ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި އަދި މޭކަޕް އާޓިސްްޓް ޝަޒީލާ އިބްރާހިމްގެ ޓިކްޓޮކް އެކައުންޓް ވެރިފައިކޮށްފިއެވެ.
އޭނާއަކީ މަޖާ ޓިކްޓޮކްތައް ދިވެހިންނާއި ހަމައަށް ގެނެސްދިން މޮޅު ހުނަރުވެރިއެކެވެ. އޭނާ މިފަހަކުން ޓިކްޓޮކްގައި އާއްމު ކުރަމުން ގޮސްފައި ވަނީމޭކަޕާއި ގުޅުން ހުރި ވީޑިއޯ ތަކެވެ. އަދި ބައެއް ފަހަރު އޭނާގެ މަޖާ ވީޑިއޯތައްވެސް އާއްމު ކުރެއެވެ.
ދިވެހިންގެ ތެރޭގައި ޓިކްޓޮކް މަޝްހޫރުވެގެން ދިޔައިރު، ރާއްޖޭގެ އެންމެ ޓްރެންޑިންގ އެކަކަށް ޝަޒީލާ ވިއެވެ. ނަމަވެސް ކައިވެންޏެއް ކުރި ފަހުން އޭނާ ކޮންމެވެސް ވަރަކަށް ޓިކްޓޮކްއާއި ދުރުވި ނަމަވެސް ފަހުން އަނެއްކާ އޭނާ ވަނީ ވީޑިއޯތައް ލާން ފަށާފައެވެ.
ރާއްޖޭގައި މިހާތަނަށް ޓިކްޓޮކްގައި ވެރިފައި ވަނީ ބައެއް ފިލްމީ ތަރިންނެވެ. ބަތަލާ މަރިޔަމް އައްޒަ އާއި އަލީ ސީޒަން އަދި މުއާ ފަދަ ތަރިންގެ އެކައުންޓް ޓިކްޓޮކް އިން ވެފައި ކޮށްދީފައި ވެއެވެ.
ދިވެހިންގެ ނެށުމާއި އެކްޓް ކުރުމުގެ ހުނަރު އެންމެ ގަދަޔަށް ދައްދާ ދިން ޓިކްޓޮކް އިން މަޝްހޫރުވެ ފިލްމީ ދާއިރާއަށް ފުރުސަތު ލިބުނު ތަރިންވެސް އެބަ ތިއްބެވެ.
ޝަޒީލާގެ ޓިކްޓޮކް އެކައުންޓް ވެރިފައި ކުރުމާއެކު އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެކަން ހާމަކޮށްފައެެވެ. އޭނާ ވަނީ އެކަމަށް އެހީވިކަށްޓަކައި ޓިކްޓޮކް މޯލްޑިވްސް އަށް ޝުކުރު އަދާކޮށްފައެވެ.
އޭނާއަކީ ރާއްޖޭގެ ޓިކްޓޮކް ކުއީންގެ ލަގަބް ގިނަބަޔަކު ދީފައިވާ އެއް ފަރާތްކަން ފާހަގަކޮށްލަން ޖެހެއެވެ.
ޝަޒީލާގެ ޓިކްޓޮކް އެކައުންޓްގައި 338 ހާސް ފޮލޯވަރުން ތިބެއެވެ.
އަދިކިރިޔާ ވެރިފައި ކުރަންވާ ފަރާތުގެ އެކައުންޓު ތިވެރިފައި ކުރެވުނީ... މަރުހަބާ ޝަޒީލާ
ކައްވަޅުގައި އެކަނި
ޓިކްޓޮކް އަކީ ފިކުރީ ހަނގުރާމަ އެއް.
އައްޗި ޓިކްޓޮކް އަކީ ހަރާމް އެއްޗެއް
މިޔުޒިކަކީ ތިބާ ޢާހިރަތުގެ މަތިން ހަނދާންނައްތާލާފާނެ އާލާތެއް
ސޯ!؟
ތިތްތި ދެއްކި ވަރަކަށް ފޮލޯކުރާ މީހުންގެ އަދަދު އިތުރުވަމުން ދާނެ. އެކަމް ހަގީގަތުގައި އެއީ އޭނާއައްހުރި ވޭނަކަށް ވެގެން ދާނެއެވެ.
ހާދަ ބިރުވެރިއޭ!: ނަމާދު ނުކުރާ އަންހެނަކާ ހުރިހާ ވަގުތުތައް މިޔުޒިކަށް ހޭދަކުރި އަންހެނަކު މަރުވުމުން ވީގޮތުގެ ވާހަކަ
- ނަމާދު ނުކުރާ އަންހެން މީހާ:
6 ފިރިހެން ދަރިންގެ މަންމަ މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ފުރިހަމަކުރެވުނެވެ. ކޮނެފައިވާ ވަޅު ކައިރިއަށް ވަޅުލަން ގެންދެވުނެވެ. ނަމަވެސް އެތައް ބައަކު ހަށިގަނޑުގައި ހިފައިގެންވެސް ވަޅަށް ތިރިކުރަން ހަށިގަނޑު އުފުލި އަށިގަނޑުން އުފުލައިލެވޭނެ ގޮތެއް ނުވިއެވެ. އެތައް ފަހަރަކު މަސައްކަތްކުރުމުންވެސް މެއެވެ.
އިމާމަކަށް ހުރި ޝައިޚަށް ގޮތް ހުސްވިއެވެ. ދުވަހަކުވެސް ކުރިމަތިވެފައި ނެތް މައްސަލައެއް ކުރިމަތިވުމުންނެވެ. އެންމެފަހުން ގޮތެއް ފެނޭތޯ އިތުރު ޝައިޚަކަށް ގުޅިއެވެ.
ޝައިޚް ވެސް ވިދާޅަކީ ހައްލަކީ ކޮބައިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ޤަބުރު ކައިރީގައި ކީރިތި ޤްރްއާން ކިޔަމުން ގެންގޮސް ވަޅަށް ތިރިކުރެވޭތޯ މަސައްކަތްކުރުމަށް ލަފާދޭ ކަމަށެވެ.
ޝައިޚަށް ކީރިތި ޤްރްއާނުން ހިތުން ކިޔަވަން އެނގޭ ހުރިހާ އާޔަތްތަކެއް ކިޔަވަމުން ގެންދާތާ އެތައް އިރަކުން ޤަބުރު ހިއްލައިލެވޭގޮތް ވިއެވެ. އެތައް މަސައްކަތަކުން ގެންގޮސް ވަޅަށް ތިރިކުރަނިކޮށް އެއިރު ހަށިގަނޑުގައި ހިފަހައްޓައިގެން ތިބި 3 ދަރިން ވަޅުގަނޑު ތެރެއަށް ވެއްޓުނެވެ. އެންމެ ފަހު ވަގުތުވެސް ވަޅަށް ތިރިވާން ޤަބުރު ދެކޮޅު ހެދުމުންނެވެ. އެރި ބާރުގަނޑެއްގެ ސަބަބުންނެވެ.
އެތަނުން އެއް ދަރިއަކު މަންމަގެ މޫނު ބަލައިލަން ބޭނުންވިއެވެ. އެކަމަށް ހުއްދަ ދިނުމުން ބަލައިލިއެވެ. އެއާއިއެކު ތެދުވީ ބިރުން ތުރުތުރު އަޅަމުންނެވެ. ބާރަށް ރޮމުންނެވެ. މަންމަގެ މޫނު އެކުގައިވަނީ ކަޅުވެފައެވެ.
- އަބަދު މިޔުޒިކްގައި ހޭދަކުރި އަންހެނާގެ ވާހަކަ:
އޭނާއަކީ ވަކިދުވަހެއް ވަކި ވަގުތެއްވެސް ބެލުމެއް ނެތި ހަޔާތުގެ ހުރިހާ ވަގުތެއް މިޔުޒިކު އަޑުއެހުމުގައި ހޭދަކުރި އަންހެނެކެވެ.
ޕާޓީއަކަށް ގޮސް އުޅުމުގެ ތެރޭގައި ނަށަން ވައްތަރެއް ޖައްސައިލިތަނާ ވެއްޓުނީ މަރުވެގެންނެވެ. ޑޮކްޓަރުންގެ ބެލުންތަކަށްފަހު ހިނަވަން ގެންދެވުނެވެ.
ހިނަވަން ގެންދިއަތަނާ ކުއްލިއަކަށް ފެނުނީ އެއް އަތް އުނަގަނޑާއި ދިމާއަށް ގޮސް ހަރުލިތަނެވެ. ދެވަނައަތް މައްޗަށް އަރައި ކޮނޑާއި ދިމާއަށް ލެނބުނު ތަނެވެ. އެއްފައިގެ ފައިތިލަ ވެސް އޮރިއަކަށް ދަމައިގަތްތަނެވެ.
އެ ޙާލަތުން ދެ އަތާއި ފައިތިލަ ބަދަލުކުރެވޭތޯ ހޫނުފެނުން ބޮނޑިތާންކުރުމުގެ އިތުރުން މުޅި ހަށިގަނޑު ހޫނު ފެނަށް ލައިގެންވެސް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް ބަދަލެއް ނުގެނެވުނެވެ. ވަޅުލަންޖެހުނީ އެ އޮތް ގޮތަށެވެ.
ހަޤީޤަތުގައި މިވީ ގޮތަކީ ނަށަން އޭނާ ޖެއްސި ވައްތަރަށް ދެއަތާއި ފައިތިލަ ބަދަލުވީ އެވެ. އެކަން ރަނގަޅު ނުކުރެވުނީއެވެ.
އަސްލެތްތަ؟ ނެތްތަ ފިރިހެނެއްގެ ވާހަކަ އެއް