މޯލްޑިވިއަން އައިޑޮލް އިން ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ހުސެއިން އިރުފާން (ޒަކިއްޓެ) އަލީ ރަމީޒުގެ ލަވަތަކާއި ބެހޭ ގޮތުން ފާޅުކުރި ޚިޔާލެއްގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ޒަކިއްޓެއަށް އަމާޒުވެއްޖެއެވެ.
ޒަކިއްޓެ އަށް މީސް މީޑިއާގައި ފާޑުކިޔުން އަމާޒުވެފައި ވަނީ އޭނާ ފޭސްބުކް ގައި ޕޯސްޓެއްގައި އަލީ ރަމީޒް ގެ ލަވަތަކަކީ %80 ކޮޕީ ލަވަތައް ކަމަށް ބުނުމުންނެވެ. އެއާއި އެކު ގިނަ ބަޔަކު ވަނީ ޒަކިއްޓެއަށް އަދި "އަލީ ރަމީޒާއި ގާތައް ވެސް ދެވެން ނޫޅޭ" ކަމަށް ބުނެ އަލީ ރަމީޒުގެ ލަވަތަކަށް ތާއިދުކޮށް ވާހަކަ ދައްކަން ފަށާފައެވެ. މައްސަލަ ގޯސްވުމުން ޒަކިއްޓެ މިހާރު ވަނީ އޭނާގެ ޕޯސްޓް ޑިލީޓް ވެސް ކޮށްލާފައެވެ.
މީގެ ކުރިން ވެސް ޒަކިއްޓެ މީސް މީޑިއާގައި ފާޅުކުރި ތަފާތު ޚިޔާލުތަކުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
ޒަކިއްޓެ އަށް ފާޑުކިޔައި ބައެއް މީހުން ޓްވީޓް ކުރަން ފެށުމުން ޒަކިއްޓެ މިހާރު ވަނީ ޓްވިޓާގައި ބައެއް މީހުން ބްލޮކް ވެސް ކޮށްފައެވެ. އެކަމާއި ގުޅިގެން ބައެއް މީހުން ގެންދަނީ ސްކްރީން ޝޮޓްތަކާއި އެކު ޒަކިއްޓެއަށް ފާޑުކިޔަމުންނެވެ.
އަލީ ރަމީޒަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލްކަން ހޯދި ލަވަކިޔުންތެރިއެކެވެ. އޭނާ ލަވަކިޔުން ހުއްޓާލިތާ މިހާރު ވިއްސަކަށް އަހަރުވާން ކައިރިވެފައި ވާއިރު އަދިވެސް ދިވެހިންގެ މެދުގައި އޭނާގެ ލަވަތައް ވަރަށް މަގުބޫލެވެ.
އައްުޔަ ގެ އަޑަށޭ މީހުން ހިތް ކިޔަނީ .އޭނާ ކިޔާފަ ހުރި ލަވަތަކަ ކަ ނޫން .އަދިވެސް އެވަރެއް ނުވާނެ.
އަލީ ރަމީޒުގެ ލަވަތަކަކީ ކޮޕީއަށް ވެދާނެ. އެކަމަމަކު އަލީ ރަމީޒުގެ މަދަހަޔާ ލަވަނޫން އެއްޗެއް އެހެން ބަޔަކަށް ނުކިޔޭ.
ލަވަކިޔާކަންވެސް މީހަކަށް ނޭންގޭ މީހަކު...އަލީރަމީޒް ކަހަލަ ސަޕޯޓަރުން ގިނަ މީހަކަށް އެއޗެއްބުނީމަ މީނަ ގިނަބަޔަކަށް އެނގޭނެކަމަށް ހާވާލި ހަޑިއެއް...އިންޑިއާގައި މަޝްހޫރު މީހުންގެ ވާހަކަ އެކިގޮތްހޮތައް ފަތުރާ މީހުން އުޅޭ މިގޮތައް..މަޝްހޫރު ވާނެ ގޮތެއް ހޯދަން...
ޒަކިއްޓޭ ކަލޭމެންނައް އަދި ލަވަ ކިޔުމުގައި ފިރުވެސް ނުކެވޭ.. ކަލޭގެ ކިތައް އަލްބަމްތަ ވިކުނީ މިހާތަނައް.. ކޮމާޝަލްކޮއް ކަލޭ ކިޔާ ލަވަ ގަނެފިތަ އެކަކުވެސް.. ކަލޭ މެން ކާޅު ގޮވާހެން ގޮވާ ގޮވެލި 400 ނުވަތަ 500 ރުފިޔާ ދީފަ ގަންނާނެ މީހަކު ނެތޭ...
ކޮޕީ ލަވަޔެއްވެސް މަދަހައެއްވެސް އޭނަޔާ އެއްވަރަކައް ކަލެއަކައް ނުކިޔޭނެ..
ކިތައްމެވަރެ ކުރިއަސް އައްޔަ ގެ ރަން އަޑުން ކިޔާފާ ހުރި ލަވަނޫން ލަވައެއް ނީވޭ ޓީވީ އާ ރޭޓިއޯ ހުޅުވާލިއަސް އަދިވެސް.އެވަރެއް ނުވާނެ ހަމަ .
ޢަލީ ރަމީޒުގެ ލަވައަކީ.. ސީދާ ނައިފަރު ދޮހޮއްކޮގެ ލަވަ.. މީ ދޮގެއްނޫން...
މީދެން ކާކު އަލީ ރަމީޒަށް ފާޑުކިޔަން! ﷲގެ އިރާދަ ފުޅުން އަލީ ރަމީޒު މިހާރު އެދަނީ ރަނގަޅު މަގުން. އުއްމީދަކީ ކަލެޔަށްވެސް ތެދުމަގު ދެއްކެވުން!
އަލީ ރަމީޒް ލަވަކިޔުން ހުއްޓާލިތާ އެތައް އަހަރުވެފައިވާއިރު އަދި ލަވަ އަޑު ނޭހުމަށް އެހާ އާދޭސް ކުރާއިރު އަދިވެސް އައްޔަ ގެ ފޭނުން ލޯޔަލް ކަމުން ޖަކިއްޓެ އައް އައްޔަ އާއި ދުވަހަކު ގާތް ނުވެވޭނެކަން ދޭހަވޭ. މަށަކީ ތިޖަކިއްޓެ އެއް ދަންނަ މީހެއް ވެސް ނޫން
މި ދެން ކާކު؟. ލަވަޔަށް ހުތު ރުއަ ރުވަން އުޅޭ މީހެއް. ޢަޑެއް ރާގެއް ަ ހަމަ ނުވާ މީހެއް
އަލީ ރަމީޒް އެކަންޏެއް ނޫން ރާއްޖޭގަ މަދުވާނެ ކޮޕީ ރާގު ނުކިޔާ ހުރި މީހެއް. އަމިއްލާ ރާގޭ ކިޔާފަ ހިންދީ އިނގްލިޝް ލަވައެއްގެ މެލޮޑީ ވަގަށް ނަގައިގެން ކުދި ބަދަލު ގެނެސް ލަވަ ހަދަނީ ކުޑަ އިއްބެ ފަދަ މީހުން. އެހެން ވީމަ އިލްޒާމު އަޅުވަންވާނީ ތަންދޮރު ބަލާފަ. މަށަކަށް ނުވެއް އިނގުން ތިޔަ ޒަކިއްޓެއަކީ ކާކު ކަމެއް. އެއީ ތަފާތަކީ
މޯލްޑިވިއަން އައިޑޮލްގަ އަލީ ރަމީޒުގެ ލަވައެއް ނޫނީ އެހެން އެއްޗެއް އެކަކަށްވެސް ކިޔޭ ކަމަކަށް ނުވޭ. ކޮންތާކު މިޖެހުނި
ޒަ ކިއްޓޭ އަދި ކަލޭއަށް އެހިސާބަށް ނުދެވޭ ދޯ@
ޢަލީ ރަމީޒަކީ ރާއްޖޭގެ މުޙައްމަދު ރަފީޢު. ޒަކިއްޓެ ކުރިޔަށް އޮތް 50 އަހަރު މަސައްކަތް ކުރިޔަސް ޢަލީ ރަމީޒު އާއި ހަމައަށް ނާދެވޭނެ. ޢަދި ވެސް ޢަލީ ރަމީޒަކީ ރާއްޖެގެ ނަމްބަރ 1. އެޔެއް ދެނެއް ބަދަލެއް ނުވާނެ. މުޙައްމަދު ރަފީޢު ދުނިޔެއިން ވަކިވެ ދިޔަތާ ކިތަކެއް އަހަރު ވެއްޖެތޯ. ޢިންޑިއާގެ ނަމްބަރ ވަން ލަވަކިއުންތެރިއަކީ ކާކުތޯ އިންޑިޔާ މީހަކު ކައިރީ އަހާލަބަލަ. ޢަލީ ރަމީޒު އެެރީ ރާއްޖޭގެ އެ މަޤާމުގައި. ދަރިންގެ ދަރިންނަށް ދާންދެން މިކަން އޮންނާނީ މިހެން.
ސިކުނޑި ހަމަނުޖޭތަ..؟
ޒަކިއްޓެ އޭ ބުނީމަ ނޭނގޭނެ ކާކު ކަމެއް، އެކަމު އަލީ ރަމީޒް މިނަން އަޑު އިވުނަސް ހުރިހާ ލަވައެއްހެން އެކީސިކުނޑިއަށް އަންނާނެ.....
ޒަކިއްޓޭއޭ ؟ ސްޓިކްހައުސް ޒަކިއްޓޭތަ ކަސްޓަމްޑްރާމާ ކުޅުނު. ކޮންޒަކިއްޓޭއްބާ. ދަންނަވަނތޯ އިހްތިރާމް ކުރަންނޭންގޭ މީހަކަށް އާޓުސްޓަކަށްނުވެވޭނެ. ޢަލީ ރަމީޒު އިހްތިރާމް ހޯދީ އިހްތިރާމް ދީދެން. ޢޭރުވެސް މީހުންނަށް ޤަދަރު ކޮށްގެން. ޢިނގޭތޯ. ސަލާމް
އަނގަ ހީވަނީ އަސްދޫނި***ހެން ހަދާއިގެން ކޒޮޗެކޭ ހުރެ މިކިޔަނީ
އަލީ ރަމީޒްގެ އަޑަކީ ވަރަށް ރީތިއަޑެއް. އެކަމަކުވެސް ހަގީގަތަކީ ރާއްޖޭގައި މިހާތަނަށް އެއްމެ ގިނަ ކޮޕީ ލަވަ ކީ މީހަކީ އައްޔަ. ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ ހަލާކުކޮށްލޮ މީހަކީ އޭނަ.
ކަލޭ ލާ ޖަގިޔާ ތީ ކޮޕީއެއް. ޢެއީ ކަލޭ އަމިއްލަ އަށް ފެހި އެއްޗެއް ނޫން. ކޮޕީ ލަވަނުކިޔާ ލަވަކިޔުންތެރިޔަކު ރާއްޖޭގަ އެބައުޅޭތަ. ދެން ކީއްވެޔޯ ޢަލީ ވަރެއް ނެތީ.
އޭރުގަ ބައެއްމީހުން ވަރަށް މަސައްކަތް ކުރި އަމިއްލަރާގު ހަދައިގެން ކުރޮޔަށްދާން. ސަމީއުމެން ކަހަލަ މީހުން. އެކަމަކު އައްޔާ އަޑުގެ ބޭނުން ނާޖާއިޒް ގޮތުގަ ނަގައިގެން ދިވެހި މިއުޒިކް އިންޑަސްޓްރީ ހަލާކު ކޮށްލީ.
މީނަމީ ލަވަކިޔުންތެރިއެއްތަ؟ ޓީވީ އަަކަށް ނާރަންދޯ؟