އިސްލާމްދީނަކީ އެންމެ ރިވެތި ސިފަތައް ހުރި އަދި އެންމެ ފުރިހަމަ ދީން ކަން ގަބޫލުކުރެވުން އެއީ ހިތަށް ލިބިގެންދިޔަ އުފާވެރިކަމާއި ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކެނެޑާގެ މަޝްހޫރު ސައިކަލު ދުއްވުން ތެރިޔާ ރޮސީ ގެބްރިއެލް ބުނެފިއެވެ.
ރޮސީ ބުނީ އޭނާއަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހެއް ކަމަށާއި އިސްލާމް ދީނުގެ ރިވެތި ސިފަތައް އޭނާއަށް ފެނިގެން ދިޔައީ ޕާކިސްތާނުން ކަމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ.
އެ ދީނަކީ ހަރުކަށި ދީނެއް ކަމަށް ބުނެ ބައެއް މީހުން ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ރޮސީ ރައްދު ދިނެވެ. ރޮސީ ބުނީ ހަމަޖެހުމާއި ސުލްހަ ވަނީ އިސްލާމް ދީނުގައި ކަމަށާއި އެ ދީނުގެ ހަގީގީ ސިފަތަކަކާއި ހަމަޖެހުމާއި ސުލްހަ ކަމަށެވެ.
ރޮސީ ބުނީ ދިރިއުޅުމުގެ ތަކުލީފުތަކާ މެދުގައި ވަރަށް ބޮޑަށް ވިސްނައި އެފަދަ ކަންކަމުން ސަލާމަތްވެވޭނެ ގޮތްތައް ހޯދި ކަމަށެވެ. އިސްލާމް ދީނަށް ވަނުމުން އޭނާ އެންމެ ބޮޑަށް ބޭނުންވި މިނިވަންކަމާއި ހައްގުތައް އިސްލާމް ދީނުން ލިބިފައިވާ ކަމަށް ވެސް ރޮސީ ބުންޏެވެ.
ރޮސީ އަކީ މުސްލިމު މައެއްގެ ބަނޑުން އުފަންވި މީހެއް ނޫނެވެ. އޭނާ ތަރުބިއްޔަތުވެފައި ވަނީ ވެސް މުސްލިމެއްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ ކުރިން ކްރިސްޓިއަނެކެވެ.
ރޮސީ އިސްލާމްވިކަން އިއުލާން ކޮށްފައި ވަނީ ޖަނަވަރީ 16 ވަނަ ދުވަހު އެވެ. އޭނާ ބުނީ އޭނާ އެދުވަހު ޝަހާދަތް ކިޔައި އިސްލާމްކަން އިއުލާން ކުރި ނަމަވެސް އިސްލާމްދީން އޭނާގެ ހިތުގެއަޑިން ގަބޫލު ކުރެވުނުތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. އޭނާ ދުނިޔެ އަށް ބޮޑަށް މަޝްހޫރުވެފައި ވަނީ އެކަނި އެކި ގައުމުތަކަށް ގޮސް، އެކި ކަންކަން ތަޖުރިބާކޮށްލާ މީހެއްގެ ގޮތުގައެވެ.
ﷲއަކުބަރު
ރޮސީ އިސްލާމް ދީނުގެ ހިދާޔަތުގެ މަގު ހިޔާރުކުރީތީ އުފާކުރަން. އަދި ރޮސީ ކޮންމެވެސް ދުވަހަކުން ރާއްޖެއައިސް އިސްލާމް ދީނުގެ މަތިވެރިކަމާއި ސުލްހައާއި އަމާއްކަންވަނީ އިސްލާމްދީނުގަ ކަން ކެނަރީގެ ނަޝިދުއަށް ކިޔައިދިނުމަށް އެދެއް.
ތިހެން ވެއްޖެޔާ އަދި ތިކުއްޖާއަށް އިސްލާމްދީން ނޭނގެނީ. ނިކަން ބަލާ އިސްލާމީ ގައުމުތަކަށް
އެކުއްޖާއަށް ކަންކަން ނޭންގެނީކީ ނޫން. ކަލޭގެ ޖާހިލުކަން ބޮޑީ.
ކަލެއަށް ވުރެ ބޮޑަށް އޭނައަށް އެނގޭ ހަމަ ޔަގީން
މިކުއްޖާ އައިއެސް ފަދަ އަސްލު މުސްލިމުންނަށް ފެނިއްޖެނަމަ މަރާނެ
ރޮސީ އާދޭ އަވަހަށް ރާއްޖެ.. ވަރަށް ކެތްކޮށްފިން.. އަހަންނަށް ތިކޮޅަށް ދެވޭނެ ގޮތެއް ނެތް.. ރޯސީ އާދޭ.. އެކަނި އާދޭ.. ޖެހިލުން ނުވެ އާދޭ..
ހޭބަލި ނުވެބަލަ ބެއްޔާ!! މިތަން ޖާހިލުކަން ކުޑަވީ މަތަ މިތަނަށް އަންނަންވީ؟ އޭން؟؟
އިސްލާމުންގެ ތެރޭގައި އޮންނަ ސުލްހަވެރިކަމާއި އަމާންކަމާއި އޯގާވެރިކަން ނުފެންނަނީ ކަނުން ނޫން ވީމަ.