"ކަނޑު ރަސްގެފާނުގެ" ވާހަކަ ވަރަށް ގިނައިން އަހަރެމެން ވެސް އަޑުއަހަމެވެ. ކަނޑު ރަސްގެފާނާއި ގުޅިފައިވާ ވަރަށް ގިނަ ވާހަކަތައް ދެކެވެއެވެ. އެރަސްގެފާނުގެ ބާރުގަދަ ކަމުގެ ވާހަކައާއި ކުޅަދާނަ ކަމުގެ ވާހަކައެވެ. ނަމަވެސް މިފަހަރު މިއޮތީ ކަނޑު ރަސްގެފާނުގެ ވާހަކައެއް ނޫނެވެ. މިފަހަރު މިއޮތީ ކަނޑުގެ ރާނީގެ ވާހަކައެވެ.

ކެނެޑާގެ ސައިންސްވެރިންތަކެއް ބުނާ ގޮތުގައި އެމީހުން ވަނީ "ކަނޑުގެ ރާނީ" ހިފާފައެވެ. އެއީ 17 ފޫޓް ދެއިންޗި ދިގުމިނުގައި ހުރި މިޔަރެކެވެ. އެއީ މިޔަރުގެ ވައްތަރުތަކުގެ ތެރެއިން ދިވެހިބަހުން ކިޔާ ފެމުނެކެވެ. މި ފެމުނުގެ ބަރުދަނުގައި 1606 ކިލޯ ހުއްޓެވެ.

ކެނެޑާގެ ނޯވާ ސްކޮޓިއާ ސަރަހައްދުން ސައިންސްވެރިން ހިފި މި މިޔަރަށް ސައިންސްވެރިން ވަނީ ރާނީގެ އިތުރުން އަދި ހާއްސަ ނަމެއް ވެސް ދީފައެވެ. އެއީ "ނުކްމީ" ނުވަތަ "ނުގޫމީ" އެވެ. އެއީ އެމެރިކާގެ ކުރީގެ ވަޒަންވެރިން ކަނޑަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް ކަމަށް ވެއެވެ.

ނުގޫމީ އަކީ ކެނެޑާގެ ސައިންސްވެރިން މަސް ދުވަސް ވަންދެން ކުރިއަށް ގެންދާ ދިރާސާގައި ހިފި މިޔަރެކެވެ. މިމިޔަރު ހާއްސަ ޕްލެޓް ފޯމަކަށް އެރުވުމަށް ފަހު ސައިންސްވެރިން ވަނީ މިޔަރުގައި ޓެގެއް ޖަހާފައެވެ. އެއީ ކުރިއަށް އޮތްތަނުގައި މިމިޔަރު ދަތުރު ކުރާ ގޮތާއި އަދި އެހެން ބައެއް މައުލޫމާތުތައް ހޯދުމަށް ޖެހި ޓެގެކެވެ. ޓެގް ޖެހުމަށް ފަހު މިޔަރު ވަނީ ދޫކޮށްލާފައެވެ.

މިދިރާސާ ކުރިއަށް ގެންދަނީ އޮސާޗް ނަމަކަށް ކިޔާ ޖަމިއްޔާ އަކުންނެވެ. މިއީ މިޔަރުގެ ތަފާތު ދިރާސާތައް ކުރުމަށް ހާއްސަ ޖަމިއްޔާ އެކެވެ. ނަމަވެސް މިޖަމިއްޔާ އިން މިޔަރުގެ އިތުރުން ކޯމަހާއި ސީލު އަދި ބައެއް އެހެން މަސްތަކާއި ޖަނަވާރުތަކުގައި ވެސް ޓެގް ޖަހައިގެން މައުލޫމާތު އެއްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފައްޔާޒު

    ތިޔައް ކިޔަންވީ ގެރި އަންނި.

    24
    22
    • ޜިޒޮ

      ޥަގުޔާނު ވެސްމާރީތިވާނެ.

      22
      23
  2. Anonymous

    މީގެ 10 އަހަރު ކުރީގެ ވާަހަކައެއް ތިދައްކަނީ

    8
    2
  3. ފެމުނު

    ދެން ޓައިގާ ޝާރްކް ކިޔަނީ ކޯންޗަކަށް؟

    13
    2
    • ިހބލ

      ފެމުނަ

      7
      2
    • ޗިކް

      ފެމުނު މިޔަރު

  4. ޢަމޯ

    ފެމުނަކީ ޓައިގާ ސާކު.

    5
    4
    • ބޮހޮ

      ފެމުނަކީ ގްރޭޓް ވްއިޓް ޝާކ، ފެމުނު މިޔަރަކިީ ޓައިގާރ ޝާކް