އެމެރިކާގެ ސްޓޭޓެއްކަމަށްވާ މައިސޫރްއަށް ނިސްބަތްވާ އަންހެނަކު އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އަނބިކަނބަލުން މޭގަން މާކެލްއާ ވައްތަރުކަމަށް އެތައް ބަޔަކު ބުނަމުން އެދެއެވެ. އެ އަންހެން މީހާ އަށް ކިޔަނީ އަކެއިޝާ ލޭންޑެވެ. އޭނާއަކީ އުމުރުން 39 އަހަރުގެ އަންހެނެކެވެ.

ފޮކްސް ނިއުސްގައި ބުނެފައިވަގޮތުގައި، އަކޭޝާ އަކީ އޭނާގެ ދަރިފުޅު ގްރޭސަންއަށް ހާއްސަ އިންސްޓަގްރާމް އެކައުންޓެއް ހިންގަމުން އަންނަ އަންހެނެކެވެ. ގިނަބަޔައެއްގެ ސަމާލުކަން އޭނާއަށް ހުއްޓިގެން ދިޔައީ މީގެ ހަތަރު ދުވަސް ކުރިން އޭނާ އިންސްޓަގްރާމް ކުރި ފޮޓޯއަކާއި ގުޅިގެންނެވެ.

އެއީ ދަރިފުޅާއެކު އޭނާ ނަގާފައިވާ ފޮޓޯއެކެވެ. އެ ސެލްފީއާއެކު އޭނާ މޭގަން އާ ވަރަށް ވައްތަރުކަމަށް ގިނަބަޔަކު ބުނަން ފެށިއެވެ.

އާނއެކެވެ. އޭނާ މޭގަން އާ ވަރަށް ވައްތަރެވެ.

https://www.instagram.com/p/B71PThrHLV4/

އެ ފޮޓޯއިން ފެންނަނީ އަކެއިޝާ އާއި އޭނާގެ ދަރިފުޅު ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހިނިތުންވެލައިގެން ތިބޭ މަންޒަރެެވެ. އެ ފޮޓޯއަށް 22،000 ލައިކްސް ލިބިފައި ވެއެވެ. އަދި 100 އެއްހާ ކޮމެންޓްވެސް އެ ފޮޓޯއަށް ލިބުނެވެ.

އެ ފޮޓޯއަށް ކޮމެންޓް ކުރި ގިނަބަޔަކު ވަނީ އޭނާ މޭގަން އާ ވައްތަރު ކަމަށް ބުނެފައެވެ. އަދި އެއީ ގެއްލިފައިވާ މޭގަންގެ ޓްވިންކަމަށްވެސް ގިނަބަޔަކު ބުނެފައި ވެއެވެ.