ބުނާތީ އިވެއެވެ. ކޮންމެ ދުވަހަކު އާފަލެއް ކެއުމަކީ ޑޮކްޓަރުންނާ ދުރުކޮށްދޭ ކަމެކެވެ. މާނައަކީ ކޮންމެ ދުވަހަކު އާފަލެއް ކާނަމަ ބަލިތަކާ ދުރުވާނެކަމަށެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި މީހާ ހުންނާނެކަމެވެ.

އާފަލަކީ ފަސޭހައިން ބާޒާރުން ލިބެން ހުންނަ އަގުހެޔޮ ބާވަތަކަށްވާއިރު، ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް އާފަލުން މިންވަރެއް ނުވަތަ ކުޅަދާނަކަން ލިބިފައިވާނަމަ ކޮންމެ ދުވަހަކު އާފަލެއް ކެއުމުގެ، ހައިރާންކުރަނިވި ފައިދާތަކަށް ބަލާލާނަމެވެ.

ފަލަވުމުން ދުރުކޮށްދޭ

ވޮޝިންޓަނުގެ ސްޓޭޓް ޔުނިވަރސިޓީ އިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އާފަލެއް ކެއުމަކީ ނުރަނގަޅި ފަލަވުން ނުވަތަ "އޮބޭސިޓީ" އާ މީހާ ދުރުކޮށްދޭ ކަމެކެވެ. ސަބަބެއްކަމަށް އެފަރާތްތަކުން ބުނަނީ އާފަލުން ފެންނަ ރަނގަޅު ބެކްޓީރިޔާއެކެވެ. މި ބެކްޓީރިޔާ، ބަނޑުތެރޭގައި ހަރަކާތްތެރިވި، އޭގެ ޖާދޫއިން މީހާ ފަލަވުމުން ދުރުކޮށްދެނީކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ކެންސަރާ ދުރުކޮށްދޭ

ދިރާސާތަކުން ދައްކާ ގޮތުގައި މި ކުޑަކުޑަ މޭވާއަކީ ނުރައްކާތެރި ކެންސަރު ބަލިން ރައްކާތެރިވުމަށްވެސް އޮތް މަގެކެވެ. އާފަލުގައި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީ އާއި ފައިބަރ އެކުލެވެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، އެކި ގުނަވަންތަކަށް ޖެހޭ ކެންސަރުން ދުރުކޮށްދޭ އެއްޗެއްސެވެ.

ކޮލެސްޓްރޯލް ދަށްކޮށްދޭ

އާފަލުގައި އެކުލެވޭ ފައިބަރގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ދަށްކުރުވާކަމަށްވެސް ކަމުގެ މާހިރުން ވިދާޅުވެއެވެ.

ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އާފަލު ކެއުމުގެ ސަބަބުން، އެދިރާސާގައި ބައިވެރިވި ބޮޑު އިންސައްތައެއްގެ މީހުންނަށް ސްޓްރޯކް ޖެހުމުން ވަނީ ދުރުވެފައެވެ. އެހެންނަމަވެސް، މިއީ އެންމެ ދިރާސާއެއްގެ ނަތީޖާކަން ފާހަގަކޮށްލެވެއެވެ.

ސިކުނޑީގެ ބާރު ގަދަކުރުވާ

މި މޭވާގެ ސަބަބުން ސިކުނޑީގެ ބާރު ގަދަކުރުވާކަމަށް އެތައް މާހިރުންނެއްވަނީ ބުނެފައެވެ. ސަބަބަކީ މީގައި އެކުލެވޭ މާއްދާތައްކަން ހާމަކޮށްފައިވާއިރު ކޮންމެ ދުވަހެއްގެ މެންދުރު، އޮފީހުގައި ކޮފީގެ ބަދަލުގައި އާފަލެއް ކެއުމަށް މާހިރުން ލަފާދެއެވެ. (އެޗް ޑީ 2018)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެ ފަސް ސަބަބަކީ
    1- ކޮންމެ ކޮންމެ މީހަކަށް ކެވޭވަރުގެ އެއްޗަކަށް ނުވާތީ
    2- ދުވަހެއް ދުވހަކަށްވުރެ އާފަލުގެ އަގު ބޮޑުވާތީ
    3- ރާއްޖޭގައި ހެއްދޭ އެއްޗަކަށް ނުވާތީ
    4- ކާންފަށާފިއްޔާ ފިހާރަތަކުން ހުސްވެ ނުލިބޭތީ
    5- ސިގިރޭޓެއްގެ އަގާއި އާފަލުގެ އަގު އެއްހަމައެއްގައި އުޅޭކަން މީސްމީހުންނަށް ނުވިސްނޭތީ.

  2. ތިހުރިހާކަމެއް ވަރަށްކުރިންވެސް އެނގެއެވެ. އެކަމަކު މޭވާގެތެރެއިން އެންމެ ކާންފޫހިވާ ދެ މޭވާއަކީ އަފަލާ ފަޅޯ އެވެ. ރޯ ފާގަ ހފައިގެން ކަމެވެ އަދި ގިރައިގެން ބޮމެވެ. އެއަށްވުރެ އާފަލާ ފަޅޯކެއުން އުދަގުލެވެ. އަމިއްލައަށް މިކަމާ ހައިރާންވަމެވެ. ކިތަންމެ ވަރަކަށް ޒައިތޫނިވެސް ކައިފާނަމެވެ. މޭބިސްކަދުރު ކިވީ ޕްލަމް ޕީޗް އޮރެންޖް ފަދަ މޭވާ އަދި ރޯ ތަރުކާރީވެސް ކަމެވެ. އެކަމަކު އާފަލު އެހާ މީރުއިރުވެސް ކާން ވަރަށް ފޫހިވެއެވެ.

  3. އާފަލު ކާހިތްވޭ ކިތަންމެހާވެސް.އެކަމަކު ބައެއް ވައްތަރުގެ އާފަލުގަ އިންތިހާ ދަރަޖައަށް ކެމިކަލްގެ އަސަރު ހުންނާތީ ކޮށިއަރާވަރުން ކެވޭވަރެއްނޫން.ހާއްސަކޮށް "ކުއީން އެޕަލްގަ"މިމައްސަލަ ވ.ބޮޑު.އެހެން ވައްތަރުގެ އާފަލުތަކަށްވުރެ ކުއީން އެޕަލް ކިތަންމެ މީރަސް ކެމިކަލްގެ އަސަރު ގަދަކަމުން މިގޭ ގުރާތައްވެސް އެވައްތަރުގެ އާފަލު ނުކާން އުޅޭކަން ފާހަނގަކުރެވޭ.ދެން ކެމިކަލް ފްރީ އެޕަލް ކާންބޭނުންނަމަ މިޖެހެނީ އަމިއްލައަށް ހައްދައިގެން ކާން.އެއީ ދެންބޮޑު ތަކްލީފެއް.