ބޮލީވްޑާއި ހޮލީވްޑްގައި ވެސް މަޝްހޫރު ޕްރިޔަންކާ ޗޯޕްރާ އާއި އިންޑިއާ އަށް އުފަން ނަމަވެސް މިހާރު އެމެރިކާގެ ރައްޔިތަކަށް ވެފައިވާ ލިޔުންތެރިޔެއް އަދި މޮޑެލްކޮށް އެކްޓް ވެސް ކުރާ ޕަޑްމާ ލަކްޝްމީ ވަކިކުރަން މަޝްހޫރު ކާޓޫން މެގަޒިން އަކަށް ނޭނގި އޮޅުން އަރައިފިއެވެ.

މަޝްހޫރު މީހުންގެ ކާޓޫންތައް ކުރެހުމުގައި މަޝްހޫރު މަޖައްލާއެއް ކަމަށްވާ "ދަ ނިއުޔޯކާ" އިން ލަކްޝްމީގެ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓް ކުރުމަށް ފަހު ޓެގް ކޮށްފައި ވަނީ ޕްރިޔަންކާ އެވެ. ނަމަވެސް ފަހުން ވަނީ އެޕޯސްޓް ޑިލީޓް ކޮށްލާފައެވެ.

"ދަ ނިއުޔޯކާ" އިން ޕޯސްޓް ޑިލީޓް ކޮށްލި ފަހުން ލަކްޝްމީ ވަނީ ސްކްރީން ޝޮޓަކާއި އެކު އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައެވެ.

ލަކްޝްމީ ވެސް "ދަ ނިއުޔޯކާ" ޓެގް ކުރުމުގެ ބަދަލުގައި ޓެގް ކޮށްފައި ވަނީ މަޝްހޫރު "ނިއުޔޯކް ޑެއިލީ" ނޫހެވެ. ލަކްޝްމީ ބުނީ އިންޑިއާ އެންމެން ވެސް ވައްތަރު ވާނެ ކަމަށާއި އެކަން އޭނާ އަށް އެނގޭ ކަމަށެވެ.

https://www.instagram.com/p/B6ot-kqheB1/

ލަކްޝްމީގެ ފޮޓޯއެއް އާއްމުކޮށް ޕްރިޔަންކާ ޓެގް ކުރެވުނީ ކީއްވެތޯ ބަލަން "ސީއެންއެން" އިން "ދަ ނިއުޔޯކާ" އަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށް "ސީއެންއެން" އިން ބުނެއެވެ.

ލަކްޝްމީ އަކީ އެމެރިކާގައި މަގުބޫލް މޫނެކެވެ. އޭނާ ވަނީ "ޓޮޕް ޝެފް" ޝޯގެ ސީޒަން ދޭއް ވެސް ހުށަހަޅައިފިއެވެ. އެ ސީޒަންގައި 16 އެޕިސޯޑް ހިމެނުނެވެ.

ޕްރިޔަންކާ އަކީ ވެސް މިހާރު އެމެރިކާ މީހުންގެ މެދުގައި މަގުބޫލް މީހެކެވެ. ބޮލީވްޑަށް ވުރެ ބޮޑަށް ޕްރިޔަންކާގެ މަސައްކަތްތައް މިހާރު ފެނިގެން ދަނީ ހޮލީވްޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުނީ

    މަށަށް ބައެއް ފަހަރު ނިއުމާއާ ޔޫއްޕެއާވެސް އޮޅޭ. އެވަރު ކަމެއް ހިނގާފާނެ

    38
    2
    • ނިއު

      ކޮންތާކުންތަ ވައްތަރީ؟?

      28
      1