ކޮރެއާގެ މަޝްހޫރު ކޭ-ޕޮޕް ލަވަކިޔުންތެރިޔާ އަދި ޓީވީއެކްސްކިއު ބޭންޑުގެ މެމްބަރު، ޝިމް ޗަންގް-މިން އަންނަ ސެޕްޓެމްބަރު މަހު ކައިވެނިކުރަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައި ވަނީ ބައެއް ފަރާތްތަކަށް އޭނާ ފޮނުވާފައިވާ ސިޓީއެއްގައެވެ.

"މެކްސް ޗަންގްމިން" ގެ ނަމުން މަޝްހޫރު މި ލަވަކިޔުންތެރިޔާ ކައިވެންޏަށް ތައްޔާރުވަމުންދާކަން ކޮރެއާގެ ބައެއް ނޫސްތަކުން ވެސް ރިޕޯޓްކޮށްފައި ވާއިރު، އޭނާ ކައިވެނި ކުރަނީ ކާކާ ކަމެއް ހާމައެއް ނުކުރެއެވެ.

ނޫސްތައް ބުނާގޮތުން ޗަންގް-މިން ކައިވެނިކުރަނީ މަޝްހޫރު ފަންނާނަކާއެއް ނޫނެވެ. އަދި އެދެމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް" ހަފްލާއެއް ގޮތުގައި ކަމަށް ވެސް ނޫސްތައް ބުނެއެވެ.

އެހެންކަމުން މި ކައިވެންޏާއި ބެހޭ އިތުރު މަޢުލޫމާތެއް ޗަންގް-މިންގެ ފަރާތުން ރަސްމީ ގޮތެއްގައި ހާމައެއް ނުކުރެއެވެ.

އުމުރުން 32 އަހަރުގެ ޗަންގް-މިން ވަނީ ކޮރެއާގެ މަޝްހޫރު ބައެއް ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ. މިހާތަނަށް އޭނާ 26 ލަވަ އަލްބަމެއްގެ މަސައްކަތް ކޮށްފައި ވާއިރު، އޭނާ އެންމެ ފުރަތަމަ ލަވަކިޔުމުގެ ދާއިރާގައި މަސައްކަތްކުރަން ފަށާފައި ވަނީ އުމުރުން 14 އަހަރުގައެވެ. އޭނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހުދީ

    އަހަރެންހީކުރީ ފޮޓޯގައި އިނީ އަންހެނެއްކަމަށް.

    13
    12
  2. ސަންޕަ

    މަށަށް ހެޔޮ އޭނަ 10 މީހުންނާ އިނަސް.. މަށަށް ކީއް..

    11
    12
  3. ކޭ-ޕޮޕް ފޭން

    އޯއެމްޖީ، މަގޭ މިންމިން މެރީ ކުރަނީ!!! ވަރަށް އުފާ ވެއްޖެ، ކޮންގްރާ ޖަންގމިން ?⁦❤️⁩

    7
    4
  4. ފޭން

    އޯއެމްޖީ!
    ކޮންގްރެޓް !

    6
    2