އިނގިރޭސިވިލާތަށް ނިސްބަތްވާ މިލިޔަނަރަކު އިންނާނެ އަންހެން ކުއްޖަކު ހޯދަމުން ގެންދާކަން އިއުލާން ކޮށްފިއެވެ.
25 މިލިއަން ޕައުންޑު ނުވަތަ 503,944,237 ދިވެހި ރުފިޔާގެ މިލްކިއްޔާތެއް އޮތް ކަމަށް ތަފާސް ހިސާބުތަކުން ދައްކާ އެންޑީ ސްކޮޓު މީގެ ކުރިން ބުނެފައި ވަނީ އޭނާ މަސައްކަތް ކުރަނީ ހަޔާތުގައި ކާމިޔާބުވުމަށް ކަމަށާއި މީގެ ކުރިން އެކަމަށް މަސައްކަތް ކުރުމުން ކައިވެންޏެއްގައި އުޅުމާއި އެއްފަދަ ކަމަށެވެ.
ނަމަވެސް، މިހާރު އުމުރުން 41 އަހަރުގެ އެންޑީ މިވަނީ އޭނާގެ ހަޔާތައް ބައިވެރިޔަކު ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެކަމަކު އެންޑީ ބުނެފައި ވަނީ އޭނާ އާއި ގުޅޭ އަންހެން ކުއްޖަކީވެސް ފައިސާ އަށް އަހުލުވެރި މީހެއް ކަމަށއ ވާން ޖެހޭނެ ކަމަށާއި އެހެންނޫނީ ކުއްލިއަކަށް ޔޮޓު ދަތުރެއް ނުވަތަ ފްރާންސް ދަތުރެއް ދާން ބޭނުންވިޔަސް އެފަދަ މީހުންނަށް އުނދަގޫ ނުވާނެ ކަމަށެވެ.
އަމިއްލަ ޕްރައިވެޓު ޖެޓެއްވެސް ގެންގުޅޭ އެންޑީ ބައިވެރިޔަކު ހޯދާ ވާހަކަ މީޑީއާތަކުން އާއްމު ކުރުމުން މީސް މީޑީއާ މެދުވެރިކޮށް ގިނަ އަންހެނުން ދަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.
މީގެ ކުރިން ލަވަކިޔުންތެރިޔަކާއި އެކު ލޯބީގެ ގޮތުން އެއްފަހަރަކު ގުޅިގެން އުޅުނު އެންޑީ ބޭނުންވަނީ ފައިސާވެރި އަންހެނެއް ނަމަވެސް އޭނާ އަށް މީހަކުދެކެ ހަގީގީ ލޯބި ވެވިއްޖެނަމަ ފައިސާ ނެތަސް އެމީހަކާއި ކައިވެނި ކުރާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކައި ގެ ނަން ފޮނުވަންވީނު...؟؟؟
ޝިދާތާ ކިހިނެއް ވާނެ
ޝިދާ ތާ 100 ވާނެ.
އަޅުގަނޑު ވަރަށް ބޭނުން ކަލާޔާއި މެރީކުރަން. އަޅުގަނޑަކީ މިނިސްޓަރުކަންކޮށްފައިވާ މީހެއް. ފުދޭވަރަކަށް ދަޢުލަތުން ފައިސާ ނަގާފައި ހުންނާނެ.