އިންޑިއާގެ ހަރްޔަނާގެ ރިޝްޕޫރް ވިލޭޖްގައި ފާހަނަ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު އަންހެނަކު ސަލާމަތްކޮށްފިއެވެ. އެ އަންހެން މީހާ އެތަނުގައި ބަންދުކޮށްފައި ވަނީ އޭނާގެ ފިރިމީހާއާއެވެ. އެ އަންހެން މީހާ އެތަނުގައި ބަންދުކޮށްފައި ހުންނަތާ އަހަރެއް ވެދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ސަލާމަތްކޮށްފައި ވަނީ ވުމެން ޕްރޮޓެކްޝަން އެންޑް ޗައިލްޑް މެރިއޭޖް ޕްރޮހިބިޝަންގެ އޮފިސަރު ރަޖްނީ ގުޕްތާ އާއި އޭނާގެ ޓީމުންނެވެ.

އޭއެންއައި ނޫސް އެޖެންސީއާ ވާހަކަދައްކަމުން ރަޖްނީ ބުނީ، އޭނާ އެ މީހާ ސަމާލަތްކޮށްފައި ވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ކަމަށެވެ.

"އަހަރެންނަށް މައުލޫމާތު ލިބުނީ، އަންހެނަކު ފާހަނަ ތެރޭގައި ބަންދުކޮށްގެން ގެންގުޅޭތާ އަހަރެއްވެއްޖެ ކަމަށް. އަހަރެން ދިޔައީ އެތަނަށް އަހަރެންގެ ޓީމާއެކު، އަހަރެން އެތަނަށް ގޮސް ބެލިބެލުމުން އެއީ ތެދެެއްކަން މި ވަނީ އެނގިފައި، އަދި އެއަންހެން މީހާ ކާ އެއްޗެއް ނުކައި ހުންނަތާ އެތައް ދުވަހެއް ވެއްޖެކަން ވަނީ އެނގިފައި". ރަޖްނީ ގުޕްތާ ބުނެފައި ވެއެވެ.

އޭނާ ބުނީ، އެ އަންހެން މީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫނެވެ.

"އަހަރުމެން އޭނާއާ ވާހަކަދެއްކިން. އޭނާ ހުރީ ފާހަނަގައި ބަންދުކޮށްފައި، އަހަރުމެން އޭނާ ސަލާމަތްކޮށް، އޭނާ ސާފްތާހިރުކޮށްފައި ވާނީ".

އެ އަންހެން މީހާ ފިރިމީހާ ބުނާގޮތުގައި، އެ އަންހެން މީހާއަކީ ސިކުނޑި ހަމަ ނުޖެހޭ މީހެކެވެ.

"އޭނާއެއީ ސިކުނޑި ހަމަނުޖެހޭ މީހެއް، އަހަަރުމެން އޭނާ ކައިރީގައި ބުނަން ބޭރުގައި ހުންނަންވެސް އެކަމަކު އޭނާ ނާދޭ. އަހަރުމެން އޭނާ ޑޮކްޓަރަށްވެސް ދެއްކިން،އެކަމަކު އެއްވެސް ކަހަލަ ބަދަލެއް އައިސްފައެއް ނުވޭ". އޭނާގެ ފިރިމީހާ ބުނެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު