ފަސް މިނިޓަށް ލަސްވެގެން މި ޔޫއޭއީގައި ދިރިއުޅެމުން އަންނަ އިންޑިއާއަށް ނިސްބަތްވާ އަފްޒަލް ކޭޕީ މި ވަނީ އިންޑިއާގެ ކެރެލާގެ ސިޓީއެއް ކަމަށްވާ ކޮޒިކޯޑްގައި ހިނގާ ދިޔަ ނުރައްކާތެރި ފްލައިޓް ވެއްޓުމުގެ ހާދިސާއިން ސަލާމަތްވި މީހެކެވެ. އޭނާ ގަޑި ޖެހިގެން ދިއުމުން ފްލައިޓަށް ނޭރުނީއެވެ. އޭނާ މިހާރު ވަނީ އެކަމާއި ހިތްހަމަ ޖެހިފައެވެ. އޭނާއަށް ފްލައިޓަށް އަރަން ގަޑީ ޖެހުނީ، އޭނާ ޖޫރިމަނާ ދައްކަން ޖެހުމުންނެވެ.

އިއްޔެ މެންދުރު 1:35 ހާއިރު އުމުރުން 26 އަހަރުގެ އަފްޒަލް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކުރީ ހިތްދަތިވެގެެންނެވެ. އޭނާގެ ފްލައިޓު މިސްވެގެންނެވެ. އޭނާ ފަސް މިނިޓަށް ލަސްވީ ވިސާ ހަމަވުމުން ދައްކަން ޖެހޭ ޖޫރިމަނާ ދެއްކުމަށް ދިއުމުންނެވެ. އޭނާއަކީ އެއާ އިންޑިއާ އެކްސްޕްރެސް އައިއެޗް1344 ގައި ދުބާއީން ކޮޒިކޯޑްއަށް ދަތުރު ކުރަން އޮތް މީހެކެވެ.

"އަހަރެން ޔޫއޭއީ ދޫކޮށް ދާން ޖެހޭ ދުވަހަކީ ޖުލައި 10. އެއީ އަހަރެންގެ ވޯކް ވިސާ މުއްދަތު ޖޫން މަސް ތެރޭގައި ހަމަވެގެން. އެހެން ނަމަވެސް ކޮވިޑް-19ގެ ކަންތައްތަކާއި ހެދި އަހަރެންނަަށް ދެވޭ ގޮތް ވަނީ ނުވެފައި. އަހަރެން ހިތައް އެރީ ފުރަތަމަ ވިސާ މުއްދަތު އިތުރުކޮށްފައި ޔޫއޭއީގައި މަޑު ކުރަން. އެކަމަކު އެނބުރި ދާން ބޭނުންވާ މީހުންނަށް ފުރުސަތު އޮތް ކަމަށް ބުނެ ފްލައިޓެއް ބާއްވަން އުޅުމުން އަހަރެން ދާން ނިންމީ". ގަލްފް ނިއުސްއަށް އޭނާ ބުންޏެވެ.

އެގޮތަށް އެތައް ދުވަހެއް ވަންދެން މަޑު ކުރުމަށްފަހު އޭނާއަށް ޓިކެޓް ލިބުނީ އޮގަސްޓް ހަތް ވަނަ ދުވަހަށެވެ.

"އަހަރެން ހުރީ ވަރަށް އުފާވެފައި އަހަރެއްހާ ދުވަސް ކުރިން ޔޫއޭއީއަށް ބަދަަލުވެފައި، އެނބުރި ގައުމަށް ދެވޭތީ، އަހަރެންނަށް އަހަރެންގެ މަންމަ ފެނޭތީ، އަހަރެން އެންގޭޖްވެސް ވެގެން މި އުޅެނީ. އަދި އަހަރެންގެ އާއިލާ ދިޔައީ އަހަރެންގެ ކައިވެނީގެ ކަންތައްތަކަށްވެސް ތައްޔާރުވަމުން، އަހަރެންގެ ކަަރަންޓީން މުއްދަތު ނިމުމަށްފަހު ކުރަން". އަފްޒަލް ބުނެފައި ވެއެވެ.

އެހެން ނަމަވެސް އިމިގްރޭޝަނުން އޭނާ ހުއްޓުވާފައި ވަނީ އެ ގައުމުގައި އިތުރަށް އޭނާ މަޑު ކުރި ދުވަސްތަަކަށް ދައްކަން ޖެހޭ ޖޫރިމަނާ ކުރި ކަމަށް ބުނެއެވެ.

އޮގަސްޓް ހަ ވަނަ ދުވަހު އަހަރެން ޝާރްޖާހް އަށް އައިސް މަޑު ކުރީ އެތާ، ދުބާއިއަށް އޭގެ އަނެއް ދުވަހު ހެނދުނު ދިޔުމުގެ ކުރިން. އޭގެ އަނެއް ދުވަހުގެ ހެނދުނު 8:30 ގައި އަހަރެން ދިޔައީ އެއާޕޯޓަށް ވަރަށް ތައްޔާރުވެގެން ދާންވެސް ބޭނުންވެގެން. އަހަރެންގެ ލޭގެ ޓެސްޓުގެ ނަތީޖާ ކައުންޓަރަށް ދެއްކުމުން، އެ މީހުން އަހަރެންނަށް ބޯޑިންގ ޕާސް ދިން. އަހަރެންނަށް ލިބުނީ 18ސީ". އޭނާ ބުނެފައި ވެއެެވެ.

އެ ފްލައިޓަކީ 1:30 ގައި ފުރަން އޮތް ފްލައިޓެެވެ. އަފްޒަލް ބުނީ އޭނާ އިތުރު ފަސެންޖަރަކާއެކު އެއާޕޯޓުގައި މަޑު ކުރި ކަމަށެވެ. އަދި އޭނާގެ ލަގޭޖް ކަންތަކުގައި އޭނާއަށް އެހީތެރިވި ކަމަށެވެ.

"އެކަމަކު އިމިގްރޭޝަން ކައުންޓަރުގައި އޭނާ ލޮލުގެެ ޓެސްޓު ހެދުމަށްފަހު ބޯޑިންގއަށް ވަތް. އެކަމަކު އެ މީހުން އަހަރެެން ހުއްޓުވި އަދި ބުނި އަހަރެން 1000 ދިރުހަމް ދައްކަން ޖެހޭ ކަމަށް. ބޯޑު ވުމުގެ ކުރިން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް".

އޭނާ ބުނެފައިވާގޮތުގައި، އޭނާގެ އަތުގައި އެވަރަށް ފައިސާއެއް ނެތެވެ. އޭނާ 10:00އިން 12:00 ޖަހަންދެން ޕާސްޕޯޓް ކޮންޓްރޯލްގައި މަޑުކޮށް، އެތަނުގައި ތިބި އޮފިޝަލުން ކައިރީގައި އޭނާ ބޯޑިންގއަށް ފޮނުވާދޭން އެދުނު ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން ބުނި އަހަރެން ކަައިރީގައި ނުދައްކާ ދިއުމަށް އެކަމަކު އެއިރުން އޭނާ އެނބުރި އަންނައިރު މައްސަލަތަކެއް ދިމާވާނެ. އެއީ އަހަރެން އެނބުރި އައިސް ޖެހޭނީ އެހެން ވަޒީފާއެއް ހޯދަން، އަދި ދެ މަސް ތެރޭގައި އަހަރެން އެނބުރި އަންނަން ޖެހޭނެ". އޭނާ ބުނެފައި ވެއެވެ.

އެންމެ ފަހުން އެއާ އިންޑިއާގެ ސްޓާފް މެންބަރުން ވަނީ ބާކީ ހުރި ފައިސާ އޭނާ ދައްކާނެ ގޮތެއް ހޯދަން އެދިފައެވެ. އެއީ ފްލައިޓް ފުރަން މާގިނަ އިރުތަކެއް ނުވަނީސް އެވެ.

"އެންމެ ފަހުން 1:15 ހާއިރު އަހަރެންނާއެކު މަސައްކަތް ކުރި މީހެއްކަމަށްވާ އިބްރާހިމްއަށް ގުޅައި ފައިސާގެ ކަންތައް ހަމަޖައްސަން އެދުނިން. އޭނާ ބުނި އެކަމާއި ހާސް ނުވާން ފައިސާ ފޮނުވާނެ ކަމަށް".

އެހެން ނަމަވެސް އެ ފައިސާ އަފްޒަލް އާ ހަވާލު ކުރެވުނީ މާ ލަހުންނެވެ. އަފްޒަލްއަށް ފުރޭ ގޮތް ވަނީ ނުވެފައެވެ.
"އަހަރެންގެ ގާތުގައި ބުނި ފްލައިޓް ނައްޓާލައިފިޔޭ. އަހަރެންގެ ބޯޑިންގ ޕާސްގެ ބައިވެސް އަހަރެންނަށް ދީފި ލަގެޖް ނަގުމަށް. އަދި އަހަރެން އެހެން ފްލައިޓާކަށް ރޫބުކިންގ ހެދުމަށް އެ މީހުން އެދުނު"

އޭނާ ބުނީ، އޭނާގެ ތަކެތި ނަގައިގެން އެއާޕޯޓުގައި އޭނާ މަޑުކުރީ ވަރަށް ދެރަވެގެން ކަމަށެވެ.

"އަހަރެން އެންމެ ފުރަތަމަވެސް ގުޅީ މަންމައަށް ގުޅާފައި ބުނިން، މި ފްލައިޓުން އަހަރެންނަށް ނުދެވޭ ވާހަކަ. އަދި ﷲ އިރާދަފުޅުން އަންނަ ހަފްތާގައި ދާނެ ވާހަކަ ބުނިން.އަހަރެން ދެން އަބޫދާބީގައި އުޅޭ ބައްޕައަށް ކައިރީގައި ބުނިން އެ ވާހަކަ. އަހަރެންގެ އަތުގައި ފައިސާ ނެތުމުން އަހަރެންގެ އެހެން ރަހުމަތްތެރިއެއްގެ އެހީގައި ދިޔައީ އަހަރެންގެ ދައްތަގެ ގެއަށް". އޭނާ ބުންޏެވެ.

އޭނާ ބުނީ، އެގެއަށް ގޮސް ވަރުބަލި ވެފައި ހުރި ވަރުން ކައިގެން އޭނާ ނިދީ ކަމަށެވެ. އަދި މަޣްރިބް ނަމާދަށް ބަންގި ގޮވަން ކައިރި ވެފައި ވަނިކޮށް އޭނައަށް ފޯނު ކޯލްތައް އަންނަމުން ދާތީ ހޭލީ ކަމަށެވެ.

އޭނާއަށް ގުޅީ އިބްރާހިމް އާއި އިތުރު ރަހުމަތްތެރިންނެވެ.

"އެ މީހުން އަހަރެންނަށް ގުޅާފައި ބުނީ އަހަރެން މިސްވި ފްލައިޓު ވެއްޓިއްޖެ ކަމަށާއި، އެ ވެއްޓުނު ހާދިސާއިން އަހަރެން ސަލާމަތްވީ ކަމަށް. އަހަރެންނަށް ގަބޫލެއްވެސް ނުކުރެވުނު". އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނީ އަދިވެސް އޭނާ ހުރީ ޝޮކެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ތީގެއިން އެނގެނީ ހިތްހަމަނުޖެހުމެއް ނުވަތަ ނޭދޭކަމެއް ކުރިމަތިވާއިރު އެއަށް ކެއްތެރިވުމަށް ، އޭގެފަހަތުގައި ފޮރުވިފައިވާ އަދި ހިތްހަމަނުޖެހުނުކަންތަކަށްވުރެ މާރަގަޅުކަންތައްތަކެއްވާކަން އިންސާނާގެ ފުރާނަޔަކީ ކިހާބޮޑު ނިއުމަތެއް ﷲގެކުޅަދުންވަތަކަން. ﷲއަކުބަރު.

    28