ކުޑަކުދިން ކުޅެން ގެންގުޅޭ ފެން ބަޑިއެއް ބޭނުންކޮށްގެން ބަޔަކަށް ބިރު ދެއްކި މީހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހިނގި މި ޙާދިސާގައި ހައްޔަރުކޮށް ފައިވަނީ އިންޑިޔާގެ ރައްޔިތެކެވެ.
ދުބާއީގައި ނެރެމުންދާ "ޚަލީޖު" ނޫހުން ބުނެފައިވާ ގޮތުގައި މި މީހާ ބިރު ދައްކާފައިވަނީ ބަސް ޑްރައިވަރުން ތަކަކަށެވެ. ބަސްތައް ޕާކުކޮށްފައި ހުއްޓާ ޑްރައިވަރުންނަށް ބިރު ދައްކާފައިވާއިރު ޖުމުލަ ތިން ޑްރައިވަރަކަށް ބިރު ދެއްކިކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެމީހާ ބުނެފައިވަނީ މިކަން ކޮށްފައިވަނީ އެޑްރައިވަރުން، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ބަސް ދުއްވާތީކަމަށެވެ. އަދި، އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރި ކަމެއްކަމުގައިވެސް އެމީހާ ބުނެފައިވެއެވެ. އިންޑިޔާގެ މި މީހާ އިތުރަށް ބުނެފައިވަނީ ބިރު ދައްކާފައިވަނީ އޭނާގެ އަންހެން ދަރިފުޅު ކުޅެން ގެންގުޅޭ ފެން ބަޑިއަކުން ކަމަށެވެ.
ޚަލީޖު ނޫހުން ބުނެފައިވާ ގޮތުގައި މި މީހާގެ މައްސަލަ މިހާރުވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.އެމީހާގެ މައްޗަށް އުފުލާފައިވަނީ ކުށެއް ކުރާނެކަމުގެ އިންޒާރު ދިނުމުގެ ދައުވާކަމަށްވެސް ބުނެފައިވެއެވެ. ކުޅޭ ކުޅޭ ބަޑި ދިމާކުރުމަށްފަހު ޑްރައިވަރުން މަރާލާނެކަމަށް ބުނެފައިވާކަން ސާބިތުކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މި މަހުގެ 20 ވަނަ ދުވަހު ފެށުމަށްވަނީ ނިންމާފައެވެ.
އިންޑިޔާމީހުން ކުރާނެ ތިޔާކަހަލަ ކޮސް ކަންތައް. އެއީ ސައިޒް އޮޅިފަ ތިބޭބައެއް.