ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އޭނަގެ ހެއާ ސްޓައިލިސްޓް މީސްމީޑިއާގައި ހިއްސާކޮށްފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަތަލާ ދިޕިކާ ރާއްޖެ އައީ އިންޑިއާގެ ނޫހެއް ކަމުގައިިވާ "އެލް އިންޑިއާ" ގެ ކަވާ ޝޫޓަކަށެވެ. ދިޕިކާއެކު އޭނާގެ މޭކަޕް އާޓިސްޓް، ހެއާރ ސްޓައިލިސްޓް، މެނޭޖަރު، އަދި ސްޕޮޓް ބޯއީ ވެސް ރާއްޖެ އައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ދިޕިކާގެ ހެއާ ސްޓައިލިސްޓް ވަނީ އިންސްޓާގްރާމްގައި ފޮޓޯއެއް ވެސް ޕޯސްޓް ކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ ލޯންޗެއްގެ ތެރޭގައި ހުރިހާ އެންމެ ބައްދާލައިގެން ތިބިތަނެވެ. ހުދު ޓީޝާޓަކާއި އެކު ޑެނިމް ކެޝުއަލް ޖެކެޓެއް ލައިގެން ދިޕިކާއިން އިރު ލޮލުގައި އަޅާފައި އިނީ ބޮޑު ފޮރޭމްއެއެގް ގަދަ ކުލައެއްގެ އައިނެކެވެ.
https://www.instagram.com/p/B86UhqpJv6h/?utm_source=ig_web_copy_link
ދިޕިކާ ރާއްޖޭގައި މަޑު ކުރީ ރ. އަތޮޅު ހުރަވަޅި (ދަ ސްޓޭންޑާޑް މޯލްޑިވްސް)ގައެވެ.
ބޮލީވުޑް ތަރިންގެ މެދުގައިރާއްޖެ ވަރަށް ބޮޑަށް މަޝްހޫރެވެ. ރާއްޖޭގެ ނޫ ކަނޑާއި، ހުދު ދޮންވެލި ގަނޑުގެ އިތުރުން ކަނޑުއަޑީގެ މަންޒަރުތަކަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ކަޅި ހުއްޓުވާލާ ތަންތަނެވެ.
ދިޕިކާ އެންމެ ފަހުން ފެނުނީ މި އަހަރު ނެރުނު "ޗަޕާކް' އިންއެވެ.
މި ފިލްމަކީ މިހާރަކަށް އައިސް މުޖުތަމައު އަށް ދިމާވެފައިވާ އެސިޑް އެޓޭކްގެ ޝިކާރައަކަށް ވެފައިވާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތަކަކީ މީހުން ގައިން ހީބިހި ނަގުވާލި އަދި ލޮލުން ކަރުނަ އޮހުރުވާލި ފިލްމެކެވެ.
ދީޕޫ މަށާ ދިމާވެސް ނުވެ ތިދިޔައީ، ކައްޓީ!!!