ނުރައްކާތެރި ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އެންމެ ބޮޑަށް ހީނަރުކަން ލިބުނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 50 އަކަށް ރިސޯޓު ވަނީ ބަންދު ކޮށްފައެވެ. އަދިވެސް ބައެއް ރިސޯޓުތައް އަންނަނީ ބަންދު ކުރަމުންނެވެ. އެގޮތުން މިއަދު މިވަނީ ހުރަވަޅި އައިލެންޑް ރިސޯޓުގައި މިވަގުތު އެ ރިސޯޓުގައި ހުރި އެންމެ ފަހު ފަތުރުވެރިޔާ ފުރާފައެވެ.

އެ ރިސޯޓުގައި ހުރި އެންމެ ފަހުގެ ފަތުރުވެރިޔާ މިއަދު ފުރައިގެން ދިޔައިރު އެ ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އެ ފަތުރުވެރިޔާ އަށް އަލްވަދާއު ކިޔުމަށް ނިކުމެފައެވެ. ޓިކްޓޮކް އަށް މީހަކު ލާފައިވާ ވީޑިއޯއެއްގައި ފެންނަނީ އެ ފަތުރުވެރިޔާ އަރާފައިވާ ލޯންޗު ނައްޓާލުމާއި ހަމައަށް މުވައްޒަފުން ފަތުރުވެރިޔާ އަށް އަލްވަދާއު ކިޔުމަށް ހަނާ އަޅަމުން ދިޔަ މަންޒަރެވެ. އަދި އެ ފަތުރުވެރިޔާ އިން ލޯންޗު ނައްޓާލުމާއި އެކުގައި ފަތުރުވެރިޔާ އަށް އަލްވަދާއު ކިޔަން ތިބި ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް މޫދަށް ފުންމާލިއެވެ. އަދި މޫދުގައި ތިބެގެން ވެސް ދިޔައީ ފަތުރުވެރިޔާއަށް ހަނާ އަޅަމުންނެވެ.

މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގައި މިވަގުތު ތިބި މުވައްޒަފުންނަށް އެ ރަށްތަކުން ފޭބޭނީ އެއިން ކޮންމެ ރިސޯޓެއްގައި ވެސް ހުންނަ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ކަމަށެވެ.

Video: Huravalhi island resort muvahzafun fahu fathuruveriya ah Alvadhaau Kiyun.

Posted by Vaguthu on Sunday, March 29, 2020

ރައީސް ސޯލިހު ވިދާޅުވީ މި މަހުގެ 27 އިން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ 27 އިން ފެށިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަނާވެގެން ދާނެއެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ދެ ހަފްތާ ތެރޭ، ހުރިހާ ރިސޯޓެއް ބަންދުވާނެ ކަމަށް ބެލެވޭ ކަމަށާއި މިހާތަނަށް 50 ރިސޯޓު ބަންދު ކޮށްފައިވާ ކަމަށެވެ.

"ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ދުވަހުން ފެށިގެން 14 ދުވަސް ހަމަވުމުން އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު ދެވޭނެ،" ރައީސް ވިދާޅުވިއެވެ.

ހުރަވަޅިން މިއަދު ފުރި މި ފަތުރުވެރިޔާ ފުުރިތާ 14 ދުވަސް ހަމަވުމުން އެ ރިސޯޓުގެ މުވައްޒަފުންނަށް ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެއާއެކު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ވަކި މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. އަދި މި މަހުގެ 26ވަނަ ދުވަހު ވަނީ ވަކި އެންގުމެއް އަންގަންދެން އެކަމަށް ބޯލެނބުމަށް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޟީ

  ޙިތާމަހުރި

  7
  2
 2. ފާތުން
 3. ލޯންގޭ

  ފަތުރުވެރިޔާ ފްލަ އިޓުން ބޭރަ އް ފުންމާނުލާފިޔާ ރަނގަޅު.

  20
  2
 4. ވިސްނާލުމަށް އެދެމޭ

  ވަރަށް ވަރަށް ސަޅި... އެއ އްމެ ފަހުގެ ސަލާމަށް އަލްވަދާ އު ކިޔާލިލެ ވަރަށް ފުރިހަމަ..އެފަތުރުވެރިޔާގެ މުޅި އުމުރުގަ ދުވަހަކު ހިތުންނުދާނެ ތިކީ އަލްވަދާ އު...???

  50
  2
 5. ފާދިގު މަކުނު

  ނަސީބެންނު ކިބޫ އަގަޔަޢް ފުންމާނުލިކަން !!!!!

  14
  14
 6. ތިނަދޫ މީހާ

  މި ވީޑިއޯ ފެނުމުން އަހަރެންނަށް ވަރަށް ދެރަވި

  33
  1
 7. Anonymous

  މަޖާ ކަމެއް?

  9
  2
 8. މަޒް

  ވަރަށް ސަޅި

  27
  1
 9. ސާޖީ

  ޙަގީގަތުގަވެސް ވ އުފާވި މި ވީޑިއޯ ކޮޅު ފެނެނީމަ.... ހަބަރު ކިޔާލާފަ ހިތައް އެރީ އޭނަ ހާދަ އުފާވާނެޔޭ.... ( އަޅަމެން ހައްދަވާ ބޮޑުކުރެއްވި އޯގާވަންތަ ރަސްކަލާކޯ...... މި ނުރައްކާތެރި ބަލިމަޑުކަމުން އަޅަމެން ސަލާމަތް ކުރައްވާ ރައްކާތެރި ކުރައްވަވާފާންދޭވެ... އާމީން....)

  48
  3
 10. އާޗާ ސަޅި

  ވަރަށް ހިތްދަތި، އެހައިމެ އުފާވެރި މަންޒަރެކެވެ. މިނާޒުކު ވަގުތުގައި ވެސް ހުރަވަޅީގެ ސްޓާފުން ރާއްޖޭގެ ޓުއަރިޒަމަށް ތިކޮށްދިނީ ބޮޑު ކަމެކެވެ. ރާއްޖޭގެ ޓުއަރިޒަމް އައު ގޮތަކަށް އިޝްތިހާރު ކޮށްދިނީ އެވެ. ވަރަށް، ވަރަށް ފުރިހަމަ އެވެ. ތި ސްޓާފުންނަށް އައްސަރިބަހާއި، ސާބަސް ޙައްޤެވެ.

  13