އުމުރުން 23 އަހަރުގެ ނިއުޒިލޭންޑުގެ މިސް ޔުނިވާސް 2018 ގެ ފައިނަލިސްޓް އެމްބާ ލީ ފްރީސް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ މަރުވެފަައި އޮއްވާ ފެނުނު ކަން މިސް ވޯލްޑް ނިއު ޒިލޭންޑްގެ އޮފިޝަލް އެކައުންޓުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެމްބާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ގޭގެ ތެރެއިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރުވީ ކިހިނެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި އެކަން އަދި ހާމަވެސްކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އޭނާ މަރުގެ ތަހުގީގުތައް ފަށާފައިވާ ކަމަށާއި، ގޭތެރެއިން އެއްވެސް ކަހަލަ ނޯޓެއްވެސް ފެނިފައި ނުވާ ކަމަށެވެ.

އޭނާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށް އެއްބަޔަކު ދަނީ ބުނަމުންނެވެ.

އޭނާގެ ފޭސްބުކް ޕޭޖް ބުނާގޮތުގައި، މިސް ޔުނިވާސް 2018 ގައި އޭނާ ވަނީ ވާދަކޮށްފައެވެ.

އެމްބާއާ ގުޅޭގޮތުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާއަކީ އުމުރުން 18 އަހަރުގައި އަމިއްލަ މަސަައްކަތުން ފައިސާ ހޯދަން ބޭނުންވެ މަސައްކަތް ފަށަން އުޅުނު މީހެކެެވެ. އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާއަށް މިސް ޔުނިވާސް ނިއުޒިލޭންޑުން ވަނީ ގުޅާފައެވެ. އަދި އޭނާ ވަނީ އެ މުބާރާތުގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ރީތި 20 މީހުންގެ ތެރޭގައި ހިމެނިފައެވެ.

އޭނާ ބޭނުންވީ އެެހެން އަންހެން ކުދިންނަށް އެހީތެރިވެ، މަސައްކަތައިގެން އުޅުމަށް ކަމަށް ވެއެވެ. އަދި އެހެން މީހުންނަށް ރޯލް މޮޑެލްއެއްގެ ގޮތުގައި އެމްބާ ވުމަކީ އޭނާ ދެކެމުންދިޔަ ހުވަފެނެކެވެ.