭމެން ގެ ސުވަރުގެ.
    ވަގުތުން ކީއްވެގެންތަ ތުރްކިސްތާނު މުސްލިމުން އުޅޭ ހާލު ނުގެނެސްދެނީ، ޗައިނާ ގެ އަނިޔާވެރިކަން. ފަންޑްކުރާނެ މީހަކު ނެތީތަ

    62
    1