ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސް ދެން އަލުން ދުނިޔޭގެ އިޤުތިޞާދު ހިނގައިގަންނާނެ ދުވަހެއް ވެސް ނޭނގިފައި ތިބިއިރު ބައެއް ތަކެތީގެ އަގު ދަނީ މާކެޓްގައި ވެއްޓެމުންނެވެ. ނުވަތަ އަގުތައް ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން އެންމެ ބޮޑަށް އަގު ވެއްޓެމުން ދަނީ އަގުބޮޑެތި ގެތަކާއި، ރިއަލްއެސްޓޭޓް ވިޔަފާރީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުން ގެންދަނީ މިކަމުގެ ފައިދާ ނަގަމުންނެވެ.

މިހާރު ދުނިޔެގައި ހުރި އެންމެ މުއްސަނދި މީހާ ކަމަށްވާ އެމޭޒަންގެ ވެރިޔާ ޖެފް ބޭޒޮސް ވަނީ އެމެރިކާގެ ނިއުޔޯކްގެ އެންމެ އަގުބޮޑު ސަރަހައްދުން 16 މިލިއަން ޑޮލަރުގެ އެޕާޓްމަންޓެއް މިދިޔަ ހަފްތާގައި ގަނެފައެވެ. އެންމެ 3000 އަކަފުޓޫތްގެ އެޕާޓްމަންޓެއް 16 މިލިއަން ޑޮލަރަށް ގަތުން އެއީ ޖެފްއަށް އެއްވެސް ކަމެއް ނޫނެވެ. ކޮވިޑް-19 ފެތުރެން ފެށިފަހުން އޭނާގެ މުއްސަނދިކަން ވަނީ އިތުރު ވެސް ވެފައެވެ.

ޖެފްގެ އެތައް ގެއެއް މިހާރު ވެސް އެކި ސަރަހައްދުތަކުގައި އެބަހުއްޓެވެ. އޭގެތެރޭގައި ވޮޝިންޓަންގައި ހުރި 29000 އަކަ ފޫޓްގެ ގެއާއި 20600 އަކަފޫޓްގެ ގެ ފަހަގަ ކޮށްލެވެއެވެ.

ބިލް ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާ ގޭޓްސް ވެސް ވަނީ މާޗް މަހުގެ ފަހުކޮޅު އެމެރިކާގެ ކެލިފޯނިއާގެ އައްސޭރިފަށުގައި އޮންނަ ސަންޑިއާގޯ ނަމަކަށް ކިޔާ ސަރަހައްދުން 43 މިލިއަން ޑޮލަރަށް ގެއެއް ގަނެފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ދެމެހެއްޓި ބިލް ގޭޓްގެ ގެތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ވޮޝިންޓަންގައި ހުންނަ 66000 އަކަފޫޓްގެ ގެއެވެ. އެގޭގެ އަގު 147.5 މިލިއަން ޑޮލަރަށް އަރާކަމަށް ވެއެވެ.

ކޮވިޑް-19 ދުނިޔޭގައި ފެތުރި، އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް ބޮޑެތި މާލީ ދަތިތަކެއް ދިމާވަމުން ދާއިރު ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަކީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު އިތުރަށް ބޮޑެވެ، މުއްސަނދިން އިތުރަށް މުއްސަނދިވެ، އަދި ފަގީރުން އިތުރަށް ފަގީރުވެގެން ދާނެ ކާރިސާއަކަށް ވުން ވަރަށް ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޮނޑާފުށީ ބޮޑުހުސޭނު

    އާހިރަތަގެ ގެއެއް ނުގަނެ މިފަނާވެނިމިދާ ދުނިޔޭން ތިޔަހާގިނަ ގެގަތުމުގެ ބޭނުމެއް ނެތް، ބުއްދީގެ އަހުލުވެރިންނަކީ އާހިރަތުގެ ގެ ވެސް ބިނާކުރުމުގަ ވަގުތު ހޭދަކުރާމީހުން. މިރޯދަމަަސް މިއޮތީ އާހިރަތުގެ ގޭގެ ޕޭމަންޓް ހަދަން ލިބިފަ

    76
    2
    • އަލެކްސް

      ތިކަންވެސް އޮތީ ތިހެން، އެކަމަކު ހަގީގަތަކީ، ދުނިޔޭގެ އުޅުމާއި، ދުނިޔެ ތަރަށްގީކުރުމަކީ މުސްލިމުން ނޫން މީހުންގެ ކަމެއްކަމަށް ވިސްނިފަ އޮންނަނީ އެމީހުން އެއްމެ ކަމަކާމެދު ވިސްނާތީ! އަރަބިންނާއި މުޅި ދުނިޔޭގަ މުސްލިމުން ނަށް ބެލިޔަސް ކާފަރުންނޭ މިކިޔާ މީހުންގެ ފަހަތުގަ އެލިގަނެގެން އުޅެން ޖެހެނީ ކީއްވެ؟!

      21
      1
  2. ބޯކިބާ

    ތިޔައީ ދުނިޔޭގެ އަނެއްބިތުގަ އުޅޭ ބައެއް، ތިމީހުންގެ ވިޔަފާރިތައް ފުޅާކޮށް ޖީބުތައް ފުރަނީ ހަމަ އަހަރެމެންއަތުން. ހަމަ ތިމީހުންގެ ޕުރޮޕެގެންޑާގަ ޖެހިގެން ތިމީހުންގެ ޖީބުތައް ފުރާދޭން އަހަރެމެން މިތިބެނީ ކައިރީގަހުރި އޭޝިއާގެ ކުންފުނިތައް ބޮއިކޮޓްކޮށްގެން. ދުވަހަކު އޭޝިއާ ބަޔަކަށް އެއްވެސް އެހީއެއްވެސް ވިބައެއްނޫން.

  3. އަލްޖިބްރާ

    ދުނިޔޭގެ މުއްސަދިކަން ދެއްވަނީވެސް ހަމަ އެބައިމީހުން އެ މުއްސަދިކަމުން ކުރަނީ ކޮންކަމެއްތޯ ބެއްލެވުމަށް ކުރެވޭ އިމްތިހާނަކަށް ! މަޙުޝަރުގައި މިދުނިޔެ މަތިން ތިޔަގަންނަ ގެތަކުން ކުރާނެ ފައިދާއެއް ނެތް !

  4. މުރާދު

    ބިލްގޭޓްސް ގެތައް ގަންނަމުން ދަނީއޭ ބުނީމާ ހީވީ ކަމާ ކަން ފަށާ ގެތައް ގަންނަނީހެން. ބިލްގޭޓްސް އަކީ ހަމަ އެވަރަށް ޚަރަދު ވެސް ކުރާމީހެއް. ކޮރޯނާޔާ ޑީލްކުރަން 100 މިލިއަން މިހާރުވެސް ދީފި. ޑަބްލިއު.އެހް.އޯ ޔަށް ގައުމުތަކުން ދޭ އެހީއަށްވުރެން ބޮޑުކޮށް އެހީދޭ. އިންސާނިއްޔަތަށް މަސައްކަތްކުރާ އެތައް ޖަމިއްޔާއެއްގެ ޑޯނަރުންގެ ލިސްޓުގެ ކުރީގައިވޭ. މިފަދަ ބަލިމަޑުކަމެއް ދިމާވެދާނެ ކަމަށް ބަލާ މުޖުތަމަޢު މިކަހަލަ ކަމަކަށް ތައްޔާރު ކުރުވަންވެސް މަސައްކަތް ކުރި. ބިލްގޭޓްސްގެ އަގު ވައްޓާލަން އޭނާ މާޗުމަހު ގެއެއް ގަތް ވާހަކަ ދެއްކީމާ ވަރަށް ފީކަޅާ