ދިވެހިރާއްޖެ އަށް އުމުރުން އެންމެ ފަހަރަކު ނަމަވެސް ދަތުރު ކޮށްލުން އެއީ އެތައް ބައެއްގެ ހުވަފެނެކެވެ. ސްވިޑިންގެ މީހެއް ކަމަށްވާ ޑެނިއެލް ގޯޒް މިވަނީ އޭނާގެ މަންމަ ދިވެހިރާއްޖެ އަށް އައުމަށް ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމަށް މަންމަ ގޮވައިގެން ރާއްޖެ އައިސްފައެވެ.
ޔޫޓިއުބްގައި "ނޮންސްޓޮޕް ޑެން" ނަމުގައި ޗެނަލްއެއް ހިންގަމުން އަންނަ އުމުރުން 23 އަހަރުގެ ޑެނިއެލް އަކީ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހެކެވެ. ޑެނިއެލްގެ މަންމަ އާއި ބައްޕަގެ ކައިވެނި ވަނީ ޑެނިއެލްގެ އުމުރުން 9 އަހަރުގައި ރޫޅިފައެވެ. ޑެނިއެލްގެ ބައްޕަ އަކީ އެމެރިކާ މީހެކެވެ. ޑެނިއެލްގެ ބައްޕަ އާއި މަންމަގެ ކައިވެނި ރޫޅުމުން ޑެނިއެލްގެ ބައްޕަ ވަނީ ޑެނިއެލް އާއި މަންމަ ދޫކޮށްލުމަށް ފަހު އެމެރިކާ އަށް ދިރިއުޅުން ބަދަލު ކޮށްފައެވެ.
ޑެނިއެލް އޭނާގެ މަންމަ ގޮވައިގެން ރާއްޖެ އަށް ކުރި ދަތުރުގެ މަންޒަރުތައް އޭނާ ވަނީ ޔޫޓިއުބްގައި ގެނެސްދީފައެވެ. ދަތުރު ފެށިއިރު ވެސް ޑެނިއެލްގެ މަންމަ އަށް އެމީހުންގެ މަންޒިލަކީ ކޮބައިކަމެއް ނޭނގެއެވެ. ޑެނިއެލްގެ މަންމަ ހީކޮށްގެން ހުރީ އެމީހުންގެ މަންޒިލަކީ ދުބާއީ ކަމަށެވެ.
ޑެނިއެލް އާއި އޭނާގެ މަންމަ ޤަތަރު އެއާވޭސްގެ ފްލައިޓެއްގައި ރާއްޖެ އައިސް އެއާޓެކްސީއެއްގައި އެމީހުން ތިބޭ ރިސޯޓް ކަމަށްވާ ސަން ސިޔާމް އިރުފުއްޓަށް ވަނީ ގޮސްފައެވެ. ރާއްޖެ އިން ފުރަތަމަ ފެނުނު މަންޒަރުތައް ކިޔައިދެމުން ޑެނިއެލްގެ މަންމަ ބުނީ ރާއްޖެ ވަރަށް ރީތި ކަމަށެވެ. ރިސޯޓްގައި ހެދިފައި ހުރި ގަސްތަކަށާއި އަތިރިމައްޗަށް އޭނާގެ ހާއްސަ ސަމާލުކަމެއް ލިބުނެވެ.
"އަހަރެންނަށް ގަބޫލެއް ވެސް ނުކުރެވޭ އަހަރެން މިހުރީ ރާއްޖޭގައި ކަމަކަށް." ޑެނިއެލްގެ މަންމަ ބުންޏެވެ.
ޑެނިއެލް ގެންދަނީ އޭނާގެ މަންމަ އާއިއެކު ރާއްޖޭގައި ހޭދަކުރަމުން ގެންދާ ޗުއްޓީގެ އިތުރު ވީޑިއޯއެއް ވެސް އޭނާގެ ޔޫޓިއުބް ޗެނަލްގައި އާއްމު ކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލިފަހުން ރާއްޖޭގެ ޓްއަރިޒަމް މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.
އަޅުގަނޑުގެ މަންމަ ގެ ގައުމު ބުނެދީފާނަންތައް (ޚަބަރު އަރަތް1)
އިންޑިއާ
އެމެ ރިކާ
މަދާ އެންޑް ސަން ބޮންޑް އައި ލަވްޑް އިޓް...
ސުވިޑަން