މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ދަންޖެހި މަރުވެފައި ހުއްޓައި ފެނުނު ސުޝާންތު ސިން ރާޖުޕުތްގެ ދެ ދައްތައަށް ކުރާ ބޭސް ސިޓީ ފޯޖުކުރުމުގެ ދައުވާ ބާތިލް ނުކުރުމަށް، ސުޝާންތުގެ މަރާއި ގުޅިގެން ފެންމަތިވި ޑްރަގްގެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޯށްފައިވާ އޭނާގެ ލޯބިވެރިއާ ރެއާ ޗަކްރަބޯތީ އިންޑިއާގެ ބޮމްބޭ ހައިކޯޓުގައި އެދިއްޖެ އެވެ.

މި ދައުވާ ވަނީ އެއީ ހަސަދައެއް ފިލުވާލުމަށް ރިއާ، ސުޝާންތުގެ ދެ ދައްތައިންގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށް ބުނެ ބާތިލްކޮށްފައެވެ.

ސުޝާންތުގެ ދައްތައިން ކަމުގައިވާ ޕްރިޔަންކާ ސިން އަދި މީތޫ ސިން ވަނީ މީގެ ކުރިން އެ މައްސަލަ އަކީ އަސާސެއް ނެތް މައްސަލަައެއް ކަމަށް ވާތީ އެ މައްސަލަ ބާތިލްކޮށްދިނުމަށް އެދިފައެވެ.

ރިޔާ ވަނީ ޑރ.ތަރުން ކުމާރު އާއި ސުޝާންތުގެ ދެ ދައްތަ ބައިވެރިވެގެން ދިއްލީގެ ރާމް މަނޯހަރް ލޯހިއާ ހޮސްޕިޓަލުގެ ބޭސް ސިޓީއެއް ފޯޖުކުރިކަމަށް ބުނެފައެވެ.

އެ ބޭސް ސިޓީގައިވާ ބޭހަކީ އެންޒައިޓީއަށް ދޭ ބޭހެއް ކަމަށާއި އެއީ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮފިކް ސަބްސްޓެންސް އެކްޓްގެ ދަށުން ވިއްކުން މަނާ ބޭސްތަކަކަށް ހޯދާފައިވާ ބޭސް ސިޓީއެއް ކަމަށް ރިޔާ ވަނީ ބުނެފައެވެ.

މި މައްސަލައިގެ އަޑު އެހުން ފަށާފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އަދިވެސް އިންޑިއާގެ ފުލުހުން ދަނީ ސުޝާންތުގެ މަރުގެ މައްސަލަ އާއި، އެ މައްސަަލަ އާއި ގުޅިގެން އުފެދިފައިވާ ޑްރަގްގެ މައްސަަލަތައް ތަހުގީގު ކުރަމުންނެވެ. މިކަމާއި ގުޅިގެން ބޮލީވުޑްގެ ބައެއް ތަރިންނާއި ސުވާލުކުރަމުން އަންނަ އިރު، ސުޝާންތުގެ ހައުސްކީޕިން މެނޭޖަރާއި، ރިއާ އާއި، ރިއާގެ ކޮއްކޮ މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.