ލަވަ ކިއުމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ފާހަގަ ކޮށްލެވޭ ލަވަކިއުންތެރިއެއް ކަމަށްވާ ހަސަން އިރުފާން (ޒަކިއްޓެ) ފިރިހެނުންގެ ދުވަހުގެ މުނާސަބަތުގައި ހުށައަޅައިދިން ލަވައަށް ތަރުހީބު ލިބެން ފަށައިފިއެވެ.

ހާއްސަ މެސެޖަކާއެކު ޒަކިއްޓެގެ އިންސްޓަގްރާމުގައި ވެސް މި ލަވަ ޕޯސްޓުކޮށްފައިވާ އިރު ފިރިހެނުންގެ ދުވަހާ ގުޅިގެން ޒަކިއްޓެ ދިން މެސެޖުގައި އޭނާ ބުނީ ހަޔާތުގައި އަޑިތަކާއި އުސްތައް އަންނާނެ ކަމަށާއި އެފަދަ ހާލަތުގައި ކެތް ކުރަން ދަސްކުރަން ޖެހޭނެ ކަމަށެވެ.

ޒަކިއްޓެގެ ލަވައިގެ ނަމަކަށް ދީފައި ވަނީ "ލައިފް ގަ އަންނާނެ އަޕްސް އެންޑް ޑައުން" މިހެންނެވެ.

ޒަކިއްޓެގެ ކުރިއަށް ނެރެން ހަމަޖެހިފައިވާ 11:11 އަލްބަމްގައި މި ލަވަ ހިމަނާނެ ކަމަށް އޭނާ ބުނެފައިވާ އިރު ފިރިހެނުންގެ ދުވަހުގައި ޒަކިއްޓެ ދިން މެސެޖުގައި ބުނީ އިހުސާސްތައް ރަނގަޅު ގޮތުގައި ކުރިޔަށް ގެންދަން ދަސްކުރަން ޖެހޭ ކަމަށާއި ދިރިއުޅުމުގައި އުފަލާއި ހިތާމައާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ ހާލަތެއްގައިވެސް ކެތް ކުރަން ދަސްކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

މިހާތަނަށް އަޑުއެހުންތެރިން ގަޔާވާ އެތައް ލަވައެއް ގެނެސްދީފައިވާ ޒަކިއްޓެ އަށް ލިބެމުންދާ ތަރުހީބު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންކަން ފާހަގަ ކުރެވެއެވެ. އޭނާ ފިރިހެނުންގެ ދުވަހު ނެރުނު ލަވައަށްވެސް 3،000 އާ ގާތްކުރާ އަދަދަށް ވިއުސް ލިބިފައިވާ އިރު އޭނާގެ ފޭނުން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އެގާރަހާހަށް ވުރެ ގިނަ ފޮލޯވާސް އިންސްޓަގްރާމުން ޒަކިއްޓެ ފޮލޯކުރާ އިރު ޒަކިއްޓެގެ ލަވަތައް ލަވަފޮށީގައި އާއި ސައުންޑް ކްލައުޑުން ވެސް މިހާރު އަޑު އަހާލެވޭނެއެވެ.

ޒަކިއްޓެގެ ހަބަރުތައް އެންމެ ބޮޑަށް މީޑިއާގައި ފެންމަތި ވެފައި ވަނީ ރާއްޖޭގެ މިއުޒިކްގެ ބައްޕަ އަލީ ރަމީޒްއަށް ފާޑުކީ ހިސާބުންނެވެ. އެއާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހީން ޒަކިއްޓެއަށް ފާޑު ކިޔައި މީސްމީޑިއާގައި ޒަކިއްޓެ ހޫނު ފެނަށްލުމުން ޒަކިއްޓެ ވަނީ ފަހުން މައާފަށް އެދިފައެވެ. އަދި ޒަކިއްޓެ މައާފަށް އެދި އޭނާއަށް ހެދުނީ ގޯހެއް ކަމަށް އެއްބަސްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަސާދަ

    ބޭނުމެއްނޫން ބަލާކަށްވެސް އަޑު އަހާކަށްވެސް.
    ތިއީ ހިޔަނި ފެނި ފެންވަރު އޮޅިފައި ހުރި މީހެއް.

    7
    1
  2. ރަފީޢު

    ހުތުރު، ހަޑި، ކަމަކުނުދޭ.. މިދެން ކޮން ޒަކިއްޓެ އެއްތަ. ނަންވެސް ވ ހަޑި.

    5
    1
  3. ޕަކާސް

    ތިހެން ލަވަކިޔާނަން މަވެސް