ހޮލީވުޑްގެ މަޤްބޫލް ބަތަލާ އެމްބާ ހާޑް އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރ ޖޯނީ ޑެޕްއަށް ގެވެށި އަނިޔާ ކުރިކަމުގެ މައްސަލަތަކެއް ފެންމަތިވެ އޭނާ ހޫނުފެނަށް ވެއްޓިއްޖެއެވެ.

ޖޯނީ ޑެޕް ވަނީ އޭނާއަށް އެމްބާގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބުނުކަން ހާމަކޮށްފައެވެ. އެއާއި އެކު އެމްބާ ވަނީ ޖޯނީގެ އެ ތުހުމަތައް ދޮގުކޮށް، ބަޔާނެއްވެސް ނެރެފައެވެ.

އެހެންނަމަވެސް އިއްޔެ ލީކުވި އޯޑިއޯ އަކުން އެމްބާ ޖޯނީ އަށް އަނިޔާކުރިކަން ޝައްކެއް ނެތް މިންވަރަށް ހާމަވެއެވެ. އަދި އޭނާ ޖޯނީ އަށް ގަނާކޮށް ވާހަކަދައްކާ އަޑު އެ އޯޑިއޯއިން އިވެއެވެ.

"ކަލޭ ތި ހުރީ ރަނގަޅު ހާލުގަ. ބޮޑުވެބަލަ. ތިއީ ކުޑަ ކުއްޖެއް. އަހަންނަށްވެސް ކަންކަން ދިމާވި އެކަމަކު އެވާހަކަތައް ރޮއިރޮއިފަ ދައްކަނީ ކަލޭ. އެއީ އަހަރުމެން ދެމީހުންގެ ތަފާތަކީ." ލީކުވެފައިވާ އޯޑިއޯގައި އެމްބާ ބުނެއެވެ.

ނަފްސާނީ އަދި ޖިސްމާނީ ގޮތުން ޖޯނީއަށް ދިމާވި އަނިޔާތަކުގެ ވާހަކަ ފެންމަތިވެފައިވާއިރު، މީގެ ކުރިން އެމްބާ ވަނީ ޖޯނީ އޭނާ އަށް އަނިޔާ ކުރިކަމަށް ބުނެފައެވެ.

2017 ވަނަ އަހަރު އެ ދެތަރިންގެ ކައިވެނި ރޫޅުނު ހިސާބުން ޖޯނީގެ އެކްޓިން ކެރިއާއަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.

އެގޮތުން އޭނާއަށް ކުރިމަތިވި ގެވެށި އަނިޔާގެ ތުހުމަތުތަކަށް ފަހު، އޭނާއަށް ރޯލުތައް ލިބުން މަދުވިއެވެ. އަދި ޖޯނީ ޑިޕްރެޝަންގެ ޝިކާރައަކަށްވެ، ގިނަ ވަގުތުތަކެއް މީހުންނާއި ދުރުގައި އޭނާ ދިޔައީ ހޭދަކުރަމުންނެވެ.

އެމްބާއަށް ކުރާ ތުހުމަތުތަކާއި ގުޅިގެން، އެއްލައްކަ އަށް ވުރެ ގިނަ މީހުން ސޮއިކޮށް، އޭނާ އެކުއަމޭން 2އިން ވަކިކުރުމަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ.

ޖޯނީއަށް ކުރިމަިތިވި އަނިޔާތަކުގެ ވާހަކަ ފެންމަތިވުމާއި އެކު ފޭނުން ވަނީ އޭނާގެ ދިފާއުގައި ނުކުމެފައެވެ.

ފިރިހެނުންނަށް ދިމާވާ ގެވެށި އަނިޔާގެ މައްސަލަތަކާއި، ނަފްސާނީ އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރަން އަދިވެސް ގިނަ ފިރިހެނުން ޖެހިލުންވާއިރު ޖޯނީ ފަދަ މީހަކަށް ލިބުނު ގެއްލުމުގެ ވާހަކަ އާދައިގެ ކަމަކަށް ހަދައިގެން ނުވާނެ ކަމަށް ފޭނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    އެމްބާއަށް ކުރާ ތުހުމަތުތަކާއި ގުޅިގެން، އެއްލައްކަ އަށް ވުރެ ގިނަ މީހުން ސޮއިކޮށް، އޭނާ އެކުއަމޭން 2އިން ވަކިކުރުމަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ. އެކަމަކު މި ކްރިސްޓިައަން އެމެރކާނުންނަށް ވަރިހަމަވެގެން އެ ތިބެނީ ފަލަޠީނުގެ ނިކަމެތި ރައްޔިތުން ހަމައެއްލަމައެއް ނެތ މަރަމުން ދާއިރު ވެސް

    24
    2
    • ޣަނީ

      ތިހެން ބުނަންޏާ މިސްރުގެ ނަސާރާއިން ޓެރަރިސްޓުންގެ ކިބައިން ހިމާޔަތް ކުރުން އެމެރިކާގެ މައްޗަށް މާއައުލާކަން ބޮޑު