ކަރަންޓު ބިލް ބޮޑު ވެގެން އެވާހަކަ ނުދައްކާ މީހަކު މިމުޖުތަމައުގައި މަދުވާނެއެވެ. ގޭގެ ކުއްޔާއި އަދި އެހެނިހެން ޚަރަދު ކުރުމަށްފަހު، އަތާ އަނގަ ދިމާނުވެގެން އުޅޭއިރު، ކަރަންޓް ބިލް ބޮޑު ނުވުމަކީ ކޮންމެ މީހެއްގެވެސް އެދުމަކަށް މިވަނީ ވެފައެވެ.

މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމެވެ. ނަމަވެެސް މިފަދަ ގޮތަކަށް ކަރަންޓު ނެގުމަށް ސޯލާ ފެނަލް ފަދަ ތަކެތި ހަރު ކުރުމަކީ ބޮޑު ޚަރަދަކަށް ވާތީ މިކަން ކުރުމަށް ގިނަ ބަޔަކު ފަސްޖެހެއެވެ. އެހެންނަމަވެސް މިފަހަރު މިއޮތީ ސަޅި ޑީލްއެކެވެ. ދޮރު ފޮތި ގަނޑުގެ ބަދަލުގައި ދެން ބޭނުން ކުރަންވީ ޚާއްސަ ސޯލާ ފެނަލްއެކެވެ.

ސޯލާ ގެޕްގެ ނަމުން ނަން ދެވިފައިވާ މިއާލާތަކީ ވަރަށްވެސް ފަސޭހައިން ހަރުކޮށްލެވޭ އެއްޗެކެވެ. އަދި ބޭނުންވަގުތަކު މިހަރުކުރި އެއްޗަށް ބަދަލު ގެނައުމުގެ ބާރު މީގެ ވެރި ފަރާތަށް ލިބިގެން ދިއުމަކީ މި ބޭނުން ކުރާ މީހުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަމުގެ ސިއްރެވެ.

ސޯލާ ގެޕްގެ 10 ސުކައަރ ފޫޓްއިން 150 ވޯޓް ކަރަންޓް އުފައްދައިދޭއިރު، ދޮރުގައި ހަރު ކުރެވޭ މީއްޗަކީ އެކި ޑިސައިނަށް އަންނަ އާލާތެކެވެ. އަދި މި ފަރުދާ ކަހާލުމަށާއި ވައްޓާލުމަށް ފޯނަށް އެޅޭ ޚާއްސަ އެޕްއެއް ހުރުމާއެކު، މިއީ ދިރިއުޅުން ފަސޭހަކޮށްލާދޭނެ އެއްޗެއްކަން އެނގެއެވެ.

ކަރަންޓު ބިލްގެ ބޮޑުވާނަމަ މިފަދަ އެއްޗެއް ގޭގައި އިސްންޓޯލް ކޮށްލުން ބުއްދިވެރިއެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މި

    މިއީ ޚަބަރު ތޯ؟
    މިތަކެތީގެ އަގު ގެނެސްދެނީމައި ދޯ ގަންނަން ބޭނުންވާ ފަރާތްތަކަށް މިކަމާ ވިސްނާލަންވެސް އެނގޭނީ.