ޖޫން 14 ވަނަ ދުވަހު އަމިއްލައަށް މަރުވި އިންޑިއާގައި މަގްބޫލުކަމެއް ހޯދަމުންދިޔަ އެކްޓަރ ސުޝަންތް ސިންގ ރާޖްޕުތްގެ މީގެ ކުރިން ނުުފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ވަކި ހިއްޕާލައިފިއެވެ. އެ ވީޑިއޯގައި ސުޝަންތް ގޮތް ނޭނގޭ މީހެއްގެ ނަން ކުރުކޮށް ލިޔެއެވެ.

"އޭކޭ"މިހެން ސުޝަންތް ހުދު ބޯޑެއްގައި ލިޔެ، ވާހަކަތަކެއް ދައްކައެވެ. އޭނާ އެ ދައްކަނީ ކޮން ވާހަކަައެއްކަން އެއްވެސް ފަރާތަކަށް ސާފް ނުވާ ކަމަށް ވެއެވެ.

އެ ވީޑިއޯގައި ސުޝަންތް ފެނި

ބޯޑެއްގައި ތިނެސްކަނެއް ކުރަހާ މަންޒަރެވެ. އެ ތިނެސްކަނުގެ އެއް ކަނުގައި އޭނާ އެސްއެސްއާރް ލިޔެއެވެ. އެއީ ސުޝަންތް ސިންގ ރާޖްޕުތް އެވެ. އަނެއް ކަނުގައި އޭނާ ރާސީ ލިޔެފައިވާއިރު، އެއީ ރިއާ ޗަކްރަބޯތީއެވެ. އެހެން ނަމަވެސް އޭނާ ތިން ވަނަ ކަނުގައި ލިޔުނު "އޭކޭ"އަކީ ކާކުކަން މި ވަނީ ހޯދަން ބޭނުން ވެފައެވެ.

2019 ވަނަ އަހަރުގެ އެ ވީޑިއޯގައި ރިއާވެސް ފެނިގެން ދިޔައެވެ. އަދި ކާކުކަން ނޭނގޭ މީހެއްވެސް އެ ވީޑިއޯގައި ސުޝަންތްއާއެކު ފެނިގެން ދެެއެވެ.

އެ ވީޑިއޯ އިން ފެނިގެން ދަނީ އެ މީހުން ކަމަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން ދާ ތަނެވެ.

ސުޝަންތް ސިންގގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ދަނީ، އޭނާގެ މަރާއި ގުޅޭ އެންމެ ފަހުގެ ހޯދުންތައް ހޯދަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މިހާރު އެޖެންސީތަކުންވެސް މި ވީޑިއޯގެ ކަންތައްވެސް ދަނީ ބަލަމުންނެވެ.

އެ މަރާއި ގުޅޭ އިތުރު ކަންތައްތަކެއް ފެންމަތިވެ، ސުޝަންތްގެ ލޯބިވެރިޔާ ރިއާ ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނާޒިމާ

    ސުޝާން އަމިއްލަ އަށްބާ މަރުވީ ހާދަހީނުވެއޭ؟

    29
    1
  2. ޟަރީ

    އަންކިތާ

    9
    6
  3. ޝުޝާންތް

    އޭކޭ = އަކްޝޭ ކުމާރް

    3
    1
  4. Anonymous

    ޢޭކޭ. ޢަނިލް ކަޕޫރް 😬😬

  5. ސުޝާންކޮ

    އޭކޭ. އަނިލް ކަޕޫރް

    1
    1
  6. Anonymous

    ވީޑިއޯ ރަނގަޅަށް ބަލާބަލަ 1:18 ގަ އެންމެ މަތީގަ އަނޫ ކަޕޫރް ޖަހާފަ

    5
    2
  7. ބޮގަޑޭ

    އޭ ކޭ ދިވެހިންނަށް ނޯޅޭނެ.

  8. ކަމާލުއްދީން

    އޭކޭ ތަންކޮޅެއް ކުރިން އުޅުނު ރާއްޖޭގަ އޮތް އިންތިހާބަކަށް ކުރިމަތި ލައިގެން