ފޭސްބުކު އައިޑީއަށް ޒިޔާރަތް ކުރާ ފަރާތްތަކުން 20 ރުފިޔާ ދައްކަން ޖެހޭނެ ކަަމަށް ބަޔޯގައި ލިޔެފައިވާ މީހެއްގެ ޕްރޮފައިލަށް ޒިޔާރަތް ކުރެވުމުން، ފުުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ ރަޝީދު) އެ ފައިސާ ދައްކަވައިފިއެވެ.
ކުޑަބެއްޔާގެ ސަވާދު ނަމަކަށް ކިޔާ އެ މީހާ ފޭސްބުކްގެ ބަޔޯގައި ލިޔެފައި ވަނީ ޕްރޮފައިލަށް ޒިޔާރަތް ކުރާ ކޮންމެ ބޭފުޅަކުވެސް އޭނާގެ ޕްރޮފައިލް ޗާރޖްގެ ގޮތުން 20 ރުފިޔާ ފޮނުވަން އެދޭ ކަމަށެވެ.
އޭނާ ވަނީ ބަޔޯގައި އޭނާގެ އެކައުންޓް ނަމްބަރުވެސް ހިމަނާފައެވެ.
ދޮންބެ ރަޝީދު މި ވަނީ ސަވާދު ނަމަަކަށް ކިޔާ އެ ޒުވާނާގެ ޕްރޮފައިލްއަށް ޒިޔާރަތް ކުރިކަން ހާމަކޮށް ޕޯސްޓެއް ކޮށްފައެވެ.
"ސަވާދުގެ އެފްބީ ޕްރޮފައިލްއަށް އަޅުގަނޑު މިއަދު ކުރި ޒިޔާރަތުގައި ވަނީ 20 ރުފިޔާ ޗާޖް ކޮށްފައި". އޭނާ އެ ފައިސާ ދެއްކިކަން ހާމަކޮށް ފޭސްބުކްގައި ލިޔުނު ޕޯސްޓުގައި ވެއެވެ.
ދޮންބެ ރަޝީދު އެ ފައިސާ ދެއްކިކަން ހާމަކުރަމުން އެ ޒުވާނާ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާގެ ދާއިރާގެ މެންބަރު ދޮންބެ ރަޝީދަކީ ތެދުވެރި ބޭފުޅައްކެއްކަން މިކަމުންވެސް އިނގޭ ކަމަށެވެ.
"އަހަރެންގެ ޕްރޮފައިލް އަށް ވަންނަ މީހުންގެ އަތުން ނަގާ ޕްރޮފައިލް ޗާޖް ބަރާބަރަށް ދައްކާފައި އެ އޮތީ" ރަށު ބަހުން އޭނާ ލިޔުނު ޕޯސްޓުގައި ވެއެވެ.
އޭނާގެ އެ ޕޯސްޓަށް އެރަށު ގިނަބަޔަކު ކޮމެންޓް ކޮށްފައި ވެއެވެ. އެއްބަޔަކު އޭނާގެ ޕްރޮފައިލްއަށް ޒިޔާރަތް ނުކޮށް ވޭތޯ ބަލަން އޭގެ ކޮމެންޓްގައި ލިޔެފައި ވެއެވެ.
އަދި އެހެން ބަޔަކު އެއީ ކޮރަޕްޝަން ކަމަށްވެސް ލިޔެފައި ވެއެވެ.
އެ ޕޯސްޓަށް ކޮމެންޓް ކުރި އިތުރު މީހަކު ވަނީ، ފްރެންޑް ލިސްޓުގައި އިންނާތީ އޭ ކިޔާފައި ޗާރޖް ނުކުރާކަން އެއީ ނަސީބެއް ކަމަށް ލިޔެފައެވެ.
"ދޮންބެ ރަޝީދު މިކަހަލަ ވާހަކަ ދެންވެސް ނުދައްކާތި. މި މަޅީގައި އަހަރެންވެސް ޖެހިއްޖެ" އިތުރު މީހަކު އޭނާ އެ ޒުވާނާގެ ޕްރޮފައިލްއަށް ވަދެ ބެލިކަން ހާމަކޮށް، 20 ރުފިޔާ ޓްރާންސްފާ ކުރި ކަމުގެ ސްލިޕް ހިއްސާ ކުރަމުން ލިޔެފައި ވެއެވެ.
މިފަހަރު ފުވައްމުލަކު މީހުން މަޖިލީހަށް ފޮނުވާފަ ތިބީ ވަރަށް ތަފާތު ބައެއް. ވަރަށް އަޚްލާގު ރަނގަޅު މެމްބަރުން.
ދޮންބެއަ ތީ ހަމަމަރެއް. މީހުންނަ ހެއު ކަމަހަ ކަމޭހިތާ ހީވާގި، މީހުންނާގުޅޭ މީހެއް، އަފުންނަ ލިބުން ރަންގަޑެއް...
އެއޮތީ މާލޫ ވެފަ 😂
މީ ސަލާންޖެހުމުގެ ވައްތަރެއްތަ
ކުޑަބެއްޔާގެ ސަވާދު ތިކަހަލަ މަކަރުވެެރި ސްޓަންޓް ޖައްސަން ނަހަދާ. ތިމާމީމާ އަމިއްލަ ނަފްސަށް ތެދުވެރި ވުން މުހިންމު،
ފަގީރަކަށް...20 ރ ދިނިއްޔާ މާރަނގަޅުވާނެ
50 ލާރި ދިނަސް ޚަބަރަށް އަރުވާތި...
މިވާހަކަ ނޫހަށް އަރާކަށް ނުޖެހޭ... ތިޔަށް ކިޔާނީ ބޮޑާ ކިބުރުވެރިކަން.. އެންމެ 20 ރުފިޔާ ތިޔައީ ބޮޑުވަރު ލަދު ޙަޔާތް ކޮބާ...
މީނަމީ ކުރީން މާވެޔޮމަގުގަހުރި ރެސްޓޯރެއްޓެއްގަ ޑެލިވަރީ ކުރަން އުޅުނު ސޮރެއްތަ ހަމަ ހީވާތީ އަހާލީ