ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް ފުރަބަންދުގައި ގޭގައި ހުރެގެން އޭނާގެ ކޮއްކޮއާއި ދެމީހުން ވެގެން ކައްކަން ފަށައިފިއެވެ.

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާ ވަނީ 21 ދުވަހަށް ފުރަބަންދުކޮށްފައެވެ. މި ފުރަބަންދުގައި ކެޓްރީނާ ދަނީ އިންސްޓަގްރާމްގައި އޭނާ ކުރާ ކަންކަމާއި އަދި ބައެއް ވީޑިއޯ ވެސް ހިއްސާކޮށްފައެވެ. އެގޮތުން ރޭ އޭނާ ހިއްސާކޮށްފައިވާ ވީޑިއޯއިން ފެނިގެން ދަނީ އޭނާގެ ކޮއްކޮ އިސަބެލާ އާއިއެކު ޕޭންކޭކު ފިހާ މަންޒަރެވެ.

https://www.instagram.com/p/B-zRWA_hagL/?utm_source=ig_web_copy_link

އެ ވީޑިއޯ ބެލި ގިނަ މީހުން އަންނަނީ އެއީ ޕޭންކޭކެއްތޯ ނުވަތަ ބިސްގަނޑެއްތޯ ސުވާލުކޮށް ޖޯކު ޖަހަމުންނެވެ. ކެޓްރީނާގެ އިތުރުން ބޮލީވުޑްގެ އެހެން ފަންނާނުން ވެސް އަންނަނީ ތަފާތު މަސައްކަތްތަކެއްކޮށް މީސްމީޑިއާގައި ވީޑިއޯ އާއި ފޮޓޯ ހިއްސާ ކުރަމުންނެވެ.

އެގޮތުން ބޮލީވުޑްގެ ބައެއް ތަރިން ފޮތް ކިޔުމާއި ޓިކްޓޮކް ކުޅުމާއި ތަށި ދޮވުމުގެ ފަދަ ކަންކަން ކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ފުރަބަންދުކުރަން ޖެހުމުން މިއަހަރު ނެރުމަށް ތާވަލު ކުރެވިފައި ހުރި ގިނަ ފިލްމުތަކެއް ނެރުން ވަނީ ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އޭގެ ތެރޭގައި ރޯހިތް ޝެޓީ ޑައިރެކްޓުކޮށް މިއަހަރު ނެރުމަށް ތާވަލު ކުރެވުނު "ސޫރްޔަވަންޝީ" ހިމެނެއެވެ. މި ފިލްމުގެ ލީޑު ރޯލުން ކެޓްރީނާގެ އިތުރުން އަކްޝޭ ކުމާރު، އަޖޭ ދެވްގަން، އަދި ރަންވީރް ސިންގް ފެނިގެންދާނެއެވެ. މި ފިލްމަކީ މިދިޔަ މަހުގެ 24 ގައި ނެރުމަށް ތާވަލު ކުރެވުނު ފިލްމެކެވެ.

މި ބައްޔާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ހުރިހާ ޕްރޮޑަކްޝަންތަކެއް ވަނީ ހުއްޓާލާފައެވެ. އެގެތޭރޭގައި ކަލާސް، ސްޓާ ޕްލަސް، ޒީޓިވީ އަދި ސޮނީ އިން ގެނެސްދޭ ޓީވީ ޝޯވތަކާއި ޑްރާމާތައްވެސް ހިމެނެއެވެ.

ކޭޓްރީނާ ވަނީ މި ދަނޑިވަޅުގައި ފުރާނަ އަތްމައްޗަސް ލައިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށާއި ފުލުހުންނަށް ޝުކުރު އަދާކޮށް އެމީހުން ކުރަމުންގެންދާ ބުރަ މަސައްކަތަށް ތައުރީފުކޮށްފައެވެ.

https://www.instagram.com/tv/B-waKabhYne/?utm_source=ig_web_copy_link

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މިއީ ކީ މުޖުތަމައަށް ފައިދާހުރި އެއްވެސް އަގެއް ހުރި ބައެއް ނޫން. ދުނިޔެއަށް ހާޖަތް ޖެހޭނީ ޢިލްމުވެރިންނާ ޑޮކްޓަރުންނާ މާހިރުން. އަވަހަށް ފިލަން ހޮހޮޅަށް ވަދެ އެ ތިބީ އެއްނު، ބަލާބަލަ ގައުމުތަކުގަ ޑޮކްޓަރުންނާ ނަރުހުން އުފުލާ ބުރަ، ފުރާނަ ދީގެން. މިމީހުންނަށް ވާނެ ކަމަކީ ރަނގަޅު ވާއިރަށް އައިސް ރީތި އަންހެނުންނާއެކީ ވަހުޝީ އެއްޗެހި ކުޅެގެން ފަގީރުންގް ލާރި ކޮޅު ކާލުން، އެހެން މީހުންގެ ޒަވާޖީ ހަޔާތާ ދިރިއުޅުން އޮޔާ ލުން. ރޭޕިސްޓުންތަކެެއް އުފެއްދުން މީހުންގެ ޝަހުވަތްތެރިކަން ކައްކުވާލައިގެން

  2. އ. ޖ. އ