ބްރިޓިޝް-އެެމެރިކަން އެކްޓްރެސް ޖިއާ ޚާންގެ މަރާއި ދާދި ފަހުން ފަހުން ސުޝަންތް ސިންގ ރާޖްޕުތްގެ މަރާއި ދާދި އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ޖިއާގެ މަންމަ ރާބިއާ ޚާން ބުނެފިއެވެ.

ރާބިއާ ޚާން ޓައިމްސް ނައު އަށް މައުލޫމާތުދެމުން ބުނީ، އެމީހުންގެ މަރުގައިވާ އެއްގޮތް ކަންތައްތަކުގެ ސަބަބުން ހައިރާން ވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާ އެތައް ރެެެއެއްގެ ނިދި ނަގާލަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.

ރާބިއާ ބުނެފައި ވަނީ، އެ ދެ މީހުންވެސް ޖެހިފައި ވަނީ ނާސިސްޓިކް ލޯބިވެރިންނާއި ކަަމަށެވެ. އަދި ކައިވެނި ކުރާނެ ކަަމަށް ބުނެ، ފައިސާ އެއްޗެހި އެ މީހުންގެ އަތުން އަތުލާ ކަމަށާއި، އެ މީހުން ކޮންޓްރޯލްކޮށްގެން ގެންގުޅެފައިވާ ކަމަށްވެސް ރާބިއާ ބުނެފައި ވެއެވެ.

ޖިއާ ޚާންގެ މަންމަވެސް ވަނީ ސުޝަންތް ސިންގގެ މަރުގެ މައްސަލަ ސީބީއައި އިން ތަހުގީގު ހިންގުމަށް އެދޭ ކަމަށް ކުރިން ބުނެފައެވެ.

"ސުޝަންތް މަރާލީ ޖިއާ މަރާލިހެންކަން އެނގުމުން ވަރަށް ދެރަވޭ، ވަރަށް އުނދަގޫވެސް ވޭ. ޖިއާ އާއި ސުޝަންތް އަށް ފޭކް ލޯބި ދީ އެ މީހުން ހައްދާ، އެ މީހުންގެ ދަލުގައި ޖައްސާ، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ވަނީ އަނިޔާކޮށްފައި". ރާބިއާ ބުނެފައި ވެއެވެ.

އަދި ޖިއާ އާއި ސުޝަންތް ޑިޕްރެޝަންއަށް ގޮސްފައި ވަނީ މަސައްކަތެއް ނުލިބިގެން ކަމަށް ނިންމި ކަމަށާއި، ހުރިހާ ކަމެއްވެސް ވީ އެ މީހުންގެ ލޯބިވެރިންގެ ސަބަބުން ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި ޖިއާ އާއި ސުޝަންތްގް ޕާޓްނަރުންނާއި ގުޅިފައި ވަނީ ބޮލީވުޑްގެ މާފިއާ އާއި ސިޔާސީ ފަރާތްތަކާއި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

"އެއީ އެ މީހުންނަށް އިނގޭ ބޮލީވުޑްގެ މާފިއާ އާއި ސިޔާސީ މީހުންނާއި ހެދި އެ މީހުން ކުރާ ކުށްތައް ނުފެންނާނެ ކަން. އަދި ސިޔާސީ ޕްރެޝަރާއި ހެދި މައްސަލަތަކުގެ އަސްލު ހަގީގަތް ހާމަނުވާނެކަން". ޖިއާގެ މަންމަ ރާބިއާ ވެއެވެ.

އަދި މީގެ އިތުރުބްން ރާބިއާ ވަނީ އެ ދެ މަރުގެ އަސްލު ހެކި ނައްތާލާފައިވާ ކަމަށާއި، އަދި އަމިއްލައަށް މަރުވެއްޖެ ކަމަށް ނިންމީ ކަމަށެވެ.

ޖިއާ ޚާން އަމިއްލައަށް މަރުވެފައި ވަނީ 2013 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބައްޕަ

    ދެމީހުން ވެސް ވީ ހަމަ މަރު ދޯ ، ތިވަރަށް ކަމެއް އެއްވައްތަރުވާނީ

    10
    2
  2. ހިޔާލު

    އިންޑިޔާގަ މީހަކު މަރުވިޔަސް ދެން ބުނާނީ ޝުޝާންތް އައް ގުޅުން އެބަހުއްޓޭ.ކަމެއް ސަހާދެއް?

    8
    4
  3. ޖިޔާ

    ޢެއްގޮތްވާނެތާ ދެމީހުންވެސް މަރުވީ ދަންޖެހިގެން ވިއް ޔަ

    7
    4