ބަޑި ޖަހައިގެން ޔަމަންގައި މީހަކު އޭނާގެ އާއިލާގެ 12 މީހަކު މަރާލައިފިއެވެ.

މިއަދު މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ހާދިސާގައި އެ މީހާ ހުއްޓުވައި ހައްޔަރު ކުރަން އުޅުނު ސިފައިންގެ ތިން މީހަކަށްވެސް އޭނާ ވަނީ ހަމަލާ ދީފައެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި، ފަހުން އެ ސަރަހައްދަށް އެއްވި ސެކިއުރިޓީ ރެއިޑްއިން އޭނާ ވަނީ މަރާލާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާއިލާ މީހުން މަރާލި އެ މީހާއަކީ އަމަރް ލަޖްދާހް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބަޑި ޖަހާ މަރާލާފައި ވަނީ އޭނާއާ ދުރުގައި އުޅޭ އަނބިމީހާގެ އާއިލާ އެވެ. މަރާލި މީހުންގެ ތެރޭގައި އުމުރުން އެއް މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.