ބޭނުންވާ ތަކެތި:

1/2 ޖޯޑު ފުށް
1/2 ޖޯޑު އޯޓްސް
2 ސައިސަމުސާ ބޭކިން ޕައުޑަރ
1 މޭޒުމަތީ ސަމުސާ ހަކުރު
1/2 ސައިސަމުސާ ފޮނިތޮށި މުގުރި
މުގުރި ނަޓްމެގް
1 ބިސް
1 މޭޒުމަތީ ސަމުސާ ތެޔޮ
1 ދޮންކެޔޮ

ތައްޔާރު ކުރާނެ ގޮތް:

ދޮންކެޔޮ ނުލައި ދެން ހުރި ހުރިހާ އެއްޗެހި އެއްކޮށްލާށެވެ. އެބައި ރީއްޗަށް އެއްވުމުން ދޮންކެޔޮ ޗިސްކޮށްފައި އެޅުމަށްފަހު އެއްކޮށްލާށެވެ.

ދެން ތަވަޔެއްގައި ތެޔޮފޮދެއް ހޭކުމަށްފަހު ސަމުސަލުން ވަކި ވަރެއް އަޅަމުން ގެންދާށެވެ. އަދި ބޮކި އަރާ ފިހެވެން ފެށުމުން އަނެއް ފުށަށްޖަހާ ދެފަރާތް ރީއްޗަށް ފިހެލާށެވެ. އަދި މާމުއިތް ކޮޅަކާއި އެކު ސާވްކޮށްލެވިދާނެ އެވެ.