މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. މުސްކުޅި ނުވަނީސް ބޮލުގެ އިސްތަށިގަނޑު ނުރަވަނީ ކީއްވެގެން ހެއްޔެވެ. މިކަމަށް ޖަވާބެއް

ސްޓްރެސް ލެވެލް މަތިވުން

ސުޓްރެސް ލެވެލް މަތިވާ ވަރަކަށް ބޮލުގެ އިސްތަށިގަނޑު ނުރަވުމަށް މަގުފަހިކޮށްދެއެވެ. މިގޮތުން ސްޓްރެސް ލެވެލް މަތިވުމަކީ އިސްތަށިން ސްޓެމް ސެލް ދަށްކޮށްދޭ ކަމެއް ކަމަށެވެ. ސްޓެމް ސެލްސް އަކީ އެހެން ސެލްސްތަކަށް ރިޕެއަރ ކުރުމަށް މުހިންމު ރޯލެއް އަދާ ކުރާ ސެލް އެކެވެ. މިހެންވުމުގެ ސަބަބުން ސުޓްރެސް ބޮޑު ވުމަކީ ބޮލުގެ އިސްތަށިގަނޑު ނުރަވަން ދިމާވެދާނެ ކަމެކެވެ.

ބައްޔަކާހުރެވެސް ނުރަވެދާނެ

މިއީ އާއްމު ކަމެއް ކަމުގައި ނުވިޔަސް ބައެއް ފަހަރު ބައްޔަކާހުރެވެސް ބޮލުގެ އިސްތަށިގަނޑު ނުރަވެއެވެ. މިސާލަކަށް ތައިރޮއިޑާއި ޕިޓިއުޓަރީ ގްލޭންޑްގެ ބަލިތައް ޖެހިފައި ހުންނަ މީހުންގެ ބޮލުގެ އިސްތަށިގަނޑު އަވަހާ ނުރަވުމުގެ ފުރުސަތު ބޮޑެވެ. އަދި ހުދުބަލި ފަދަ ބަލި ޖެހިފައިވާނަމަވެސް ބޮލުގެ އިސްތަށިގަނޑު ނުރަވާނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ދެވޭ އެންމެ ބޮޑު ގެއްލުމެވެ. ސިނގިރޭޓް ބޯ ނަމަ އުމުރުން 30 އަހަރުވުމުގެ ކުރިން އިސްތަށިގަނޑު ނުރަވުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މިކަންވަނީ ޑޮކްޓަރުންވެސް ކަށަވަރުކޮށްދީފައެވެ. އަދި ސިނގެރޭޓް ބޯނަމަ ބޯ ތަލަވުމަށްވެސް މަގުފަހިވެއެވެ.