ޝަހުދާ މަހްމޫދު އާންމު ނަމުން ކިޔާ ކަމުގައިވާ ނަމަ "ޝަހޫ" އަކީ ދިވެހި އެފްއެމްގެ އެކި ޝޯތަކުން ގިނަ ބައެއްގެ މަޤުބޫލްކަން ހޯދައިފައިވާ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރެކެވެ. ދިވެހި އެފްއެމް ގައި ޝަހޫ ހަމައެކަނި ޕްރެޒެންޓު ކުރަނީ އެއް ނޫނެވެ. ޑްރާމާތައް އުފެއްދުމާއި ޑްރާމާތަކަށް އަޑުއެޅުން ފަދަ އެތައް ކަމެއް އޭނާ ކުރަމުން އަންނައިރު ޝަހޫގެ ކޮންމެ މަސައްތަކެއް ވެސް އެހުންތެރިން ބަލައިގެންފައި ވަނީ ލޯތްބާއި އެކުގައެވެ.
މިފަހަރު ޝަހޫ މިވަނީ އޭނާގެ އަލަތު ވާހަކަ "އެރެއަށްފަހު" ކިއުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.
"ވަގުތު" އަށް ދިން އިންޓަވިއު އެއްގައި ޝަހޫ ބުނީ މިއީ މަންމަގެ އެދުމުގެ މަތިން ކޮށްފައިވާ ބުރަ މަސައްކަތެއް ކަމަށާއި، މަންމަގެ އެދުމާއި އެކު މި ވާހަކަ ލިޔަން ފެށީ 2016 ވަނަ އަހަރުގައި ކަމަށެވެ.
"އެންމެ ފުރަތަމަ މި ވާހަކައިގެ މަސައްކަތް ފެށުނީ ދިވެހި އެފްއެމްގައި ޝަހޫ ޑްރާމާ ހަދަން ފެށިއިރު. މަންމަމެން ވަރަށް އަޑު އަހާނެ ޝަހޫ ހަދާ ޑްރާމާތައް. ޑްރާމާތައް އަޑު އަހާފަ މަންމަ ޝަހޫ ކައިރީ ބުނީ ވާހަކައެއް ލިޔަންވީއެއް ނޫންހޭ. މިކަމަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ މަންމަގެ ފަރާތުން" ޝަހޫ ފާހަގަ ކުރިއެވެ.
ޝަހޫ ބުނީ މި ވާހަކަ ލިޔަން ފެށި ހިސާބުން ފެށިގެން ރިލީސް ކުރުމާއި ހަމަޔަށް އެތައް ބައެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ. ޝަހޫގެ ޝުކުރުގެ ލިސްޓު ދިގު ކަމުން އެއިން އެއްވެސް ފަރާތެއްގެ ނަމެއް އޭނާ ހާމައެއް ނުކުރެއެވެ. ހަމައެކަނި މަންމަގެ ފަރާތުން މިކަން ފެށުމަށް ލިބުނު ހިތްވަރުގެ ވާހަގަ އިންޓަވިއުގެ ތެރޭގައި ދެތިން ފަހަރު ޝަހޫ ވަނީ ފާހަގަކޮށްފައެވެ.
"އެރެެއަށްފަހު" މި ވާހަކަ އަކީ ބިރުވެރި ވާހަކައެކެވެ. ވާހަކަ ފޮތުގެ ބަނޑޭރި ގަނޑަށް އެކަނި ބަލާލުމުންވެސް ވާހަކައިގެ ބިރުވެރިިކަން ސިފަކުރެވެއެވެ.
"ޝަހޫ މިވާހަކަ ރިލީސް ކުރަން ފުރަތަމަ އިންނާނީ ޕްލޭން ކޮށްފަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކުޑަ އިވެންޓެއް ބާއްވައިގެން. އެކަމަކު ކޮވިޑް-19ގެ ކަންތައްގަނޑު ފެންމަތިވެގެން ވާހަކަ ލޯންޗު ކުރަން އޭރު ބާއްވަން އުޅުނު އިވެންޓު ކެންސަލް ކުރީ. ދެން ފޭސްބުކް ޕޭޖެއް ހަދާފަ ވާހަކަ ލިބެން ހުރިކަން އިއުލާންކޮށްލީ" ޝަހޫގެ "އެރެއަށްފަހު" ވާހަކަ ކުޑަ ހަފްލާއެއްގެ ތެރެއިން ލޯންޗު ނުކުރެވުނު ސަބަބު ހާމަކުރަމުން ޝަހޫ ބުންޏެވެ.
ޝަހޫ ބުނީ މި ވާހަކަ ރިލީސް ކުރުމާއި އެކު ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް މި ވާހަކަ އަށް ލިބިގެން ގޮސްފައި ވާކަމަށެވެ. އަދި ހަމައެކަނި މާލެއާއި، ހުޅުމާލެ އަދި ވިލިގިއްޔަށް ޑެލިވަރ ކުރަމުން އައި ޝަހޫގެ "އެރެއަށްފަހު" ވާހަކަ އަށް އުންމީދުވެސް ނުކުރާހާ ބޮޑު ތަރުހީބެއް އަތޮޅު ތެރެއިން ލިބެން ފެށި ކަމަށް އޭނާ ހިއްސާކުރިއެވެ.
"އަސްލު ހީވެސް ނުކުރަން މިހާރު ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖެއަށް އިންގިލާބެއް އައިސް ގިނަ ބައެއްގެ އަތްމަތި ދަތިވެފައި އޮއްވައި ޝަހޫގެ ވާހަކައަށް އެހާ ބޮޑު ތަހުހީބެއް ލިބޭނެ ކަމަކަށް. ހަމަ ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް މިހާތަނަށް ލިބިއްޖެ." އުފަލުން ފޮޅިފައި ހުރެ ޝަހޫ ބުންޏެވެ.
"އެރެއަށްފަހު" ވާގޮތް ބަލާލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ވާހަކަ ގަތުމަށް ޝަހޫގެ ފޭސްބުކް ޕޭޖް އަށް ޒިޔާރަތްކޮށް މެސެޖެއް ކޮށްލުމަށާއި އަދި މި ވާހަކަ އާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ބޭނުން ވިޔަސް އެ ޕޭޖަށް މެސެޖުކޮށްލުމުން ލިބޭނެ ކަމަށް ޝަހޫ ވަނީ ބުނެފައެވެ.
ޝަހޫ ގެ ހުރިހާ ވާހަކަ އެއްވެސް ހުރިހާ ވާހަކައެއް އަޑު އަހަން ލިބުމުން އުފާ ކުރަން ހުރިހާ އޭ މިބުނީ ފިވެހިއެފްއެމް އައް ޝަހޫ ބަދަލުުވެެ އެތާނގަ ހުރެ އުފެއްދި ވާހަކަތައް
މަންމަ އައް ހެޔޮވިސްނުން ދެއްވާށި، ދައްތަ ދެންބުނޭ އަވަހަށް މަންމަ ގޮތަށް ބުރުގާ އަޅާށޭ ދަރިންނަށް ހެޔޮއެދެންވާނީ ދުނިޔެއާއި އާޚިރަތް ވެސް ލިބޭގޮތަށް
ބުރުގާ އަޅައިން އުޅެފަ އެ ނެގީ
ކުރިން ބުރުގާ އަޅަ އިގެން އުޅެފަ މިހާރު ނަގާފަ އެހެރީ
ކުރިން ނުދަންނަން ތި އަންހެންމީހާ އެއް އަލައް މި ފެނުނީމާ.. އެންމެން ދަންނަ މީހެކޭ ލިޔެފަ އޮތީމަ މިހެން ލިޔަން މިޖެހުނީ. ދޮގެއް ވީމަ
ދޯ!
ހަހަ ދެން ހާދަ މޮޅު އެއްޗެއް ތިބުނެލީ ހިތުން. އަނެއްހެން މައްސަލައެއް ނޫން އިނގޭ ނޭނގޭކަމުގަ ވިޔަސް. އެކަމަކު ބޮޑަށް ލަފާކުރެވެނީ، ބޭކާރުވާ ހިތުން ކޮށްފަ އޮތް ކޮމެންޓެއްހެން މިއީ.
ހަހަހަ ސަމްޕަރސަން
ސަހޫ އިޒް ދަ ބެސްޓް. ބުރުގާ އެޅުން/ނޭޅުން ނުވަތަ ނެގުން ނުވަތަ ދުވަހަކުވެސް ނޭޅުން އެއީ އެއްވެސް މީހަކާ ބެހޭވެނެ ކަމެއް އަދި މިކަމާ ރިލޭޓުވާކަމެއްވެސް ނޫން. ދެޓްސް ހާރ ޕާސަނަލް ތިންގްސް. ހާރ ޕްރޮފެސަނަލިސަމް އެންޑް ދަ ކޮންޓެންޓް އޮފް ދަ ބުކް މެޓާސް. މީހަކު ހަމަ އެއްޗެއް ލާއިރައް ކީއްތަ މި ދިވެހިންނަށް މިވަނީ. ތަންކޮޅެއް ހެޔޮވިސްނިފަ މައިންޑް ޔުއާ ބިސްނަސް. ?
ޔޭ ކޮޕީޑް ކޮންޓެންޓް....ހައު ޕްރޮފެސަނަލް....
ލިޔުންތެރިކަމަށް ވެސް ހުނަރެއް، ފަންނެއް. ދިވެހި ލިޔުންތެރިއެއް އިތުރުވީތާ. މަރުޙަބާ ކަނބުލޯ. މުސްލިމް ކުދިންގޮތަށް އައުރަވެސް ނިވާކޮށްގެން ހިތްވަރު ދެން.
މީކުރިން ބުރުގާ އަޅައިގެން އުޅުނު ކުއްޖެއް
ޢެފްބީ ޕޭޖް ބުނެދީބަ
މީ ދިވެހިއެފުއެމުން ހަމަ މިނަމުގަ ގެނެސްދިން ވާހަކައެއް. ޢަހަރެން ފޮތް ނުގަނެ ރިޕީޓް އަންނަން ދެން މަޑުކޮށްލާނީ