ކޮވިޑް-19 އާ ހެދި ކާން އިންނަން ޖެހިފައި ވަނީ އެކަންޏެެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19އާ ތައިލެންޑުގައި ރެސްޓޯރެންޓްތައް ހުޅުވައި ހިދުމަތް ދެމުން އަންނައިރު، ބައެއް ރެސްޓޯރެންޓްތަކުން ކަސްޓަރުމަރުން ކާން ތިބެނީ އެކަނި ތޯ ވަރަށް ރަނގަޅަށް ބަލަމުން ދެއެވެ. މިގޮތަށް އެކަނި މީހުން ކާން ނުބޭތިއްބުމަށް ތައިލެންޑުގެ ރެސްޓޯރެންޓެއްގައި މި ހުންނަނީ ކޮންމެ މޭޒެއް ކައިރީގައި ޕެންޑާ ބުދެއްް ބާއްވާފައެވެ.

"މީގެ ކުރިން އަހަރުމެން ބަހައްޓާފައި ވަނީ ކޮންމެ މޭޒެއްގައި އެންމެ ގޮޑިއެއް، ދެން ކަސްޓަމަރުން އަންނާނީ އެކަނި، އެކަމާއި އަހަރެންނަށް އުނދަގޫވި، އެހެންވެ ހިތައް އެރީ، ކޮންމެ މީހަކަަ އެކަނި ފިލުވާލަން ގޮތެއް ހަދަން" ތައިލެންޑްގެ ބެންކޮކްގައި ރެސްޓޯރެންޓެއްގެ ވެރިޔާ މައިސަން ސައިގޮން ބުނެފައި ވެއެވެ.

މިގޮތަށް ޕެންޑާ ބުދަކާއެކު ކާން އިން މީހަކު ބުނެފައި ވަނީ، އޭނާ ކާން އިންއިރު، އެހެން މީހަކު ހުންނަ ކަމުގެ އިހުސާސު ވުމުން އެކަމާއި އުފާވި ކަމަށެވެ. އެއީ އޭނާ ގޭގައި މަސް ދުވަހަށްވުރެ ގިނަ ދުވަހު އޮވެފައި ކާން ނުކުތް ދުވަހެވެ.

"އެ ބުދުގެ ސަބަބުން އަހަރެން އެކަނިވެރިކަން ފިލުވާލަދިން ކާން އިން ގަޑީ". އުމުރުން 25 އަހަރުގެ ސަވިޓް ބުނެފައި ވެއެވެ.

އެތަނަށް ކާން ދިން އެހެން ކަސްޓަމަރަކު ބުނެފައި ވަނީ މިގޮތަށް ބުދުތައް ރެސްޓޯރެންޓުގެ ކާމޭޒު މަތީ ބެހެއްޓުމުން ކާން އެހެން މީހުން ކައިރީގައި ކާން އިނުމުގެ ފުރުސަތު ކުޑަވެގެން ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ތައިލެންޑުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3018 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 56 އަށް އަރާފައެވެ.