އެޕަލް އާއި ސެމްސަންގ އާ ޔަގީނުންވެސް މި ތިބީ ޖެހިފައެވެ. އެޕަލްއިން މި މަސް ތެރޭގައި އަލަށް ނެރުނު އާ ފޯނާއެކު މިހާރު ދެ ފަހަރެއްގެ މަތިން އެޕަލްއަށް މަލާމާތްކޮށް ސެމްސަންގގެ ރަސްމީ ޕޭޖްގައި ވާހަކަދައްކާފައި ވެއެވެ.
އެޕަލް އިން އެންމެ ފަހުން ނެރެފައިވާ އައިފޯން 12 އާއި އެކީ ޗާޖަރެއް ނުލިބެއެވެ. އަދި އައިފޯން 12 އަށް ކުރީގެ ފޯނުތަކުގެ އެޑަޕްޓަރު ބޭނުން ނުކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިއާއެކު ސެމްސަންގ އިން އެ ކުންފުނީގެ ފޭސްބުކް ޕޭޖްގައި މޮޅު ފޮޓޯއަކާއެކު ވަރުގަދަ ކެޕްޝަނެއްވެސް ލިޔުނެވެ. ފޭސްބުކްގައި ސެމްސަންގް އިން އާންމު ކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ ސެމްސަންގް އިން އެބަޔަކު (އައިފޯން ގެންގުޅޭ ފަރާތްތަކުން) ހޯދަމުން އަންނަ އެޑަޕްޓަރު ލިބޭނެ ކަމަށެވެ. އެއީ އައިފޯނު 12 އަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޑަޕްޓަރެވެ.
މިގޮތަށް ސެމްސަންގ އިން މަލާމާތް ކުރުމައެކު އެތައް ބަޔަކު ޖޯކު ޖަހާފައި ވެއެވެ.
މިގޮތަށް ޖޯކު ޖެހި ފަހުން އަނެއްކާވެސް ސެމްސަންގ ޕޭޖުގައި މި ވަނީ ހަމަ އެގޮތަށް ފޮޓޯއެއް އާއްމުކޮށްފައެވެ. މިފަހަރު ނުސީދާ ކޮށް އެ ވަނީ އެޕަލްއަށް މަލާމަތްކޮށްފައެެވެ.
"އަޅުގަނޑުމެން އެއްޗެހި ވަކި ވަކިން ނުވިއްކަން". ސެމްސަންގ އިން އާއްމު ކުރި ފޮޓޯގައި ބުނެފައި ވެއެވެ. އޭގެ ކެޕްޝަންގައި ލިޔެފައި ވަނީ ހެޑްފޯނާއި، ޗާޖަރުވެސް އިތުރު އަގަކާއި ނުލާ ސެމްސެންގ ފޯނާއެކު ލިބޭނެ ކަމަށެވެ. ސެމްސަންގ އިން އާއްމުކުރި އެ ފޮޓޯގައި ވަނީ އެ ކުންފުނީގެ ފަހުގެ ފޯން ކަމަށްވާ ނޯޓް 20 އެވެ.
އެޕަލްގެ ފޯނުތަކާއެކު ޗާޖަރު ނުލިބޭތީ އެކަމާއި އެއްބަޔަކު ޝަކުވާ ކުރަމުން ދެއެވެ.
އެޕަލް އެއީ ވަރަށް ދަހިބައެއް ފޯންބޭނުން ނުކުރެވޭނެ ޗާޖުނުކޮށް އެހެންވެއްޖެއްޔާ އަގުބޮޑުކޮށް ފޯން ގަންނައިރު ޗާޖަރު ލިބެން ޖެހޭނެ އެކަމަކު ތި ގަންނަމީހުން ގަންނާނެ ރަނގަޅީ މިފަހަރު ތި ނުގަތިއްޔާ އެއިރުން ޖެހޭނީ ކުރިން ދިން ހުރިހާ އެއްޗެއްދޭން.
ސެމްސަންގް އައި ލަވް ޔޫ