ވަރަށް ޕްރޮފެޝަނަލްް ތަރިއެއްގެ ގޮތުގައި ގިނަބަޔަކު ޕްރިޔަންކާ ޗޯޕްރާ ފާހަގަކުރަމުންދެއެވެ. ބައެއް އިންޓަވިއުތަކުގައި ސުވާލު ތަކަށް ޖަވާބުދިނުމުގައި ދޫފަރިތަ ތަރިއެއްގެ ގޮތުގައިވެސް ގިނަބަޔަކު އޭނާ ފާހަގަކުރެއެވެ.
ޕްރިޔަންކާ އާއި ނިކް ޖޮނަސްގެ ކައިވެންޏަަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ދެ ތަރިން ދަރިއަކު ހޯދާނެ އިރަކަށް އެތައް ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. އެ އިންތިޒާރުގެ ނިމުން އަވަހަށް އަންނާނެ ކަމަށް ނުބެލެވެ އެވެ. އަދިވެސް ޖެހޭނީ އެ ދުވަހަކަށް އިންތިޒާރު ކުރާށެވެ.
ދާދި ފަހުން ޓެޓްލާ މެގަޒިންއަށް ޕްރިޔަންކާ ދިން އިންޓަވިއެއްގައި އޭނާ ވަނީ ލަވަކިޔުންތެރިޔާ އަދި ފިރިމިހާ ނިކްއާއެކު އާއިލާއެއް ފަށަން ބޭނުންވާ ކަން އަނެއްކާވެސް ހާމަކޮށްފައެވެ. އޭނާ ކައިރިން ދަރިއަކު ހޯދާނެތޯ ކުރާ ސުވާލަށް އަބަދުވެސް ޖަވާބުދެމުން ދަނީ އެހެންނެވެ.
ޕްރިޔަންކާ ބުނީ، އޭނާ މިއަހަރު އުޅެނީ ވަރަށް ބިޒީކޮށް ކަމަށެވެ. އަދި ވަރަށް މަސައްކަތް މި އަހަރު އެބަ އޮތް ކަމަށް އޭނާ ބުނެފައި ވެއެވެ.
"އަހަރެންނަށް އާއިލާއަކީ ވަރަށް މުހިންމު އެއްޗެއް، އަބަދުވެސް ވާނެ، އެއީ އަހަރެން ކުރާނެ ކަމެއް. އެހެންކަމުން އަހަރެން އުއްމީދު ކުރަނީ ރަނގަޅު ވަގުތެއްގައި އެކަންވެސް ވާނެ ކަމަށް"، އޭނާ އެ މެގަޒިން އަށް ބުނެފައި ވެއެވެ.
އެހެންކަމުން އޭނާގެ ވާހަކަތަކުން އޭނާ މިއަހަރު ތެރޭގައި ދަރިއަކު ހޯދަން ނޫޅޭނެއެވެ. އެއަށްވުރެ އޭނާ ބިޒީއެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައި ވަނީ އިންޑިއާގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު 1 އަދި 2 ވަނަަ ދުވަހު ބޭއްވި ހަފްލާއެއްގައެވެ.
ނިކް ވަރަށް ހަޑި ޕްރިޔަންކާ އާ ބަލާފަ
އަހަރެމެންނަށް ކީއްތަ؟ ތިވެސް ދެން ޚަބަރެއް؟؟
ބިސްއަޅަންދެން މަޑުކޮށްބަލަ! އާކުކުޅަކަށް ގާބިހެއް އެޅޭނީ ވަރަށް މަސައްކަތުންނޭ! ލޮލް
ތޮށިނުލާބިސް ފުޅަށްބުޑަށް އަޅާފަހުރިވަރެއް ކިހިނެއް އެނގެނީ ހުސޭނުބޭ!
ބޮޑު ބަލާއެއް މި ތިބަ މީހުންނާ ހުރެ، ކޮވިޑު ފަހުން ބަލައްޗޭ، ޑޮކްޓަރުންނާ ނަރުހުން ފުރާނަ ދީގެން މަސައްކަތް ކޮށް އެއްބަޔަކު މަރުވެ ދާނީ، އެއަށްފަހު މި ކިޔާ ފަންނާނުންތައް އައިސް އެއަށް ފިލްމު ހަދައިގެން މީހުންގެ ލާރި ތައް ކައިގެން ތެޅޭނެ.. މިއީ މި ކެހިވެރި ދުނިޔޭގެ ހާލަތު