އިންޑިއާގެ ސިނަމާއި މެދު ބޭރުމީހުން ދެކެނީ ނުބައިކޮށް ކަމަށާއި އެމީހުންދެކޭ ގޮތް ބަދަލުކުރުމަށް އިންޑިއާ ސިނަމާގައި މަސައްކަތް ކުރާ އެންމެން ނިކުންނަން ޖެހޭ ކަމަށް ކަރަން ޖޯހަރު ބުނެފިއެވެ.
ކަރަން ބުނަނީ ބޭރު މީހުން އިންޑިއާ ސިނަމާ އާއި މެދު ދެކެނީ އެއީ މުޅިންވެސް ލަވަޔާއި ނެށުން ގެނެސްދޭ ސިނަމާއެއްގެ ގޮތުގައެވެ. "އަހަރެން ވަރަށްދެރަވޭ ބޭރު މީހުން އިންޑިއާ ސިނަމާއަކީ އަބަދު ނެށުމާއި ލަވަ އޮންނަ ސިނަމާއެއް ގޮތަށް ލޭބަލް ކުރާތީ" އޭނާ ބުންޔެވެ.
"ބޭރު މީހުން އަހަރެމެންގެ މި އިންޑަސްޓްރީ އާއި މެދު ދެކޭގޮތް ބަދަލުކުރެވޭނީ އަހަރެމެން އެމީހުން ގާތަށް ގޮސް މި އިންޑަސްޓްރީގައި ހަމައެކަނި އެކްޓަރުން ގަސްދޮށުގައި ނެށަނީ ނޫންކަމާއި މި އިންޑަސްޓްރީ އަކީ ހުރިހާ ވައްތަރެއްގެ އެކްޓްކުރުމުގު ހުނަރާއި ގާބިލްކަން ހުރި ބައެއްކަން ބުނެދީގެން" ކަރަން އިތުރަށް ބުންޔެވެ.
ޗައިނާގައި އާމިރު ޚާންގެ ފިލްމް ހޯދަމުންދާ ކާމިޔާބީ އަށް އަލިއަޅުވާލައި ކަރަން ބުނީ "އާމިރު ޙާންގެ ފިލްމް ޗައިނާގައި އެހޯދާ ކާމިޔާބުން އަހަރެމެނަށް އެބަ އިގޭ އިންޑިއާގެ ފިލްމްތަށް އެހެން ގައުމުތަކުން ބަލައިގަންނަކަން. ނަމަވެސް ބައެއް މީހުން އެދެކޭ ދެކުން ބަދަލުކުރުމަށް އަހަރެމެން އެބަޖެހޭ އެމީހުން ހުރި ހިސާބަށްގޮސް އިމީހުނާ ވާހަކަދައްކާ އެމީހުނަށް އޮޅުންފިލުވާދޭން" އެވެ.
ކަރަން ގަބޫލް ކުރާގޮތުގައި ބޭރު މީހުނަށް އިންޑިޔާ ސިނަމާގެ ކަންކަން އޮޅުން ފިލުވައިދިނުމަކީ އިންޑިއާ ސިނަމާގައި މަސައްކަތް ކުރާ އެނެމެންގެވެސް މަސްއޫލިއްޔަތެކެވެ.
"އަހަރެމެންގެ ސިނަމާ ބޭރު ގައުމުތަކަށް އެންގުމަށްޓަކައި ފިލްމް އުފައްދާ މިޙުނާއި އެކްޓަރުން އެބަޖެހެހޭ ތެދުވެ ގައުމުތަކަށް ދަތުރުކުރަން. އަހަރެން އެކިއެކި ގައުމުތަކަށް އެބަ ދަތުރު ކުރަން މި މަގުސަދުގައި. އިންޑިޔާ ސިނަމާ ދުނިޔެއަށް ފުޅާކުރުމަކީ މިދާއިރާގައި އުޅޭ އެންމެންގެ ޒިންމާއެއް. އޮފީހުގައި ގޮޑީގައި އިދެގެން ހީނުކުރާތި ތިމަންނާއަށް މި ސިނަމާ ބޭރު ގައުމުތަކުގައި އެބަ ގެނެވެއޭ. އެމީހުން ޖެހޭނެ ގައުމުތަކަށްގޮސް ގުޅުން ހުރި މީހުނާ ބައްދަލުކޮށް ވާހަކަ ދެކެވެން. މިއީ އަހަރެން ކުރާ މަސައްކަތަކީ" ކަރަން ހިތާމައާއެކު ބުނެފައިވެއެވެ.
މިހާރު މި މީހުނަށް ތިބެނީ ކިރިޔާވެސް އިންޑިޔާގެ ނެގަޓިވް ކަމެއް ނުފެނިގެން ދޯ
ތި ބޭރުމީހުން އެހަދަނީ ހުސްދޮގު. މަދުވާނެ ލަވަ ހުންނަ ފިލްމްތައް. ގިނަ ފަހަރު ސަޕޯޓަރުން ކިޔާވަރުން ލަވަޔެއްވެސް ލަނީ. އެވެސް އެންމެ ލަވަޔެއް
ކަރަން ބުންޏެއް ކަމަކު، ހަމަ އިންޑިޔާ ސިނަމާގަ ގިނައީ ގަސްތައްވަށާ ދޯޕައްޓާ ހޫރުވަމުން ދާ އަންހެނެއް ފަހަތުން ފިރިހެނަކު ދުވެ ނަގާ ލަވާ ކިޔަމުންދާ ފިލްމް ތައް!