އުމުރުން 104 އަހަރުވެފައިވާ ފިރިހެނަކު އޭނާގެ ލޯބިވާ އަނބިމީހާއަށް، ލޯބިވެރިންގެ ދުވަހުގައި މަލެއް ދޭ މަންޒަރު ފެންނަ ފޮޓޯއެއްގެ ވާހަކަ އެބަ ދައްކައެވެ. މީސް މީޑިއާގައި ދައުރުވަމުންދިޔަ އެ ފޮޓޯއަކީ، ފިރިހެން މީހާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިއުމަށްފަހު، ހޮސްޕިޓާލްގެ އެތެރެއަށް އޭނާ ވައްދަން ދިޔަގަޑީގައި، އަނބިމީހާ އަށް ރަތް ކުލައިގެ ފިނިފެންމަލެއް ދޭ ފޮޓޯއެވެ.

ލޯބިވެރިންގެ ދުވަހުގައި އެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު، އެ މަންޒަރު ފޮޓޯ ނަގާފައި ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސްގެ އެމްބިއުލާންސްގައި މަސައްކަތް ކުރަމުންދާ ޕެރަމެޑިކްސް އެވެ.

ވިލިއަމް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ސްޓްރެޗާގައި އެމްބިއުލާންސްގައި ސްޓެރާޗާއަށް އެރުވުމަށްފަހު، ހޮސްޕިޓަލުގެ އެތެރެއަށް ވެއްދިތަނާހެން، އޭނާ އަނބިމީހާއަށް ރަތް ފިނިފެންމަލެއް ދެއެވެ.

އެ މަންޒަރު ފެންނަ ފޮޓޯ އެންއެސްބަޑްލިވް އެމްބިއުލާންސް އިން ފޭސްބުކަށް ލުމަށްފަހު ވަނީ، އެ މީހުންގެ ޕެރަމެޑިކްސްގައި އެ ރީތި މަންޒަރުގެ ފޮޓޯ ނެގިއްޖެ ކަމަށެވެ. އަދި މީގެން އިނގެނީ ލޯބިވުމަށް ވަކި އުމުރެއް ނެތްކަން ކަމަށްވެސް އެ މީހުން ބުނެފައި ވެއެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭނގެއެވެ.

އެ މަންޒަރު ފެންނަ ފޮޓޯ މީސް މީޑިއާއަށް ލުމާއެކު، އެތައް ހާސް ބަޔަކު އެ ފޮޓޯއަށް ލައިކްކޮށް ކޮމެންޓް ކުރިއެވެ. އަދި ބޭނުންވަނީ އެފަދަ ފިރިއެއްކަމަށް ބުނަމުންދިޔަ އަންހެނުން މަަދެއް ނޫނެވެ. އަދި އެއީ ލޯބީގެ މިސާލެއް ފަދަ ދެމަފިރިންކަމަށް ބުނި މީހުންވެސް ގިނައެވެ.