15 ވަރަކަށް އަހަރު ރިސޯޓް މިއުޒިކް ކުޅުނު ފަތޯ އަކީ އަމިއްލަ މަސައްކަތެއް ކުރާ މީހެއްކަން ސަރުކާރަށް ގަބޫލެއް ނުކުރެވުނު ކަމަށް އޭނާ ބުނެފިއެވެ.
ފަތޯ މިހެން ބުނީ ކޮވިޑް-19 އާއި ގުޅިގެން އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ސަރުކާރުން ދޭ ފައިސާ ހޯދަން އޭނާ ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމުން މިއަދު ޓްވިޓާގައި އާއްމުކުރި ވީޑިއޯއެއްގައެވެ. ފަތޯ ބުނީ ސަރުކާރުންދޭ އެލަވަންސް ހޯދަން އޭނާ ހުށަހެޅީ މީގެ ކުރިން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުންތަކާއި، ބޭންކް ސްޓޭޓްމަންޓްތަކާއި އިންވޮއިސްތަކާއި ވެސް އެކުގައި ކަމަށެވެ.
ސަރުކާރުން ގާއިމް ކޮށްފައިވާ އިންކަމް ސަޕޯޓަށް އަހަރެންގެ އެޕްލިކޭޝަންތައް ހުށަހެޅީ އަހަރެންނަކީ ފްރީލާންސާއެއްކަން ޕްރީފް ކޮށްދެވޭނެ އެޗެއްސާއި އެކު. އެހެންނަމަވެސް އަހަރެންގެ އެޕްލިކޭޝަން މިއަދު ވަނީ ރިޖެކްޓް ކޮށްފައި." ވަރަށް އަސަރާއި އެކު ވާހަކަދައްކަމުން ފަތޯ ބުންޏެވެ.
އޭނާ ކުރި ބައެއް މަސައްކަތްތަކުގެ ތަފްސީލް ދެމުން ފަތޯ ބުނީ ޕީއެސްއެމް ކެޕްޝަންގެ ބެކް މިއުޒިކް ތައްޔާރު ކުރީ ވެސް އޭނާ ކަމަށެވެ. ފަތޯ ބުނީ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމާއި ހަމައަށް އޭނާ އާއި ތިން ރަށެއްގައި ޕާފޯމް ކުރަމުން ކަމަށެވެ.
"އަހަރެންނަށް ގަބޫލު ކުރެވެނީ އަހަރެންނަކީ ފްރީލާންސާއެއް ކަމަށް. އެކަމަކު މިއަދު ސަރުކާރަށް އެކަމެއް ގަބޫލެއް ނުކުރެވުނު." ރައީސް ޞާލިހާއި، ރައީސް ނަޝީދު އަދި މިނިސްޓަރު މަހްލޫފާއި މިނިސްޓަރ ޔުމްނާގެ އިތުރުން އިކޮނަމިކް މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް ޓެގްކޮށް ފަތޯ އާއްމުކުރި ވީޑިއޯގައި ވެއެވެ.
@ibusolih @yumna_maumoon @AhmedMahloof @MohamedNasheed @MoEDmv pic.twitter.com/zQE5tRtryX
— Fatho (@fathomeo) May 31, 2020
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާ ސަރުކާރުން ވަނީ އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނެފައި ވަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.
ކަލޯ އެމީހުންނަށް ވޯޓު ހޯދަން ދުވި ހަނދާންވޭތަ؟ ދެން ކައުންސިލްތައް ވެސް އެމީހުނަށް ހޯދައިދޭން ދުވަންވީނު؟ އެމީޙުންނަށް ކައުންސިލްތައް ލިބިއްޖިއްޔާ ރާއްޖެ ދުވަހަކުވެސް ޖުމްހޫރިއްޔާއެއްގައި ނުދެކޭ ވަރުގެ ހުދުމުހުތާރު ކަމަކަށް ދާނެ
ބުރޯ ތީ ވޮލެންޓިއަރެއް، ބުރޯއަށް ލިބެނީ ޓިޕްސް
ވާވަރުވީ އެއީ ވީ ގޮތަކީ
ފަތޯ ދެން ކަލޭގެ ވޯޓުލީ އިންގިލި ކޮޅައް ބަލަން ހުރޭ.. އަދި އިނގިއްޔާއި ތިޔަ ޝަކުވާ ހިއްސާކުރޭ.. އިނގިލިގާތު އަހާ ބަލަ އެދުވަހު ވޯޓު ދިނީ ކޮން ބުއްދިއެއްގަތޯ.
ސޯލިޙް އިސްތިއުފާ.
ތިބޭފުޅާ އަށް އޮތީ އެޖެންޑާ 19
ޢެގްރިމެންޓްތައް ހަދައިގެން ތިކުރަނީ ވިޔަފާރި. ތިވިޔަފާރިން ޖީއެސްޓީ ދައްކަންޖެހޭތޯ؟؟ ނޭގޭތީ ހަމައަހާލީ.
ކަލޯ މިއުޒިކަކީ ރަނގަޅު އެއްޗެއް ނޫންކަން މީހާރު ހުންނާނީ އެނގިފައި. ދެންވެސް ތިކަން ހުއްޓާލާފައި އެހެންކަމަކާއިގެން އުޅުން ރަނގަޅު!
ދިވެހިންނަކީ އެއްވެސް ވަރަކަށް ލަރިއެއް ރައްކާ ކުރަން ނުދަންނަ ބައެއް، އެންމެ މޮލެތި ފޯނާ، ބްރޭންޑެޑް ހެދުމާ، ސެންޓާ، އެންމެ ފަހުގެ ސައިކަލު ގެންގުޅޭނެ، އެކަމަކު ވަޒީފާ ގެއްލޭތާ މަހެއް ނުވަނީސް ސަލާންޖަހަން ޖެހިފަ އޮންނަނީ. ރައްޔިތުންވެސް ހަރުދަނާވާން އެބަ ޖެހޭ. ސޭވް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް.
30000 ރުފިޔާ މަހަކަލު ލިބުނަސް ކިހިނެތް ސޭވް ކުރާނީ..ލިބޭލާރީގެ 75% ކުލިދައްކާ ނިމޭއިރު ދެން އޮންނާނީ ކިރިޔާ ކާލައިގެން އުޅެވޭވަރު ބާކީ. މިއީ ސޭވް ކުރަން ނޭނގިގެންވާ ކަމެއްތޯ.؟
ކޮބާ ތަ ކަމެއް ނުކޮށް ބޮޑު މުސާރަ ނަގާ ޔުމްނާ ؟