މި އަހަރުގެ އިންޑިޔާގެ ރީތީގެ ރާނީގެ ތާޖު ކަރްނާޓަކާއަށް ނިސްބަތްވާ ސިނީ ޝެޓީ ހޯދައިފިއެވެ.

އާދީއްތަ ދުވަހު ސިނީ ޝެޓީ ވަނީ ވީއެލްސީސީ ފެމިނާ މިސް އިންޑިއާގެ ގްރޭންޑް ފިނާލޭގައި ފެމިނާ މިސް އިންޑިއާ ވޯލްޑް 2022 ގެ ޗެމްޕިއަންކަން ހޯދާފައެވެ.

ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ރާޖަސްތާނުގެ ރުބެލް ޝެޚާވަތު ފެމިނާ މިސް އިންޑިއާ 2022 ގެ ފުރަތަމަ ރަނަރަޕް އަދި އުއްތަރް ޕްރަދޭޝްގެ ޝިނާތާ ޗައުހާން އަށް ފެމިނާ މިސް އިންޑިއާ 2022 ގެ ދެވަނަ ރަނަރަޕްކަން ވަނީ ލިބިފައެވެ.

އެކްޓަރު ނޭހާ ދުޕިއާ، ޑީނޯ މޮރޭއާ އަދި މަލައިކާ އަރޯރާ، ޑިޒައިނަރުން ކަމަށްވާ ރޯހިތު ގާންދީ އަދި ރާހުލް ކަންނާ، ކޮރިއޮގްރާފަރު ޝިއާމަކް ދަވަރު އަދި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ މިތަލީ ރާޖް މި ރަސްމިއްޔާތުގެ ޖޫރީ ޕެނަލްގައި ބައިވެރިވި އެވެ.

"ފެމިނާ މިސް އިންޑިއާ ވޯލްޑް 2022 އަށް ވާދަކުރުމަށް ޝޯޓްލިސްޓް ކުރި ފައިނަލިސްޓުން މުމްބާއީއަށް އައިސް، އިންޑަސްޓްރީގެ އެންމެ މޮޅު މީހުންގެ ލަފާގެ މަތިން، ވަރަށް ވަރުގަދަ ޓްރެއިނިން ތަކާއި ގްރޫމިން ސެޝަންތަކެއް ކުރިއަށް ގެންދިޔަ،" މި އެވޯޑް ދިން ފަރާތުން ބުނެފައިވެ އެވެ.

ކުރީގެ ފެމިނާ މިސް އިންޑިއާ ޔުނިވާސް، މިސް ދުޕިއާ ބުނި ގޮތުގައި ފެމިނާ މިސް އިންޑިއާ ދަތުރުގެ ސަބަބުން "މި ޕެޖަންޓާއެކު އަހަރެން ކުރި އަގުނުކުރެވޭ ފަދަ ތަޖުރިބާތަކުގެ ހަނދާންތައް" އާވެ އެވެ.

މި ރަސްމިއްޔާތުގައި އެކްޓަރު ކްރިތީ ސަނޮން، ލޯރެން ގޮޓްލީބް އަދި އޭޝް ޗަންޑްލަރގެ ހުށަހެޅުންތައް ފެނިގެންގޮސްފައިވެއެވެ. ޝޯ ހޯސްޓްކުރީ މަނީޝް ޕޯލް އެވެ.

ވީއެލްސީސީ ފެމިނާ މިސް އިންޑިއާ 2022 ގެ ކޯޕަވާކުރީ ސެޕޯރާ، މޯޖް އަދި ރަޖްނިގަންދާ ޕާރލްސް އެވެ.